ރާއްޖޭގައި އިސްލާމް ދީން ފެތުރުނީ އިލްމީ ގޮތުން ކަމަށާއި ދީނީ މައުލޫމާތާއި ތަރުބިއްޔަތު ރާއްޖެއަށް ލިބުނީ އިސްލާމް ދީން އުނގަންނައި ދިނުމަށް އިލްމުވެރިން ކުރި ބުރަ މަސައްކަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެެވެ.

ދީނީ އިލްމުވެރިޔާ ޝައިހް ހުސެއިން ރަޝީދު ތަރުޖަމާކުރައްވާ ސަހީހް މުސްލިމްގެ 11 ވަނަ ފޮތް ނެރެދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ޑރ.ހުސެއިންގެ އެ މަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ދަމަހައްޓަމުން އައި ބެލެނިވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ މަސައްކަތަކީ އަގު ހުރި، ބޭނުން ހުރި މަސައްކަތެއް ކަމަށާއި މި ފަހަރުގެ ފޮތުގައި ވެރިކަމާއި ގުޅޭ މައުލޫމާތު ވެސް ހިމެނޭތީ މިއީ ޝައުގުވެރި ފޮތަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ތާރީޚަށް ބަލާ އިރު، އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ދެކުނުގެ މީހުންކަން އެނގޭ ކަމަށާއި އޭގެ ތެރެއިން އައްޑޫގެ މީހުން ދީނީ އިލްމު ދިރާސާކޮށް އުނގަންނައިދިނުމަށް ގިނަ މަސައްކަތްތައް ކޮށްފައިވާކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މިއަދު ފޮތް ބައްލަވާލައްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެހެންކަމުން ސަހީހް މުސްލިމްގެ ފޮތްތަކާއެކު ހުސެއިން ނެރުއްވަމުންދާ ފޮތްތަކަކީ ވަރަށް ގިނަ ދުވަސް ވަންދެން ދަމަހައްޓަމުން އައި އިލްމީ ބެލެނިވެރިކަމެއް ހިފަހައްޓާ ދިނުމުގެ ގޮތުން ކުރާ މަސައްކަތެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުދެކޭ ގޮތުގައި އަޅުގަނޑުމެންނަށް އިތުބާރު ހިފޭ އެއް ސަބަބަކީ މި ދެންނެވިހެން އެތައް ސަތޭކަ އަހަރެއްގެ އިލްމީ ބެލެނިވެރިކަމެއް ތިޔަ ހިފަހައްޓަވާދެއްވަނީ. އަޅުގަނޑު ހުސެއިންއަށް ފަށްފަށުން ޝުކުރު ދަންނަންވަން. އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް މި ފޮތް ހުޅުވުމުގެ ޝަރަފު އަޅުގަނޑަށް ކޮންމެ ފަހަރަކުވެސް ލިބުން. ހުސެއިން އަށް އެނގިވަޑައގަންނަވާނެ އަޅުގަނޑު އާއްމުކޮށް މިކަން ކުރަމުން އައީ ހުސެއިންގެ ރަހުމަތްތެރިއަކާއި އެކީގައި. އަޅުގަނޑު އަންހެނުން ލައިލާ އާއި އެކީގައި. މިފަަރު އަޅުގަނޑަށް ލައިލާއެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އައްޑޫގައި ދީނީ އިލްމު އުނގަންނައި ދިނުމަށް ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން އައްޑޫ މީދޫ ބޮޑު ފަނޑިޔާރު މަނިކުފާނާއި، އެމަނިކުފާނުގެ މަދަރުސާއަކީ ދުނިޔޭގެ އެކި ތަންތަނުން މީހުން އިލްމު ހޯދަން އައިސް އުޅުނު ތަންތަން ކަމަށާއި އައްޑޫ ކޯގަންނު ގަބުރުސްތާނަށް ބަލާލުމުން އެކަން ސާފުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

 

އެ ފޮތާ ގުޅިގެން ހުސެއިން ރަޝީދު ވިދާޅުވީ ފޮތުގައި މައިގަނޑު ބަޔަކަށް ހިމެނިފައިވާނީ ވެރިކަމާ ގުޅޭ މައުލޫމާތުތައް ކަމަށްވީ ނަމަވެސް، ކެއިންބުއިމާ މެދުވެސް އެ ފޮތުގައި މައުލޫމާތުތައް ހިމަނާފައިވާނެ ކަމަށެވެ.

" ރަސޫލުﷲ ސައްލަﷲ އަލައިހިވަސަލައްމައިގެ ހަދީސްފުޅުތަކުގައި އެބަ އާދޭ ކަނާއަތުން ކާށޭ. ބިސްމިﷲ ކިޔާށޭ. ގެއަށް ވަންނަ އިިރު ސަލާމް ގޮވާށޭ. ދޮރުލައްޕާށޭ. ނިދާއިރު ބޮކި ނިއްވާށޭ. ބައްތި ނިއްވާށޭ. މިއިން ކޮންމެ އެއްޗަކީ އަސްލު ވަރަށް މާތް ބަސްފުޅެއް،" ޝޭހް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަސޫލުﷲ އަލައިހި ވަސައްލަމަގެ ބަސްފުޅުތަކަކީ އިލްމުން ފުރިގެންވާ ބަސްތަކެއް ކަމަށާއި އެއީ އާދައިގެ މީހަކު ބުނާ ބުނުމަކާއި އެއް ހަމައެއްގައި ބެލޭނެ ބަސްތައް ނޫން ކަމަށެވެ.

ރަސޫލާގެ ކޮންމެ ބަސްފުޅަކީވެސް ހިކުމަތެއް ކަމުން އެ ބަސްފުޅުތައް ދިރާސާކޮށް އެއިން ހިކުމަތް ލިބިގަންނަން ޖެހޭ ކަމަށް ހުސެއިން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޕާކިން ސްޓިކާ

    ޖޫރިމަނާ ސަރުކާރު އިސްތިއުފާ

    44
    6
  2. ސޯލިހުބެ

    ނަސީދު ގައުމުން ބޭރުކުރޭ ނޫނީ ރާއްޖޭގައި އިސްލާމް ދީން ފިޔަވާ އެހެންދީންތައް ފަތުރާނެ.

    45
    3
  3. ޓާޓާ

    ރާއްޖޭގެ ރިޒާވް ހުސްކުރި ސަރުކާރު

    44
    3
  4. ސައިކަލް މީހާަ

    ސަޙީޙުމުސްލިމް" ކިޔަނީކީ އެމްޑީޕީ ގެ އެޖެންޑާ 19 އަކަށްނޫން. ތިކަމަކީ ވަރަށް ބޮޑަށް ދިވެހިރައްޔިތުނަށް އޮޅުވާލަން "ޖާމިއާސަލަފިއާ" އިން ފޮރިންރިލޭޝަން ދާއިރާއިން މަތީފާސް ހޯދައިގެން އައިސް ފޮރިންމިނިސްޓްރީގެ ތިމާއާ ނުކަތާފެންވަރުގެ މަގާމުގަ ދެމިހުރެވޭތޯ ﷲ ސވ.ގެދީނާއި ރަސޫލު ޞޢވ އަށް ފުރައްސާރަ ކުރާ ނުލަފާ މީހަކު ޕްރޮމޯޓް ކުރަން މީހަކު ހިންގާ ކެމްޕޭނެއް.
    އަސްލު މީ މަރުޙޫމް ޑރ.މަޖީދުގެ މަސައްކަތްޕުޅު. ތިކަލޭގެ އެއާއިލާ ޙިޞާރުކޮށްގެން ހިންގާ ނޭއްގާނީ ކަންކަން.

    29
    2
  5. ޙނ

    ވަރަށް އުފާ ވެއްޖެ. ހުސެންގެ ބައެއް ފޮތްތައް އަޅުގަނޑު ވެސް ކިއިން. މައުލޫމާތު ގިނަ. ރައީސް ނަޝީދަކީ ވެސް ދީނަށް ލޯބިކުރާ އަހެއް ކަމުގައި ލައްވާށި. އާމީން.

    15
    20
  6. އަހްމަދު

    ތިޔަފޮތްތައް ދޭންވީ މީހާ ތިޔަފޮތް ތިނެރެދެނީ.

    21
    1
  7. ފެކްޓް

    ބަލާބަލަ ތި ހުސައިން ރަޝީދުގެ މޫނަށް. ހުންނަ މުނާފިޤުކަން. މޫނުގަނެތޭ ހެދުމެއްވެސް

    23
    3
  8. މުހައްމަދު

    މިފަހަރު ލައިލާ ނެތޭތޯ. އެހެންވީމާ ޖާބިރު މިބުނަނީ ހަމަ ރަނގަޅު ވާހަކައެއްތޯ

    23
    4
  9. މުހައްމަދު މުދުހިޝް Mudhish

    އެލެކުސްގެ އަތުން މި ފޮތްތައް ނެރުމަކީ ޞަޙީޙު މުސްލިމަށް، އަދި ކިއެއް، ރަސޫލާގެ ހަދީސަށް ކުރެވޭ އިހާނަތެއް.

    30
    2
  10. ސަހަލު

    ގަސްދުގަ އޮޅުވާލާފަ ކަމަށްވާނީ އެއޮތީ ސަހަލުގޮތަކަށް އެއްކަމެއް ވެސް ނުކު ރާނެ އޮޅުވާލުމާ ރައްޔި ތުން ވާވެއްދުން ކު ރާނެ ކަމަކީ

    20
    1
  11. މީދޫޒުވާނާ

    ތިހެންވެގެންތާ އައްޑޫ މީދޫގައި ހުރި މިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލް މިސަރުކާރުން ބަންދުކުރީ. މިލާދީނީ މީހާ ލައްވާ ދީނީ ފޮތްތައް ނެރޭކަށް ނުވާނެ.

    25
    2
  12. އަބްދޫ

    ތިޔައީ މުސްލިމަކު ކަމަށް ދައްކަން އުޅުނަސް ތިމާ ހުރީ ކްރިސްޓިއަން ދީނުގަ ކަމަށް އަރުވާލިރަށުމީހާގެ ވާހަހަޔާ ޑެންމާކް ވާހަކައާ އިސްލާމްދީނުގެ ހައްދުތަކަށް ކުރެެއްވި އިންކާރުން ވެސް ސާބިތުވާނެ.އަދި އިސްލާމްދީނަށްވަނުމށް އިއާޒް ވިދާޅުވިކަމަށް ނަސީދު ވިދާޅުވި ވިދާޅުވުން ވެސް އެކަމަށް ދަޅީލު ލިބޭ.

    14
    2
  13. ާބޭކާރު

    އިސްކާމްދީނުގެ އަދުއްވަކު ލައްވާ އެފޮތް ނެރުމުގެ ބަދަލުގަ އިސްލާމީ އިލްމުވެރިޔަކުލައްވާ އެފޮތް ނެރުނުނަމަ ފޮތުގެ ގަދަރު ބޮޑުވީސް.

    22
    2
  14. ސަލީމް

    ސޭކް ހުަސައިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ރަޝީދު ޑރ ފާސް ނެގީ ގ.ކެނެރީގެއިންތަ

    19
    2
  15. ހުސެން ރަޝީދު މައުމޫނާއި އޮންނަ ހަސަދަ އިނގޭ

    އިތުބާރެއް ނުކުރެވޭ އިނގޭތޯ. ލާދީނީ ޕާޓީގެ ސޭކެއް، ލާދީނީ ނަޝީދު ޝަރަފުވެރިވެސް މިކޮއްދެއްވީ. ދީން ހަތިޔާރެއް ގޮތުގައި ނުނަންގަވާ.

    19
    2
  16. ދެމުނާފިގު

    އަސަރު ކޮއްފިދޯ ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑުވެސް.....................ވަރައްދެރަ

    7
    1
  17. ފަރީދާ

    މަޣާމްގެ ބޭނުމުގައި މިމީހުން ގޮވާފާނެ ކޮންމެ ފަދަ އައުގުރާނަ އެއްވެސް މީނަ އިމްރާން އިލިޔާސް މީ ހުސް މުނާފިގުން ދުވަހަކު ދައްކާވާހަކައަކާ ޢަމަލެއް ދިމަލެއް ނުވާނެ

  18. ރާބެ

    ތިހުސޭންރަސީދަކީ ރަށެއްގެ މިސްކިތެއްހޮޅުވިދުވަހަކު ވާހަކަދައްކަ މުން ތީގެކޮން މެބޭފުޅަކުވެސް އަހަރު މެންގެ މައިނަބިއްޔާއާ އެއްފަދަވެވިދާނެކަ މަން ބުނެވާހަކަދެއްކިމީހެކެވެ ވީމާތިހުސޭން ނެރޭފޮތާއި ދައްކާވާހަކަ ގަބޫލުކުރާނީ އެމްޑީޕީގާ އުޅޭލާދީނީފިކުރުގެމީހުންއެކަންޏެވެ

  19. އާދަމުގެދަރި

    ޢަރަބިބަސް ދެނެވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުން މިބޭފުޅާ މިކުރާ ތަރުޖަމާ ނުބައިކަމަށް ވިދާޅުވޭ. އަދި ބައެއް ހަދީސްތަކުގެ ބައެއް ބައިތައް ތަރުޖަމާގައި ނުހިމެނޭ ކަމަށްވެސް ވިދާޅުވޭ.

  20. ރޯނުރައީސް

    ފޮތް ނެރުމުގެ ޙަފުލާގައި ނަޝީދު ވިދާޅުވީ ޝައިޚުލް މުސްލިމު މިހެން. ޞަޙީޙުލްމުސްލިމު މިހެން ވިދާޅު ނުވެވުނު.