ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ނޫން ކަމަށް އެ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ވިއްކައިގެންނާއި ނަޝީދު ދާއިރާތަކަށް ވަޑައިގެން ތަގްރީރް ކުރައްވައިގެން މެމްބަރުންތަކެއް ހޮވުނު ކަމަށް ބުނެ، ޓުވިޓާގައި އާންމު މީހަކު ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޝަރީފު ވިދާޅުވީ އޭނާ މަޖިލިހަށް ހޮއްވަވައި ދެއްވީ މަރަދޫގެ ރައްޔިތުން ކަމަށާއި މަޖިލިހަށް ހޮވިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ނަޝީދު ތަގުރީރު ދެއްވައިގެން ނޫން ކަމަށެވެ. އެމްޑީޕީ އުފެދުމުގެ މާ ކުރިން ވެސް އައްޑޫ ރައްޔިތުން އޭނާ ހޮވި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންވެ ޝަރީފް ދެން އެދިވަޑައިގެންނެވީ އެމްޑީޕީ މެމްބަރުންގެ އަގު ވައްޓާލައި ނިކަމެތިކޮށް ވާހަކަ ނުދެއްކެވުމަށެވެ.

އޭގެ ފަހުން، ޝަރީފް އިނގިރޭސި ބަހުން ވިދާޅުވީ އޭނާ މަރަދޫ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގެންނެވީ، އެ ދާއިރާގެ ރައްޔިތުންގެ ސަބަބުން ކަމަށެވެ. އަދި މަރަދޫގެ ގިނަ މީހުންނަކީ ގާތް، ބައެއްގެ ގޮތުގައި ޝަރީފް ސިފަ ކުރެއްވިއެވެ.

އަދި މެމްބަރު ކަމަށް ވަޑައިގެންނެވީ ނަޝީދުގެ ސަބަބުން ނޫން ކަމަށް، އެމަނިކުފާނު ޓެގް ކުރައްވައި ޝަރީފް ވިދާޅުވިއެވެ.

"އެމްޑީޕީ ވަރުގަދަ ކުރުމަށް މަރަދޫގައި ފެށި މަސައްކަތުގައި ވާނީ ބައިވެރިވެފައި. އަޅުގަނޑު މެމްބަރަކަށް ހުންނަވައިގެން ރައްޔިތުންނަށް އާދޭސް ދެއްނެވިން އެމްޑީޕީ މެމްބަރުންނަށް ވުމަށް،" ޝަރީފް ކުރެއްވި ޓުވީޓުގައިވެއެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ފަށައި، އެ ޕާޓީގެ މަޖިލިސް މެމްބަރުން ދެ ބަޔަކަށް ބެހިފައި އޮތް ދަނޑިވަޅެއްގައެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ނަޝީދެވެ. އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަން ހާމަކުރައްވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ގާތްގަނޑަކަށް ތިރީހަކަށް މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ހަމަވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޖަޒީރާވަންތަ ވަސްގަދަ ފިނިހަކަ

    ކަލޭމެން ހޮވުނު މޮޔަ މިޔަދު ރައްޔިތުންނަށް ހީވާނެ. ޑިއުޓީ ޖޫރިމަނާ ސަރުކާރު

    96
    3
  2. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    އިސްތިއުފާ.. ވައުދުތައްވެސް ނުފުއްދުނު

    86
    1
  3. އެމްޑީ ސުހައިލް

    އެމްޑީޕީ އަކީ ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް

    116
    5
  4. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    މި ސަރުކާރަށް ކުރެވުނު ކަމަކީ ޖޫރިމާނާކޮށް ފާޑުފާޑުގެ ނަންނަމުގަ ޓެކެސްއާއި ޑިއުޓީ ނެގުން

    93
    1
  5. އަޙްމަދު

    ރަނގަޅުވާހަކައެއް ޝަރީފް ތިޔަ ވިދާޅުވީ!

    75
    9
  6. ސޯލިހުބެ

    ކަލޭމެން އެންމެންނަކީވެސް ކެނެރީ ނަޝީދު މަޖިލިހަށް ހޮވާފަ ތިބިބަޔެއް ރައްޔިތުންނައް ކަމެއް ކޮއްދޭބައެއްނޫން ތީކީ.

    33
    2
  7. މަރިޔަމް

    ޝަރީފު އާދޭސްކޮއްފަ ބުނަން ޝަރީފުތިހުންނަ ގޭގެ މަތިން ތިފައިބާ އެއްޗެިދޮންނަ ފެންތައް މަޖީދީމަގައް ނުފައިބާ ގޮތެއް ހަދާލަބަލައް ގައިމު ޝަރީފައް ވެސް ފެންނާނެ އެތަން އޮންނަ ނަޖިސްކަން ކިތައްމީހުންގެ ބަދުދުޢާ ޖެހޭނެތަ؟ އަނެއްކާ ސިޓީ ކައުންސިލަކައް ވެސް މިތަނެއްނުފެނޭ....

    34
    1
  8. ރަދީފް ހުސެން

    ތިމާޔައް ސަނާކިޔުން ހުއްޓިދާނެ އަދި ތިމާޔައް ވު ރެ މަގުބޫލް އެހެންމީހަކު އުފެދޭކައް ހުދުމުހުތާ ރު ވެ ރިންނޭދޭނެ. އެމީހުންނައް ވިސްނެނީ އަ ރައިގެން އަންނަތަ ރި ފޮށިގަނޑު ފަޅާފަނުކުންނާނޭ އަދި ތިމާޔައް ސަނާކިޔުން ހުއްޓިދާނޭ. އެހެންވީމަ ހުދުމުހުތާ ރުވެ ރިންގެ އެންމެ އަސާސީ އެޖެންޑާއަކައްވާނީ އެމަގައް ހު ރަސް އެޅެން އޮތްގޮތަކައް ހު ރަސް އެޅުން. އެއީސިއް ާރ ފާޅުގަ.. ފެށުނީއްސު ރެ މިއަދާހަމަޔައްވެސް މައުމޫނު އަދި ނަސީދުގެ ފަ ރާތުން މިނޫން ސިފައެއް ނުފެނެ.

    27
  9. ދުޢާއަކީ

    ޔާ ﷲ. ކެނެރީގޭ ނަޝީދުގެ ނުބައިކަމާއި އޭނާގެ ސުންޕާކަމާއި އޭނާގެ ލާދީނީކަމުން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.

    60
    1
  10. ކައްޓަލަ

    ކަލޭ ނުހޮވުނަސް މަށަށް ކޮންކަމެއް

    25
  11. ބޮއިކަޓްޢަލީ

    ޤާބިލު މީހުން ތިއްބާ އައިލާ މީހުނަށް ވޯޓު ދެދީ މައްސަލަޔަކީ.. ވެރިކަމުގައި އަބަދުވެސް އާއިލާ މީހުނަށް ކަންކަން ކޮށްދެވޭތޯ ބަލަނީ، ރައްޔިތުންނަކަށް ނޫން

    14
  12. Happy

    ސަރީފޫ ތިއެއްދައްކާލާނަން އަންނަފަހަރު ..އިންޝާﷲ

    9
    4
  13. މޑޕ

    މިއީ ކޮންތާކު އޮންނަ ރަށެއްތަ

  14. ޙައްވަ

    ހު ރިހާމެމްބަ ރުންވެގެން ނަސީދުގެ އިތުބާ ރުނެތްކަމުގެ ވޯޓެއްނަގާބަލަ މިހާ ރު ނަސީދުގެސަބަބުން މުޅިޕާޓީ ތެ ރޭގަފިތުނަފަސާދައުފެދެންފަށައިފި

    21
    2
  15. އެހެންތޭ

    އިދިކޮޅު ޕާރޓީ ބޮލަށް މިހާރު އިކޮން މިނިސްޓަރު ފައްޔާޒު ބްރޯ ހެދިގެން ސަރުކާރުގެ ތެރޭގައި ކުރާ ކަންކަން ކަނޑާލަމުންދާއިރު އިދިކޮޅު ސިޔާސީ ޕާރޓީން އެބުނަނީ ތިޔާއީ ތަމެން ކުޅޭ ޑްރާމާ އެކޭ އެމެން ގަބޫލެއް ވެސް ނުކުރެއޭ ތަމެން ސަރުކާރު ތެރޭގައި ތިބި މިނިސްޓަރުން މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކިކުރަން ދުރުރާސްތާ މަގެއް ކޮށަމުންދާ ކަމެއް އެކަން މިހާރު އެގިގެންދަނީ ނޫންތޭ މަޖްލީހުގެ ރައީސަށް އަދި އެއުޅެނީ 33 ސޮއި ހަމަ ނުވެގެން ވިއްޔާ އެފަކީރު އެއުޅެނީ އަދިވެސް...

  16. އެހެންތޭ

    އިދިކޮޅު ޕާރޓީން ކޮން ކަމެއްތޭ ކުރާނީ މާލެ ސަރަހައްދުން ގޯތި ދޭން އެމެން ކީއްތޭ ކުރާނީ މާލެ ސަރަހައްދުން ފްލެޓްސް ދޭން ރައީސް ޔާމީންގެ ވެރިކަމުގައި ވޯޓް ލާން އެއް ހަފްތާ އަށް ވެފައި ވަނި ކޮށް އިއުލާން ކުރި ޔަގީނުން ވެސް މާލެ ސަރަހައްދުން ފްލެޓްްސް ތަކަށް އެދި ފޯރމްލާ އެންމެނަށް ފްލެޓްސް ލިބޭނެ ކަމަށް އެކަކު ވެސް ބާކީ ނުކުރާނެ ކަމަށް މިސަރުކާރުން އެކަން ކޮންފާރމް ނުކުރީ އެއީ އިދިކޮޅު ސިޔާސީ ޕާރޓީ ތަކުން ކިއެއްކުރާތީތޭ މަމެން ތަމެން ގާތު އަހަން ބޭނުންވެއޭ...

    5
    1