ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން އެއް މަސް ދުވަހަށް ރާއްޖެ ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

އެ މެޑިކަލް ޓީމްގައި ހިމެނެނީ ހަ މީހުންނެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ވައިރަހުގެ އެޑްވައިޒަރީ ގުރޫޕަށް އެހީތެރެވެދޭނެ ދެ ޑޮކްޓަރުންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވައިރަހާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ވިލަރެސްކޮށްދިނުމުގައި އެފަދަ އޮޕަރޭޝަންތަކުގައި ތަޖުރިބާ ލިބިފައިވާ ކޯޑިނޭޓަރަކާއި، ކަރަންޓީން ރަށްތަކުގައި މަސައްކަތް ކުރާނެ ދެ ނަރުހުންނާއި އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެކެވެ.

އެ މެޑިކަލް ޓީމު ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ މިދިޔަ މާޗު މަހުގެ 18ވަނަ ދުވަހުއެވެ.

އެ ޓީމުގައި ހިމެނޭ ކޮންމެ ޑޮކްޓަރެއްގެ އެއް މަހުގެ މުސާރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި ދެވަނަ މަހުވެސް މީހަކަށް 9 ލައްކަށް ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. ލީގަލް ފީ އައި ސްޓޭންޑައުން ޗާޖާއި ރިލޭޓަޑް ފީއަށާއި ޕްރީ-ޑިޕްލޮއިމަންޓް އެޑްމިނިސްޓްރޭޝަން ފީއަށް 230،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނެތް އެތައް ކަމަކަށް އެ މިނިސްޓްރީން ހަރަދު ކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން 26 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހަރަދުތަކުގެ 99 ޕަސެންޓު ހަރަދުތަކަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ނުވެސް ހިމެނޭ ކަންތައްތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅުގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެ ކަންކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރި ކަންތައްތައް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ މިނިސްޓްރީން ކޮވިޑް-19 އާއި ގުޅިގެން 26،212،727 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ނަމަވެސް އޭގެތެރެއިން 99 ޕަސެންޓު ހަރަދުތަކަކީ އެ މިނިސްޓްރީން ކުރަން ނުޖެހޭ ހަރަދުތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހަރަދުތައް ކޮށްފައިވަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މިއަދު

    އަލީވަހީދު އެމަޤާމުގައިހުއްޓަ ތިރިޕޯރޓް ނެރުނުނަމަ ތިޚަރަދުގެ 99% ހުރީހީ މެންޑޭޓުގެ ތެރެއިން

    20
  2. ސާބަސް

    މިލާރި ހޯދާފަ ހަވާލުކުރޭ ހިންނަވަރު ބޭގަޑާ

    24
  3. ކޮކްޓޭލް

    މީއެވިދާޅުވާ ހިލޭ ސާބަހައް މަސައް ކައްކަރާކަމައް ބުނާ ގުރޫޕް އެއްތޯ ނުވަތަ އަގެއްކިޔައިގެން ކަޓުއަޅާ ގޮތައް ގެނައި ބަޔެއްތޯ މިވެސް ވާނެ ނޫންތޯ ރައްޔަތު މީހާޔައް އެގެން ޒީރޯޓޮރަލަންސްގެ ދަށުން ހީރޯވެފައި ވާއިރު ކީއްތޯ ކުރާނީ މިޔޮތީވާ ގައުމެއް އެމީހަކާ އެމީހެއް ޔާ ހަބޭސް

    26
  4. ޜިޒް

    ހުސްވެސްވަގުން.. ޒީރޯޓޮލެރެންސް.. މަހާނަ

    29
  5. ނަސީރު

    ދެން އޯކޭ ވާނެ ކު ރިޔައް އޮތް އަހަ ރު ނުހޮވުނަސް ، ކު ރިޔައް އޮތް 25 އަަހަ ރު ދުވަހު ރާއްޖެއިން ބޭ ރުގައި އާއިލާ ގޮވާގެން އުޅެލެވޭވަ ރައް މިޙާ ރު ހުންނާނީ ފައިސާ ކެވިފައި . ޢެވެސް ވަގައް.????????

    30
    1
  6. ނަސީރު

    ދެން އޯކޭ ވާނެ ކު ރިޔައް އޮތް 5 އަހަ ރު ނުހޮވުނަސް ، ކު ރިޔައް އޮތް 25 އަަހަ ރު ދުވަހު ރާއްޖެއިން ބޭ ރުގައި އާއިލާ ގޮވާގެން އުޅެލެވޭވަ ރައް މިޙާ ރު ހުންނާނީ ފައިސާ ކެވިފައި . ޢެވެސް ވަގައް.????????

    16
  7. ހޮނޑާފުށީ ބޮޑުހުސޭނު

    މީ ކޮރަޕްސަނަށް ނުވިއްޔާ ދެން ކޯޗަކަށް ކޮރަޕްސަން ކިޔަންވީ

    33
  8. މުހައްމަދު

    ސަހަރޯ

    22
  9. ޙަބަރު

    ފައިސާ ވެއްޖެޔާ ރޔ. ތިބައިގަނޑު ތި ހަރަދުކުރީ ބޮޅިކަންނޭގެ. ކައި ހުސްކޮއްފި، އަޅުވެތިކޮށް ވިއްކާ ހުސްކޮއްފި. ދަރަނި ދަންމަޅިއެއް ޖަހާ ގައުމުގެ ކަރައް ފައްތާ ބާރުޖުރަމުން ދަނީ.

    12
  10. އަރީ

    ކަލޯ ތީ ހުސް ގޭސް. ތިޔަބުނާ ބަޔަކު ނުގެނަޔަސް ތިޔަކުރާކަންތަށް ވާނެ. ޥެކްސިނެއް ބޭހެއް ނުހުރެޔޯ . ދެންކީއްކުރާ ބައެއް. ފައްސިވާމީހުންގެ %99.9 މީހުންނަށް ދޭ ފަރުވާއަކީ 14 ދުވަހުގެ ބަންދެއް. ޢެހިސާބުން އެއޮތީ ފަރުވާ ކުރެވިފަ. އެނިމުނީ. ތިޔައޮތީ ބޮޑުތަނުން ވައްކަން ކޮއްފަ.

    20
  11. ޚިޔާލު 3

    މިސަރުކާރުގަ ވެސް އޮތީ ކޮންކަހަލަ ޒީރޯޓޮލެރަންސެއްބާ އަ މާނާތަށް ޚިޔާނަތްތެރިވުމ މާއި ޒިން މާތައް ނުއުފުލާ މުސާރަ ނަންގައިވއަިގެން ތިއްބަވާވެރީން ޖަވާބުދާރީވާންޖެހޭނެ ދުވަހެއް ނެތްކަ މަށް ދެކެނީބާ. ސަރުކާރަކަށްފަހު ސަރުކާރެއްގެ ނުބައިކަން މިދަނީ ބޮޑުވަ މުންނޫންތޯއެވެ.

  12. ސަޓޯ

    މިއީ އަންނިގެ ފުރެންޑުން ތަކެއް ކަމަށް މައުލޫމާތު ލިބޭ... އަންނި ބުނެގެން ޗުއްޓީ ހޭދަކޮއްލަން އައީ. މިބައިގަނޑު ކުރި މަސައްކަތެއް ހާރާމް

  13. އައިޝާ

    ކިއްލިތަޅާއިގެން މާލެއިބް ގޯތިގަތީ އަދި ހުޅުމާލެއިން 2 ގޯތިގަތީ އީކޭނު ކޮބާ ފޮރިން މިނިސްޓްރީ އޮޑިޓް ރިޕޯރޓް ވިސްނޭ ވިސްނުމުން ޓޫރިޒަމް އަށްވުރެ ހީވޭ ރަގަޅުވާނެހެއް

  14. ޢިބްތި

    މަހެއްގެ ތެރޭ މީހަކަށް 1.5 މިލިއަނުގެ ރޭޓުން ހަރަދުކުރީމަ ޓޮލެރަންސް ލެވެލް ޒީރޯއަށްވުރެވެސް ދަށްވެފަ! މަރުމޯލެއް ވެރިކަމަށްލައިގެން ގައުމުކައި ހުސްކޮށް އިންޑިއާއަަށް ވިއްކާ މިނިވަންކަން ގެއްލިދާއިރު މިހެންތިބެން ހެޔޮނުވާނެ! ފުލުހުންނާއި ސިފައިން އެބަޖެހޭ ގައުމު ސަލާމަތްކުރަން.

  15. ބަހުރު

    ނުރަށްކާތެރި ސަރުކާރެއް މިސަރުކާރު އަދި އެއްމަސްދުވަހައް ދެމިއޮތަސް ގައުމު އިތުރަށްދަވާލާނެ މިހާރުވެސް ތަށްޔާރީތަށް ވަމުންދަނީ އިންޑިއާއިން އުފަށްދާ ވެކުސިން ރާއްޖެއަށް ގަތުމަށް ގަތުމުގެކުރިން ބުރިޖޭ ސަންދޯކޭ އެއޮތްގޮވާނަގަނީ.