ހދ. ކުރިނބީން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ގޭގައި ކަރަންޓީންވެގެން ހުރި މީހެކެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ ފުރަބަންދު ކަރަންޓީންގައި ހުރި 42 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ކޮވިޑް-19އަށް ފައްސިވެފައިވާކަން އެނގުނީ، ކަރަންޓީން މުއްދަތު ނިންމާލުމަށްފަހު، ދޫކޮށްލަން ހެދި ޓެސްޓުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

“ވަގުތު" އަށް މައުލޫމާތު ދެމުން ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ، އެރަށުން ފައްސި ވެފައިވަނީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

އަފްރާހު ވިދާޅުވީ، ރަށުން މީހަކު ފައްސިވިނަމަވެސް އަދި އެޗްޕީއޭއިން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައުމަށް އަންގާފައި ނުވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 5500 އަށްވުރެ ގިނަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު