އެމްޑީޕީއަކީވަރުގަދަ ޕާޓީއެއްކަން އިދިކޮޅު ފަރާތްތަކަށް ނޭނގޭ ކަމަށާއި، އެކަމާ ހައިރާންވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ އެތެރެއިން މަސައްކަތް ފަށައި، އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ހުންނަ ކަމަށެވެ. އަދި އެކަމުގެ ތެރެއިން ދެވޭ ހަމަލާތައް އެ ޕާޓީގެ މެންބަރުން ހިތު އަޅައިގެން ނޫޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެމްޑީޕީއަކީ ތަފާތު ފިކުރުތަކާއި އެކު ކުރިއަށްދާ ވަރުގަދަ ޕާޓީއެއްކަން އެ ފަރާތްތަކަށް /އިދިކޮޅު ފަރާތްތަކަށް/ނޭނގޭތީ އެކަމާ ހައިރާންވަން". ފައްޔާޒްގެ ޓްވީޓުގައި ވެއެވެ.
ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައި، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވާހަަކަތައް ފެންމަތިވިފަހުން، ރައީސް ނަޝިދު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެްގައި އެމަނިކުފާނު ވިދާޅުވީ، ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވުމުގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލައިގައި ސޮއި ކުރެއްވި މަޖިލިސް މެމްބަރުންނާ ދިމާ ނުކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"ފައްޔާޒުގެ އިތުބާރު ނެތް 30 މެމްބަރުން ސޮއި ކުރިކަމަށް ބުނުމުން ދެން ދިމާ ކުރަންވީ އެ މެމްބަރުންނަކާއި ނޫން. އަޅުގަނޑުވެސް މި ނުކުތީ." ރައިސް ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.
ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަޒީރެވެ.
ރައްޔިތުން ފެލާ ޖޫރިމަނާކޮށް ނޮޅާ ކާން އެއްވަނަ މީ
ކަލޭމެން ވަރުގަދަ ކަމުންދޯ ވައުދު ނުފުއްދެނީ
އަނިޔާވެރި ޖޫރިމަނާ ސަރުކާރު އިސްތިއުފާ
މިމީހުން އަނދަވަޅަށް ވެއްޓޭއި ރުވެސް އަނގަޔަކުން ނައަ ރާނެ، އެންމެ ފަހުން މިޖެހުނީ އިދިކޮޅު މީހުންނާ. އެމީހުން އިދިކޮޅުގަ ތިބެންޏާ މިމީހުން ކު ރާ ކަންކަމުގެ ވާހަކަ ދައްކާނެ ދޯ، މީދެން އަ ރަތެއް ކަހަލަ ކަމެއް.
ބޭކާރު ވާހަކަ ނުދައްކާ ވައުދުތައް ނުފުއްދެންޏާ ރައްޔިތުން ނޮޅާކެއުން ހުއްޓާލާ. ޑިއުޓީއާއި ޓެކްސްނަގައިގެން ރައްޔިތުން ފެލުންނޫންކަމެއް ނުކުރެވެ. ސްޓިކާ ސަރުކާރު އިސްތިއުފާ
އިކޮނޮމިކް ބޫމް އަންނަވަރުން ރައްޔިތުން އުފަލުން ފައި ބިމުގަ ނުޖެހޭ.. އަނިޔާވެރި ޒުވާނުން ފެލާ ޖޫރިމަނާ ސަރުކާރު
ވަރުގަދަކަން އެނގޭ. އެމްޑީޕީ އަކީ ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެެއް
ދައުލަތް ލޫޓުވާލަން ކުރެވޭ މަސައްކަތުގެ ތެރެއިން ރައްޔިތުން ލޮލުގަ އަޅުވާ އަނދުނެއް، ޖައްސާ ގޭމެއް!!
ތިމީހުން ތިމީހުންނާ ތަޅާ ހުބުޅުކޮޅު ދާއިރު ކޮން ވަރުގަދައެއް. އެއްވެސް އުރައްތްޕެއް ނެތް ޕާޓީއެއްތީ. މަޖިލީހުގެ ރައީސްކަމަށްވެސް އަފިފު ނޫނީ އަސްލަމު އަންނަން އޮތި.. ކަންނިމުނީ ޑިމޮކްރަސީގެ ލާމަޞީލު މިސާލެއް ނެތްފަދަ ގޮތަކަށް. އެމީހުން އެމީހުންގެ މިނިސްޓަރުންގެ އަގު ވައްޓަނީ.. ޕާޓީ ވަރުގަދަ ކަމުގެ އިންތިހާ
ތިޔަ ޕާރޓީ ވަރުގަދަ ކަމުންތާ ވަކި މީހެއްގެ ނުފޫޒު ގަދަވަނީ ތިޔަ ޕާރޓީތެރޭގައި. އެހެންވެގެން ރީކޯ މޫސަވެސް ތިޔަ ޕާރޓީ ދޫކޮށް ދާންޖެހުނީ.... އަލްހާން ފަހުމީ ތިޔަ ޕާރޓީ ދޫކޮށް ދާންޖެހުނީ، ވަނދުކަރާ ދާންޖެހުނީ،
ތިޔަބުނާ ވަރަގަދަ ޑިމޮކްރަސީ ޕާޓީގަ ތޯ އިބުރާ ބޭރުކުރީ ދަމާ ހަލާފަ، އަދި މުނައްވަރާ، ރީކޯ ، އަލްހާން އަދި ވަޙީދު ވެސް ތިޔަ އީތަ ތިޔަ ބުނާ ޑީމޮކްރަސީ އަކީ، ވަރުގަދަ ޕާޓީ އޭ ތިޔަ ކިޔަނީ މުޅި ޤައުމުގަ ހުޅު ޖެހީމަ ތަ، ލަދު ކުޑަ ފައްޔާޒު، ތިޔައީ ޝަހިންދާގެ ބޭބެ ތަ
ތީ ކޮންބައެއްކަން އަހަރުމެންނަށް އިނގޭ ، މާ އިންޑިޔާ ވެގެން ތިޔަ އުޅެނީ ލަދުކުޑަ
ނޭވާ ހޮޅިއައް އެޅިގެން ދާއިރުވެސް މޮޅެތި ބަހުންނޭ ތި ހިފާއްޓަނީ ކަލޭމެން. ބޮލައް ތުރާ ޕާޓީއެއް ތީ. ހަމަ ބޮޑު ފޫހި ގަނޑެއް.
ތިޔަހިނގާ ކަމަކާ އިދިކޮޅާ ކޮންގުޅުމެއްތަ ހުރީ!!!!
މަބޮޑޭ.
ކޮސްނުގޮވާހިރޭ..
ެއމްޑީޕީއަކީ ރައްޔިތުން މުދާ ފޭރޭބައެއް! 2 އަހަރުގެ ބަޖެޓް ފައިސާ ކޮބާ! ކޮބާ ބިދޭސީންގެ ފައިސާތައް ފައްޔާޒު ކަލޭމެން ލަދެއްވެސް ނުގަނޭދޯ!
ޕާޓީގެ ވަރުގަދަކަން ކަލެއަށް ނޭގޭތީ އެ އުޅެނީ ދައްކާލާކަށް ނޫންތަ؟ ހެހެހޭ.
މޑޕ ވަރުގަދައީ މުލައްދަޑީގެ ބާރާ ރައްޔިތުންގެ މާލިއްޔަތުން ވައްކަން ކުރު މަށާ ރައްޔިތުން ފެލު މަށާ އޮޅުވާލު މައް. މިހާރު ފައްޔާޒައް އިހްސާސް ވެގެން ތިއުޅެނީ މޑޕ އިސްސަފުގަތިބި މީހުންގެ މުލައްދަޑީގެ ބާރު. ކިތަން މެ ހޭރުނަސް އިދިކޮޅަކުން ބޯގަނވިލާ އަކައް އެހީއެއް ހަ މްދަރުދީއެއް ވެވޭކައްނެތް.
ވަރަށް ބޮޑު ތެދެއް އެމް ޑީ ޕީ ވަރުގަދަކަމުން ވެރިކަމަށް އަރާތާ 6 މަސް ތެރޭ ގައުމުގެ ބައިތުލްމާލު ފެންފޮދަކާނުލާ ދިރުވާލަނީ އިގުތިސާދު ފުނޑު ފުނޑު ކޮށްލަނީ ޑޮލަރުގެ އަގުބޮޑުވަނީ ރައްޔިތުން ހަނާވަނީ ، ފައްޔާޒޫ ވަރަށް ވަރުގަދަ ޕާޓީއެއް ތިޔައީ ވަށްކަން ކުރާށާ ލޫޓުވަން ހަމަ ތިޔަވަރެއްނެތް...
އެކަން ސާބިތުވެފައިތާ މިޔޮތީ 2018ގެ އިންތިހާބްވެސް ކާމިޔާބްވީ އޮއްވޮޅުކުޅޭ ޕާޓީވެސް ބައިވެރިވެގެން ކޯލޭޝަން ހަދައިގެން ވަރުގަދަވާނެ ވަރު އެބަ އެނގޭ ބާރެއް ލިބުނީމަ ބާރުދައްކާ ރައްޔަތުން އަޅުވެތި ކުރާޕާޓީއެއްތީ މާމޮޅުވެފައި ޕާޓީއޭ ތިޔަ ކިޔަނީ ތިޔަ ޕާޓީތައް ހިންގަނީ މަމެން އަޅުވެތިކޮއްގެން ނަގާ ޖިޒީގެ ރުފިޔާއިން ދެން ކޮންވާހަކައެއް ބަނީއިސްރާލް ބާގާމީހުންހެން މާމަތަވެރިކަމައް ދައުވާތިޔަސ ކުރަނީ ވަޒީވާއިން ނޯކޮންފިޑެންސް ނަގާނެތީ މީހާ ތިޔަހެރި ތެޅި ހަލާކުވަނީ އެކަކައް ފޯނުކޮއްލާފަ އަނެކަކައް ފޯނުކޮއްލާފަ
ކޮންމެހެން ބްރޯ ހެދިގެން މާ ފުއްޕާފަ އުޅޭނެކަމެއް ނެތް. ކަލޯގެ އޮތުން ކޮން މޮޅުކަމެއް ކޮންބާރެއް.
މިކަލޭގެ ނަގާ ހޫރާލަން އުޅޭތީ ތޯއްޗެ މާ އެ މްޑީޕީ ވެގެން މިއުޅެނީ
އިތުބާރު ނެތްކަ މުގެ ވޯޓް ނަގާފާނެތީ ބިރުން ވައިޖަހަނީ.
ފިރުއައުވެސް ހަމަ ބުނެއުޅުނީ ތިހެއް ނޭނާހާ ވަރުގަދަ މީހެއްނެތްކަމުގެ ދައުވާ އެއްމެ ފަހޔވަގުތުވެސް ކުރި
މިހާރު މިކަލެގެ އަންގަ ގަދަވެގެން މިއުޅެނީ މިކުޅޭ ޑުރާމަގަ މިކަލޭގެ ބޭރު ކޮށްލަފާނެ ކަމުގެ ބިރު ހީވެގެން އަވަހަށް އމޑޕ ގެ އަސްލު ސިފަ ތިފެންނަނީ އިހުލާސް ތެރިކަން އެއްފަރާތްކޮށް މަކަރާ ހީލަތާ ވަށްކަން ކުރާމިހުނަށް އޑޕ ތެރޭ ޖާގަ އޮންނަނީ ކަލޭ ބޭރު ކުރަން އެއުޅެނީ ކަލޭގެ ކޮންމެވެސް ވަރެއްގެ ހަރުދަނާ ކަމެއް ހުރީމަ ކަލޭވެސް ގައުމު ބަނޑު އަޅާލޤ އޭ ރުން އމޑޕ ތެރޭ ހުރެވޭނެ ހުސްވަގުން މިސަރުކާރުގަ
ބަލަގަ ހެއްދެވި ފަރާތްވެސް ހަނދާންނެތުނީތަ މާވަރުގަދަވެގެން ތި ތިޅެނީ
ތީވަރުގަދަޕާޓީއެއްނޫން.ވެރިކަމަށްއަބަދުވެސްގެނެސްދެނީގާސިމް. ތީސުމެއްގެބަައެއް.ވެރިކަމައްބަޔަކުގެނެސްދޭކޮންމެފަހަރަކުގައުމުއިދަޖައްސާލާ.ދީންފުޑާލާ.ގައުމުގެހަރުމުދާތައްވިއްކާލާ.އެތައްބިލިޔަނަކުންދަރުވާލާ..ތީމިގައުމައްއަންނަބޮޑުމުސީބާތެއްކަހަލަބައެއް.ތިބައިމީހުންގެކިބައިންމިގައުމުސަލާމަތްކޮއްދެއްވާދޭވެ....
އާނ ތިޔެއް އެނގިއްޖެ ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރުން ، ވަޅި ހިފާގެން ދުވުނަސް ބުނާނެ ޑިމޮކްރަސީ ވީމަ އެހެން ވާނެޔޭ
މިހާރުވެސް ވޯޓެއްނަގާބަލަ އޭރުންއެނގިދާނެ ކަލޭމެންގެ ސައިޒު އަނގައިން ދަޅިބާސާކަނޑަ ކަނޑާތިބެވި ދާނެ މިފަސްއަހަރު ނިމެންދެން
ޕާޓީވަރުގަދަކަމުންތޯ ކޮންމެފަހަރަކު ތިންއަސާގަނޑުވިއްދައިގެން ވެރިކަމަށްއާދެވެނީ
މޑޕއަކީ ކޮންކަހަލަ ޕާޓީއެއްކަން ނޭގެނީ އި ދިކޮޅު ޕާޓީ ޕޕމ ޕނސ އަކަށްނޫން..އެކަންނޭގެނީ ގިނަ ރައްޔިތުންނަ.. މަލާމާތް ރައް ދުވަނީ މޑޕއަށް މަރު ދޭ ރައްޔިތުންނާ ވޯޓު ދިން ރައްޔިތުންނަ..އަހަރެމެންނަ އިގޭ ނޯކޮފިންޑެންސް ވޯޓެނަގަންށޭކިޔާ އަރުވާއަޑަކީ ޖަމަލުފޮނޑިއެއްކަން..ފައްޔާޒު ބޭރުކުރަން މޑޕއަކަށް ނުކެރޭނެކަން..އަލީވަހީ ދު ވަކިކުރިއަސް އޭނަގެމައްޗަށް ތަހުގީގެ ހިންގަންނުކެރުނު ސަރުކާރަކަށް ފައްޔާޒާ ކުޅެންނުކެރޭނެ...އިބޫވެސް ނަޝީ ދުވެސް މޑޕވެސް މިއީ ގަޓެހުރިބައެއްނޫން...އަޑުގަ ދަވާނީ ގައިގަ ބާރެނުހުންނާނެ..ފައްޔާޒު ބޭރުކޮއްލާ ވަގުތުންފެށިގެން އިބޫއާ ނަޝީ ދާ މޑޕގެ އިސްވެރިންނަ ވަކީލުންހޯ ދަން ރެޑީވާންޖެހޭނީ...މިއީ ގެރެންޓީކަމެ..ޑްރާމާކުޅެން ތިބެންޖެހޭނީ ވިލަންއަކަށް ފައްޔާޒުލައިގެން...ފައްޔާޒު އަލީވަހީ ދު މިމީހުންނާ ނުކުޅެވޭނެ ،ސީކްރެޓް އޮފް ދަ ސީއަށްވުރެވެސް ފުން ސިއްރުތައް ތިލަވާންފަށާނެ...
ތަންތަނުގައި ހުޅުރޯކުރުމާ މާރާމާރީ ހިންގުމާ ނުހޮރުއްޕާންކުރުމާ ވީރާނާކުރުމުގައި ތިވަރެއް ނޯންނާނެ!
ސިގިރޭޓާ އެނަޖީޑްރިންކާއި ސްޓިކާގެ ނަންކިޔައިގެން ޒުވާނުން ފެލާލީ ސަރުކާރަށް ހިތި ފެންނާނެ!
އަޅަމެންގެ ވެރި އިލާހް މިނުބައި އެމްޑީޕީ ޚާއިނުންގެ ކިބައިން އަޅަމެން ސަލާމަތް ކުރއްވާންދޭވެ. އާމީން
އިނގޭތީ ފޯކަސް ގެއްލުވާލަން ޖެހާ ސްޓަންޓެއްކަން. ގައުމު ބިކަވަމުން ވައުދު ނުފުއްދިމިދަނީ.
އެމްޑީޕީ ގައި އުޅެއުޅެ މުސްކުޅިވާ އިރުވެސް އެމްޑީޕީ އަކީ ކޮންބައެއްކަން ފައްޔާޒަށް ނޭގޭތީ ހައިރާންވެ އަންތަރީސްވޭ.