26 މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފަރަށް އަރާފައި ވަނީ "އަސްދާން" ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ.

މި ދޯނި ފަރަށް އަރާފައި ވަނީ، ވ. ރަކީދޫގެ އިރުން ދެ ނޮޓިކަލް މޭލު ބޭރުން ކަމަށާއި، ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިންޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 11:00 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގުމާއެކު މިހާރު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޓްރަން އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމެއް އެނގިފައެއް ނުވެއެވެ. އަދި ހާދިސާ އާއި ގުޅޭ އިތުރު މަޢުލޫމާތެއްވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.