ކ. ކާށިދޫ ފަރަށް އެރި ދޯންޏެއްގައި ހުރި ރެޑްބުލް ކޮންޓެއިނަރުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ހދ. ކުޅުދުއްފުށިން މާލެ ދަތުރު ކުރި "އަލިތަރި" ނަމަކަށް ކިޔާ ދޯނި ކާށިދޫ ފަރަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ ދޯންޏަކީ ތިން ކޮންޓެއިނަރުގެ ރެޑްބުލް ހިފައިގެން ދިޔަ ދޯންޏެކެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އޭގައި ހުރީ ޔޫރޯ ސްޓޯރުގެ މުދަލެވެ.

އޭގެ ތެރެއިން، އެއް ކޮންޓެއިނަރުގެ ދޮރު ހުޅުވިގެން، ގިނަ އަދަދެއްގެ ރެޑްބުލް ކޭސްތަކެއް ވަނީ މޫދަށް ދޫވެފައެވެ. އަދި ކާށިދޫގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، މޫދަށް ދޫވި ރެޑްބުލް ކޭސްތައް ވަނީ ހޮވައިފައެވެ. ބައެއް މީހުން ނުއަގުގައި ރެޑްބުލް ދަނީ ވިއްކަމުންނެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

ކާށިދޫ ފަޅަށް ދޫވި ރެޑްބުލްތައް އެއްގަމަށް އަރުވާފައި

އެނގިފައިވާ ގޮތުގައި އެ ކޮންޓެއިނަރުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުއްޓެވެ. އަދި ފަރަށް ދިޔަ ދޯނީގެ ވެރިފަރާތުން އިސް ނަގައިގެން، ކޮންޓެއިނަރުތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން ދަނީ ބާޖެއް ބޭނުންކޮށްގެންނެވެ.

ކާށިދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ދެ ކޮންޓެއިނަރު ފަރުމަތީގައި އޮތުމުން، އެ ރަށު ބަޔަކު ޑިންގީއެއްގައި ގޮސް، ދެ ކޮންޓެއިނަރު ފަޅާލަން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އެކަމަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދޯނި ފަރަށް އެރި ފަހުން، އެ ތަނުގައި އިތުރު ދޯންޏެއް އޮވޭ އަބަދުވެސް. ކޮންޓެއިނަރުތައް ފަޅާލަން ބަޔަކު އުޅުނު. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވި. ފުލުހުންނާއި ދޯނީގެ މީހުން އެކަން ހުއްޓުވާފައި ވަނީ،" އެމީހާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި މޫދަށް ދޫވި ރެޑްބުލް ކޭސްތައް ނެގުމުގައި ކާށިދޫ ރައްޔިތުން އުޅުނީ ދޯނީގެ ވެރިންގެ ހުއްދަ ނުނަގައެވެ. އެހެންވެ، ދޯނީގެ ވެރިފަރާތުން ވަނީ އެކަމާ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅޮލް

    ކާށިދޫ މީހުން އެކި ރައްރަށައް އެ ވިއްކާގެން މުއްސަނދިވެސް ވެއްޖެ ވަގައް ނަގައިގެން އުޅެނީ ކާށިދޫގަ އުޅޭ l ގުރޫޕް ލައްވާ ލޮލް

  2. ހަރުގަނޑު

    ކާށިދޫގައި އިޅޭނީ އުޅުމެއް ނެތް ބޮލެއް ނެތް ބައެއް ކަން ވަރަށް ސާފު! މީތެދެއްކަން އިނގޭނެ އެއަތޮޅު މީހުން ހޮވި މެންމަބަރަށް ބަލާލީމަވެސް! ކޭބަލް ކާރޭ ބުނީ ހެއްލުނީ! ކީކޭ ބުނާނީ!

    6
    2