ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވައި، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ޑީއާރުޕީގެ ލީޑަރު އަދި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު މިފަދައިން ގޮވާލައްވާފައި ވަނީ، މި ސަރުކާރުން ވައުދުތައް ނުފުއްދުމުގެ ސަބަބުންނާއި، ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ބިކަވަމުން އަންނާތީ ރައީސް ސޯލިހަށް ފޮނުއްވެވި ސިޓީއެއްގައެވެ.

ޑީއާރުޕީ އިން ރައީސް އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސް ސޯލިހް ރައީސްކަމަަށް އިސްކުރުމަށް ރާއްޖޭގެ ރައްޔިތުން ވޯޓު ދިނީ ނުހަނު ފޮނި އުންމީދާއި އެކު ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހް ވަނީ ރައްޔިތުންނަށް އެތަކެއް ވައުދުތަކެއް ވެވަޑައިގެން އެކަންކަން ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. އެކަންކަން ރައީސް ހަނދުމަފުޅު ހުންނަވާނެ ކަމަށްވެސް ސިޓީގައި ވިދާޅުވެފައެވެ.

މިއަދު ފެނިގެން ދަނީ ރައީސް އަމިއްލަފުޅަށް ވެވަޑައިގަތް ވައުދުތަކާއި މި ސަރުކާރުން ހިލާފުވަމުން އަންނަ މަންޒަރު ކަމަށް ވިދާޅުވެ ޑީއާރުޕީގެ ސިޓީގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑީއާރުޕީ އިން ރައީސް އަށް ފޮނުވި ސިޓީގައި އިތުރަށް ވިދާޅުވެފައި ވަނީ، ރައްޔިތުންނަށް އިހްލާސްތެރި ވެވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގެން ހުންނަވައި، ދުނިޔެއަށް މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއްގެ ވަޒީފާތައް ގެއްލި އުފެއްދުންތެރިކަމުގެ ސިނާއަތަށް މުޅި އުމުރު ހޭދަކުރި ރައްޔިތުން ބިކަވެ، އަދި އެތައް ވިޔަފާރިތަކަކަށް ގެއްލުން ވަމުން އަންނަ އިރު މި ސަރުކާރުގެ ކެބިނެޓް ވަޒީރުންގެ އަމަލުތައް އެ ހުންނަނީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދާފައެވެ.

އަދި ދިވެހިން އަންހެން ދަރީންގެ ހައްގުތަކަށް އަރައިގަނެ ރައުސުލްމާލުން މިލިއަން ޑޮލަރު ހަރަދުކޮށް ރައްޔިތުން ބިކަވަމުން އަންނަ އިރު ރައީސްގެ ޒިންމާ އަދާކުރެވޭތޯ އެ ސިޓީގައި ވަނީ ސުވާލު އުފައްދާފައެވެ. ޑީއާރުޕީ އިން ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން މިއޮތީ "ފެއިލް ވެފައި" ކަމަށެވެ.

ޑީއާރުޕީގެ ސިޓީގައި ވަނީ އެކި ސިނާއަތްތަކުގައި ބުރަކޮށް މަސައްކަތް ކުރައްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށް ރައީސް ސޯލިހް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. މިހާރުން ފެށިގެން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް އެ ސިޓީގައި ވެއެވެ. އެ ސިޓީގައި ވަނީ އެހެން ނޫން ނަމަ އިހްތިޖާޖަށް ނިކުތުމަށް ތައްޔާރަށް ތިބިކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    ދިވެހިގައުމަށް މިވަގުތު ވަރަށް މުހިންމު ރަނގަޅު އިލްމުވެރި އިގްތިސާދީގޮތުން ގައުމު ކުރިއެރުވޭވަރުގެ ގާބިލް ވެރިއެއް. ރައީސް ސޯލިހުވެސް ގައުމަށް ހެޔޮއެދެންޏާ އެކަން ކުރަންއެބަޖެހޭ. ބަދަލުހިފުމާއި ވަކި ގައުމެއްގެ އަޅުވެތިކަމަށްވުރެ މުހިިންމީ މިވަގުތު ގައުމު ސަލާމަތް ކުރުން. ދިވެހިންވެސް ތަހްޒީބުވެ ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކަންކަން ކުރާގޮތަށް ކުރަންއެބަޖެހޭ.

    51
    1
    • ނަބީލާ

      ބާޤީވަހީދުގެ އެޑިޔުކޭޝަންމިނިސްޓަރަށް (ޑރ.އާސިމް)ޖެނީވާގެ އެމްބެސެޑަރކަން ރައީސް އިބޫ އެދިނީ. މީގެންއިބޫއަކީ ބާޤީވަހީދުއާއި މައުމޫނުގެގްރޫޕް މީހެއްކަމެއްނޭންގޭތޯ ؟؟؟؟؟؟؟

  2. ޢަހޫ

    ޥަރަށްރަގަލުވާހައެއް. ޢެހެންނޫނީ މިޜާއްޖެ އެ ފްރީކާގެ އެންމެ ފަގީރު ގައުމުތަކާއެއޮވަރުވާނެ.

    51
  3. މުޖައްރިބު

    ގައުމު މިދަނީ އިގްތިސާދީ ގޮތުން އަނދަވަޅަކަށް. މިވަގުތު ގައުމުގެ ވެރިޔާއަކީ އަދި މިނިސްޓަރުންގެ ތެރޭގައިވެސް ނެތް ގައުމުގެ އިގްތިސާދު ކޮޅަށްޖެހޭވަރުގެ އަދި މި އަނދިރިދުވަސްތަކުގައި ގައުމުގެ އިގްތިސާދު މެނޭޖްކޮށް ރައްޔިތުން ބަނޑަށް ނުޖެހޭނެ ގޮތުން ގައުމުގެ ކަންކަން އިންތިޒާމްކުރެވޭވަރުގެ ގާބިލްމީހެއް. މިއީ ރައީސް ސޯލިހަށް ދެންނެވި ބަދުބަހެއްނޫން. އެކަމަކު ވެރިކަން ކުރަން ރާއްޖެއޮންނާނީވެސް މިގައުމު ސަލާމަތްކުރެވިގެން. ދޮތްތޯ؟

    49
  4. ލައިޓް

    ޤައުމު މިއޮތީ ހަނގުރާމައެއްގެ ތެރޭގައި. އިސްތިއުފާޔަކީ މިފަދަ ނާޒުކު މިދަނޑިވަޅުގައި ޤައުމީބަތޮލުން ހިޔާރު ކުރާ ނެމަގެއްނޫން.

    5
    36
    • Anonymous

      ބަތަލުންނަކީ ގައުމުގެ ޝަރަފާ ގަދަރު ހިފަހައްަޓާމީހުން. ސޯލިހުގެ ފުށުން އެކަން ފެނިފަތިބޭނީ ކަނުބަޔަކަށް. އަބަދާއަބަދު އިންޑިޔަގެ މޮޅުކަމާ އިންޑިޔާގެ މަތިވެރިކަމުގެ ވާހަކަ ދައްކަނީ. ގައުމުގެ މިނިވަންކަމާ ސަޅަމަތަކީ އޭނަދަންނަން އެއްޗެއްނޫން. ސޯލިހު ވެރިކމުން ދުރުވާންޖެހެ ނުވަތަ ދުރުކުރަންޖެހެ.

      46
  5. ޖިންނި

    ބަލަގަ އެ ފޭކް ވައުދުތަކާއި މެނިފެސްޓޯ ހެދުމުގަ ބައިވެރވި ފޭކް އެކެއް ތި ޖާބިރަކީ ވެސް ފަތަށް ނުކަތާވަރަށް ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލި ބޭރު ޤައުމުތަކުގެ ފައިސާއާއި އެކީ ގަ ވެރިކަމަށް އައީ ދެން މާރިދަ ހޭރޭހެން ހޭރޭނެ ކަމެއް ނެތް

    37
  6. ރިޒްނާ

    ޖާބެ އައް ތާއީދު ކުރަނީ މިހެންވެ، މޫނަކައް ކަނދުރާއަކައް ނުބަލާ ބުނަން ބޭނުން އެތި ބުނެލާނެ.. އެއީ ނަސީދަސް ސޯލިހަސް ދިޔާނަާއަކަަަސް... ސާބަހޭ ޖާބެ.. ??????

    45
    2
  7. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އިބޫ މިކުޅޭ, ކުޅިގަނޑަކީ އެމެރިކާ މީހުން ބުނާ ގޮތަށް ނަމަ، "މައި އެނިމީ އިސް ޔޯރ ބެސްޓްފްރެންޑް" އެވެ. މީގެ މާނައަކީ މަގޭ ދުޝްމަން މީހާ އަކީ ކަލޭގެ އެންމެބޮޑު ރަޙްމަތް ތެރިޔާއެވެ. މިއީ ޤައުމަށް ވަރަށް ނުރައްކާތެރި އިބޫ ގެ އުކުޅެއް. މައުމޫން އަކީ އައްނި ޖަލަށްލައި، އެންގަލަށްނަގައި، އަނދަގޮނޑިޖަހައި، އައްނި ގެ މައިބަދައަށް އަނިޔާ ދިންދިނީނުން ހަމައަށް ކޮށްޅަށް ނުހުރެވޭވަރު ކުރި މީހާއެވެ. ނަމަވެސް އިބޫ ގެ "ބެސްޓްފްރެންޑް" އެވެ! މައުމޫނު އާއި މިއޮންނަ އާދަޔާއި ޙިލާފް އިބޫގެ ގާތްއެކުވެރިކަމަކީ އިބޫ ކޮށްގެންވާނޭ ކަމެއް ނޫން. ހައްދަވައިގެން މަސައްކަތެއް ކުރަންނެތް މިނިސްޓްރީ އެއް، "ޓެއިލަރ މޭޑް" ކޮށްހަދައި މައުމޫންގެ ދަރިފުޅު، ޔުމްނާ އަށް ރައްޔިތުންގެ ޖީބުން ބޮޑު ސިންގާހަ މުސާރަ އެއްދެނީ ކޮން ހައިސިއްޔަތަކުންުހެއްޔެވެ؟ އަތްއުރާލައިގެން ޔުމްނާ އޮފީހުގައިހުރެފައި، ގެއަށް އައްނާތީ ހެއްޔެވެ؟ ދިވެހި ސަރުކާރަކީ މައުމޫނުގެ ތަރިކަ މުދާ ތަ، ދަރިންނަށާއި މައުމޫނުގެ ބައްޕަ، އަބްދުލް ޤައްޔޫމްސީދީއަށް މުނިކާފަކިޔާހާ މީހަކަށް ބަހަން؟ މިވަޤުތު ޤައުމުގެ މައްސަލަހަތަށް އެންމެ ފައިދާ ބޮޑުވާނީ ކޯލިޝަން ގައި ސޮއި ނުކުރާ މީހެއް ކަމަށްވައި މައުމޫންގެ ދަރި، ޔުމްނާ އާއި މައުމޫނުގެ ބައްޕަ ޢަބްދުއްލް ޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ، ޒަހާ ވެސް މިނިސްޓަރުކަމުން ވަކިކުރުން. އެއީ މައުމޫން އަށް ޤާނޫނީ ގޮތުން ދޭންނުވާ ޙައްޤެއް (ކޯލިޝަންގައި ސޮއި ނެތީމާ) ދިނުމަކީ ޤާނޫނީ ކުށަކަށްވާތީ. މި ބާރު މައުމޫނަށް ދިނުމުގެ ސަބަބުން ޤައުމު ސުންނާފަތި-ކޮށް، ބަޢާވާތް ހިންގުމަށް މައުމޫނަށް ފުރުސަތު ލިބިގެންާދާތީ. ބާޢީ ވަޙީދު އާއި އޭރު މައުމޫނާއި، އޮތް ގާތްގުޅުން އިބޫ އާއި މައުމޫނު ގެ ކިބައިން އޭރުވެސް، މިހާރުވެސް ފެނިގެން މިދާދިޔުމަކީ ބަޢާވާތެއްގެ ފެށުން. ހީއަށްވެސް ގެންނަން ނުވާވަރުގެ ކަންތައް މައުމޫނު ކުރާނެ. އިބޫ އާއި މައުމޫނުގެ އެކުވެރިކަމަކީ އިބޫ ހިންގާ ވަރަށްބޮޑު "ނުރައްކާތެރި" ޢަމަލެއް.

    20
    9
    • މުބީނު

      ޒަހާ އަކީ މައުމޫނު ގެ ބައްޕަ ޢަބްދުލްޤައްޔޫމް ސީދީ އަށް މުނިކާފަ ކިޔާ މީހެއްވީމާ މަޖްލިހުން ވަކިކުރަން އުޅެނިކޮށް، ބަހައްޓާފައި އެހެރީވެސް އިބޫ ބުނެގެން. ސްޓޭޓް މިނިސްޓަރ ކަން ޔާމިނު އިރުގައި، ޒަހާ ކުރިއިރު ޕާރފޯމަންސް އެއްނުދެއްކޭ. މިހާރުވެސް ޒަހާ ލައްވާ މަސައްކަތް ކުރުވަން ޖެހެނީ އިރުއިރުކޮޅާ މަޖްލިހަށް ޙާޒިރު ކޮށް، ގެރިބަކަރިން ލައްވާ މަސައްކަތް ކުރުވާ ގޮތަށް، "ހަންމުށި އަޅައި" ގެން. މިއީ މަޖްލިސް މެމްބަރުން ކުރަން ޖެހޭނެ ކަމެއް ނޫން.

      6
      1
    • ޝައްފަ

      ޑޮކްޓަރ ރާމީ އަށްތާޢީދު. ޤައުމުގެ ހުރިހާނުބައެއްގެއަޑީގައި މައުމޫން.

      6
      1
    • ފަހީމާ

      އިބޫގެބޮލަށްޗިޕުޖަހާފަ އަދި މައުމޫނުގެ 15ނުފުރޭކާފަދަރިންނަށް ވެސް މިނިސްޓަރުކަން ބަހާނެ.

    • ޑރ. ރާމީ ހަސަން މަނިކު

      ޔުމްނާ އުޅުނީ އޭނަ ގެ ބައްޕަ ޖަލުން ސަލާމަތް ކުރަން. ނުޖެހޭނެ މިނިސްޓްރުކަން ދޭކަށް. މިސަރުކާރު ގެންނަން ޔުމްނާ މާބޮޑު ކަނެއް ނުކުރޭ. މައުމޫނުގެ ބާރު ގަދަ ވަނީ.

  8. ޖަބީރު ފޭން

    ސާބަހޭ ޖާބެ

    26
    2
  9. ރާކަނި

    ހުސްްފުޅި ހިފައިގެން މަގުމައްޗަށް ނިކުތީމަ މަގުމަތީގައި އޮންނާނީ ހުސް ފުޅި ތޮށި ނޫންތޯ؟

    18
    1
  10. އަލީ

    ރައީސް ސޯލިހު އިސްތިއުފާ ދެއްވާ މޯދީއާ ގައުމު ޙަވާލު ކޮއަލާ.....

    22
    6
  11. Anonymous

    އިބޫ ހުރުމެކޭ މޯދީ ހުރުމެކޭ ތަފާތެއްނެތް. ބްރިޖު ހަދަނީ 3 ބިލިއަން ބީޖޭޕީ އަށް ދޭގޮތަށް.

    13
  12. ލަޓޯ---

    ޖާބިރު ހަމަ ހޭ ގައި ހުރެ ބުނި އެއްޗެއްބާ؟

    4
    2
  13. ސުލައިމާން

    ރަށްޔިތުން ކުރީ ފޮނި އުންމީދެއްނޫން.. އެއްވެސް ތަސައްވުރެއް ނެތް ގާބިލްކަމެއް ނެތް ބަޔަޔަކު ދެއްކި ބުހުތާނު ކުލަވަރުހުރި ހިތިކަން ގަދަ އުންމީދު ތަކަކަށް. ކަނޑައެޅިގެން ގައުމު ފަނާކޮށްފައި ހުރި މީހަކުގެންނަން ޖެހި ދަންމަޅި ކަރަށް މެހި ބާރުވެގެންމިދަނީ..

    10
  14. ކެޔޮޅު

    ނޫނޭ ތިވާހަކަ ރަނގަޅެއްނޫން ސޯލިހަކީ ވަރައް ނާގާބިލު ތަޖުރިބާކުޑަކޮއްވެސް ނެތް މައުލޫމާތުގެ ކަންފުޅެއްވެސް ނެތް ތާކުހުރކ ގަމާރެއް އެވަރުގެ ކަންކަން ކުރީ ޤައުމުގެ ބޮޑުންގެ ބަޔަކު އަމިއްލައެދުން ބޮލައް އަރައކގެން އޭގެ ނަތީޖާ މިދެކެނީ ދިވެހި ލޮބުވެތި ރަތްއަތުން މިކަން ކުރިމީހުން ރައްޔިތުންގެ ކިބައިން މައާފައް އެދިފާ މިކަމުން ސަލާމަތްވާން މަސައްކަތްކުރަންޖެހޭނެ!!

    14
  15. ސީލާވަތީ

    ގަދަ ބޭފުޅާ. ޥަރަށް އިބްރަތްތެރި ވާހަކަޔެއް. ޙަމަ 100

    12
  16. އަރީ

    ޔާމީނަށް ވަގަށް ގޮވާފައި. ޒީރޯ ޓޮލަރެންސް އޭ ބުނި މީހާ ފެއިލް. އަނގަޔަކުން ވެރިކަން ނުކުރެވޭނެ. މާސޯލިހުވުމުގެ ނަތީޖާ ވަރަށް ތާހިރެއްނޫން. ހުރިހާ މިނިސްޓަރުން ސޯލިހިކައިން ކުރީ ވައްކަން.

  17. ޛަހާމުގުރު

    މާތްﷲ ޖާބިރަށް ހެޔޮބުއްދި ދެއްވިކަމަށްޓަކައި އުފާކޮށް ޝުކުރުކުރަން. ޖާބިރުގެ ވިޔަފާރީގައި ބަރަކާތްލައްވައި ކުރިއެރުން މިންވަރުކުރައްވާށި. އާމީން.

  18. ދޮންފަނު ޙަސަނު

    މިރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި މަޖްލީސް މެމްބަރުންގެ ހަމަޔާއި ފޮނިބައިސާ ތަކާއި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ދިއްކުރާ އިނގިލީން ފެންނަނީ މުޅިންވެސް އާދަޔާއި ޚިލާފު މާނައެއް. ކުރުގޮތަކަށް ބުނެލަން ޖެހެނީ މިބޭކަލުންގެ މިސާލަކީ ގެރިއައިނުގެ މިސާލު. އެއްބޭފުޅަކުވެސް ނެތް ތިމާގެ އަމިއްލަ ފޫކޮޅުގައި ހުރި ގުޔެއްނުފެނޭ. ބޯހަލާކު. ރައްޔިތުންނަށް ވެރިކަމެއްކޮށްދޭކަށް އައިސަރުކާރެއްވެސްނެތް. މުއައްސަސާއެއްވެސް ނެތް. ހަމައެކަނި ޤައުމުގެ އިސްތިޤްލާލު އިންޑިޔާވިއްކައި އަޅުވެތިވުން ނޫންކަމެއް ނުކުރެވުނު. ރާއްޖެއަށް ވަންނަމުން އައިފައިސާ މަޑުޖެހި ތަރަވެއްޖެ. އެޖެންޑާ 19 އެއްނުފެނުނު. މިހާރުކިޔާނެ އެއްޗެއް ނެތިގެން އިސްތިއުފާދެއްވާފަ އިންސާފުވެރި އިންތިޚާބަކަށް ދާންވީ. އިންސާފުވެރިއިންތިޚާބެއް ނާންނާނެ. ވާނެކަމެއްނޫން. ވޯޓުން ވައްކަންކޮށްގެން އަންނަ ސަރުކާރެއް އަންނާނީ. ކުޅެނީ އެއްކުޅިވަރެއް 2008 އިންފެށިގެން. އެހެންނަމަވެސް ރައީސް ޔާމީނު ޤައުމުދައްކައިފި ތަރައްޤީ ކުރެވިދާނެކަން. މިހާރުއޮތްސަރުކާރު އެޖެންޑާ 19 އިން މަގުމަތިވެސް ސާފުނުކުރެވޭ. ދެންމިހާރުކިޔާނީ ކޮވިޑް 19އަށް ކުރިމަތިވެ ދަތިވީއޭ. ތުއްތުބޭފުޅުންނަށް ވުރެންމިމީހުން ޙާލުދެރަ. އަތްމަތީގައި މިއޮތީ ޤައުމުގެ ހުރިހާމުއައްސަސާ ތަކެއް. ޕްލޭނަކީ ހަމައެންމެ ކަމެއް. ރާއީސް ޔާމީން އާއި އޭނާގެ ކެބިނެޓްގައި ހިމެނި މަސައްކަތްކުރެއްވީ ބޭކަލުން ފައިބިންދާލުން. މިއީ ސަރުކާރުގެވެސް ނަޝީދުގެވެސް ޕްލޭން. ބަރުލަމާނީ ނިޡާމެއް ނުގެނެވިގެން ސަރުކާރަށް ދުއްޕާންކުރުން ރައްޔިތުންގެ މަޖްލީހުގައިއޮތީ. ދެންނެތް މިމީހުންނަށް ކުރެވޭނެ ކަމެއް. ޓޫރިސްޓުންނަށް އާދެވޭ ފެންވަރަށް އެއަރޕޯރޓުގެ އެކިކޮންޕޯނެންޓު ތަކުގައި ސޭފް ނިޡާމެއްވެސް ޤާއިމްނުކުރެވުނު. ދެންކޮންކަމެއްވާނީ. ކޮބާ އެއްކަލަ ބުރުމާ ޤާސިމް، ޢަދާލަތެއް އެބައޮތްތޯ. ރައީސް މައުމޫނު ހުންނެވީ ލަދުފުޅުން ގެއިންވެސް ނިކުމެވަޑައިނުގެން. މިއީ ސަރުކާރަށް ވީވަރު.