ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން އަބްދުﷲ އަކީ ރައީސް ޔާމީނާއި ޒާތީ ކަމެއް ގެންގުޅޭ އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ މިހާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއްގެ އަސާސަކީ، އިންސާފުވެރި ތަހުގީގަކާއި އިންސާފުވެރި ޕްރޮސެކިއުޝަނެއް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ މައްސަލައިގައި އިންސާފުވެރި ތަހުގީގަކާއި ޕްރޮސެކިއުޝަނުން އެއްކިބާވެފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، މިއަދު ދިވެހި ދައުލަތުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ބޭފުޅުންނަކީ ރައީސް ޔާމީންގެ ދުޝްމަނުން ކަމަށެވެ. ހާއްސަ ގޮތެއްގައި ޖަމީލް ވަނީ މިނިސްޓަރު އިމްރާންގެ ނަން ހާމަ ކޮށްފައެވެ.

"އިންސާފުވެރި ތަހުގީގެއް ހިންގުމުގެ ޒިންމާ އެމީހެއްގެ ބޮލުގައި އެޅިފައިވާ އަދި އެމީހެއްގެ ކޮނޑުގައި އެ މައްސޫލިއްޔަތު އެޅިފައިވާ ފަރާތަކީ އިއްޒައްތެރި ހޯމް މިނިސްޓަރު ކަމުގައި ވީހިނދު، އަޅުގަނޑަށް ފާހަގަވެގެން މިދަނީ ހޯމް މިނިސްޓަރަކީ ޔާމީނަށް ޒާތީ ގޮތެއް ގެންގުޅުއްވާ އަދި އިތުރުފުޅު ހައްދަވާ އަދި ރައީސް ޔާމީންގެ ތަހުގީގުތަކުގެ ތެރެއަށް ސިޔާސީ ނުފޯޒު ފޯރުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވާކަން" ޖަމީލް ވިދާޅުވިއެވެ.

އެހާ ޒާތީ ސިޔާސީ ބޭފުޅަކު އެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީނަށް އިންސާފުވެރި ތަހުގީގެއް ނުލިބޭނެ ކަން އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އެންމެހާ ބޭފުޅުންނާއި ހުދު ދިވެހި ރައްޔިތުންވެސް ގަބޫލު ކުރައްވާކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވީ، އިންސާފުވެރިކަމާއި އެކީ ތަހުގީގުކޮށް އަދުލުވެރި ނިޒާމެއްގެ ދަށުން އެ މައްސަލަ ބަލައިދޭނަމޭ ކިޔައިގެން ކަމަށާއި އެހެން ނަމަވެސް ފެނިގެން ދަނީ އެކަމުގެ އިދިކޮޅު ކަމަށެވެ. 155 މީހެއްގެ މައްޗަށް 2017 ވަނަ އަހަރު އޭސީސީން ކޮށްފައިވާ ތަހުގީގެއް ފެންނަން އޮތްއިރުވެސް މި ސަރުކާރަށް ދެއަހަރު ވެގެންދާއިރުވެސް ފެނިގެން ދަނީ ހަމަ އެކަނި ދައުވާއަކަށް ފަހު ދައުވާއެއް ރައީސް ޔާމީނަށް ކުރާ މަންޒަރު ކަން ޖަމީލް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމީ

    އިމްރާން އަށް ރައީސް ޔާމީން އައް ތިގޮތައް ހަސަދަވެރިކަމާއެކު ކަންތައް ކޮއްކޮއް ހުރެވޭނީ ތިޔަމިނިސްޓަރުކަމުގަ ހުރިދުވަހަކު މާދަންވެސް ނަގާހޫރާލާނެ އިރާދަކުރެއްވިއްޔާ މާގިނަދުވަހެއްނުވާނެ،، އަހަރުމެންގެ ދުއާ އަކީﷲ އެފަދަ ދުވަހެއްދެއްކެވުން..

    16
  2. ޝާން

    އަހަރެމެން ދިވެހި ރައްޔަތުން ގެ ޓެކްސް ފައިސާ ހަރަދު ކޮށްގެން ޖަލަށްލާފަ ހުރި އެއްވެސް ކުށްވެރިއަކަށް ގަނޑުވަރާއި ސްވިމިންގ ޕޫލް ހަދައިދީގެން ނުވާނެ. މިއީ އިމްރާން އާއި އިބޫ ގެ މައިންބަފައިން ގެ ތަރިކަ މުދަލެއްނޫން.

  3. މަޑިސީލަ

    ބަލަ ކަލެއަކީ ނައިބު ރައިސްކަމުން ދުރުކޮށް ރާއްޖެ އަތުވެއްޖެ ނަމަ ޖަލަށް ލާނެކަން އިއުލާނު ކޮށްފަ ހުރި މީހެއް. މިކަން ކުރީ ޔާމީނު. މިއަދު ކީއްވެ ކަލޭ ޔާމީނު ސަލާމަތްކުރުމުގެ ނަމުގައި މުނާފިގު ވެގެން ތިއުޅެނިީ. ހަމަ ދެވަނަ އެއްޗެއް ނޫން. ހުށަ ހަޅާފަ އޮތް ލާރިގަޑުކަން އެންމެނަށްވެސް އެގޭ. ޔާމީނާއި އެންމެ ބޮޑު ދުޝްމަނަކީ ޖަމީލު ހަމަ ކަލޭ. ކަލޭ ޔާމީނާއި ބެހޭ ގޮތުން ދައްކާފަ ހުރި ވާހަކައިގެ ވީޑިއޯއެއް މިއަށް ލާންވީތަ؟ މާވަރަކަށް ލޯބޮޑު ތިކުރަނީ.

    • މުހައްމަދު ޖަމީލު

      ޙަމައެކަނި ބުނެފަ ވާނީ ތާސްކުޅުއްވާ ވާހަކަ. އެއީ މަޖާޒީ މާނައެއްގަ. ޢެހެން ވާހަކައެއްގެ ވީޑިއޯއެއް ލާބަލަ.
      ޢަޅުގަނޑު ނައިބުރައީސް ކަމުން ވަކިކުރީތީވެ ޢަޅުގަނޑިގެވެސް މަސައްކަތާއެކު މިހާރުގެ ވެރިކަން ފެށުނީ. ޢެކަމަކު މި ވެރިކަން ފެށުނު ހިސާބުން ޔަޤީން ވެއްޖެ ޔާމީނުވަރެއް ނެތްކަން. އަދިވެސް ރައީސްކަމަށް އެންމެ ޤާބިލީ ރައީސް ޔާމީންކަން. ޔާމީނުގެ ގަޓް މާ ރަނގަޅުކަން. އެހެންވެ މި ގޮތަށް މަސައްކަތް ފެށީ.