ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަމަށާއި ރައްޔިތުން ނުކުމެ ސަރުކާރު ބާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވޯޓު ދީގެން އެ ޕާޓީގެ ސަރުކާރެއް ގެނައީ ކަންކަން އިސްލާހު ކުރުމުގެ އުންމީދާ އެކުގައި ކަމަށެވެ.

ނަމަވެސް ވައްކަން ކުރުން އާންމުވެ، މިއަދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަދި އެކަމުގެ ޒިންމާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެހެން ލީޑަރުން ވެސް ނަގަން ޖެހޭނެ ކަމަށާއި ސަރުކާރު ފެއިލްވުމުން އެމްޑީޕީއަށް ދެއްކޭނެ އިތުރު ބަހަނާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

" ކޮރޯނާ ވައިރަސްއޭ ކިޔާފަ އޭގެން އެޑްވާންޓޭޖް ނެގީ. ރައްޔިތުން އެތިބީ ޑިޕްރެސް ވެފައި. ދިވެހި ރައްޔިތުންގެ މިހާ ހާލު ދެރަ ވަގުތެއްގާ މިހާ ދެރަ ކަމެއް ކުރީމާ ސަރުކާރު އިސްތިޢުފާ ދޭން ޖެހޭނެ. ސަރުކާރު ފެއިލްވެއްޖެ. އިބްރާހިމް މުހައްމަދު ސާލިހަށް ރާއްޖެ ހިންގާކަށް ނޭނގުނު. އަންޑަސްޓޭންޑް ވާން ޖެހޭނެ. މިއަދު އަޅުގަނޑު މިތަނުގައި ހުރެގެން ވާހަކަދެއްކީމަ ހިތަށް އަރާފާނެ އަޅުގަނޑު އެ ވެނިކަމެއް މިވެނިކަމެއް ނުވެގެންނޭ މިއުޅެނީ. ނުވަންޏާ އެވާހަކަވެސް ދައްކަންވީ. އެކަމަކު އެއެއް ނޫން މި ދަައްކާ ވާހަކައަކީ." ޖާބިރު ވިދާޅުވިއެވެ.

ސަރުކާރުގެ ފުރިހަމަ ބާރާއި، މަޖިލީހުގެ ފުރިހަމަ އަޢުލަބިއްޔަތު އެމްޑީޕީއަށް ދިނުމުން ވެސް ސަރުކާރު ޖަވާބުދާރީ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ޖާބިރު ވަނީ ސުވާލު އުފައްދަވައިފައެވެ.

ޖާބިރުގެ ވާހަކަތައް ބިނާކުރެއްވީ، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅޭގޮތުން އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އިރު ބޮޑެތި ވައްކަމާއި، ޚީޔާނާތުގެ އަމަލުތައް ހިންގިކަން ހާމަވާތީ އެކަމުގެ މައްޗަށެވެ.

އެ އޮޑިޓް ރިޕޯޓްތަކުން އެނގޭ ގޮތުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތެވެ.

އަދި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެން އޮވެއެވެ.

މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ރިޕޯޓުގައިވެއެވެ.

ހަމައެހެންމެމިދިޔަ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޓުއަރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަން އެ މިނިސްޓްރީގެ އޮޑިޓުން ވަނީ ފަޅާއަރާފައެވެ.

ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހަދަން ބިޑް ކޮމިޓީން މަސައްކަތް ހަވާލު ކުރާނެ ބައެއް ނުނިންމަނީސް، އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމާއި މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ރިޕޯޓުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    ތިޔަދަނީ ހަމަ ރަނގަޅަަަ

    77
    4
    • ލޮލްލް

      ތިޔަ ބުރާންޗަށް ހަމަ ނޭނެނީތަ އެއީ ބަޣާވާތަށް ގޮވުންކަން! އެނޯސިމަހަާ ވަޅޯމަހާ ޖަހާގެން އަނގަ ހޭވޭ ތޯބަލާ!

      5
      52
      • Anonymous

        އެހެންވެ ތިބުރާންތިތަކަށްވެސް އެނގޭތާ ދޯ މީހަކު އިސްތިއުފާ ދިނީމަ އެއީ ބަޣާވާތެއް ނޫންކަން...ހަމަ ހުޅު ޖަހާލާ ހިތްވީ ދޯ. ލޮލް ލޮލް.

        60
        3
  2. މާމީ

    ނުވާނެ ތިކަމެއް އަހަރެމެން މިތިބީ އިންޑިއާސިފައިން ގެނެސް ތިކަމައް ތައްޔާރު ވެގެން .. ޖާރޭ މަހައްދޭ....

    9
    74
    • ސީލާ

      ޢިގެ މާކުރިންވެސް. މުއްސަދި ވާކަށްވެސް. ޥެރިކަން ކުރަން ވެސް ގައު މެއް ނޯންނާނެ. ޖާޔަށްއެވަރުއިގެ. ކަލެޔަށްނޭގުނަސް ަ

  3. Anonymous

    ތިކަން ނޭނގިގެން އަހަރެމެން ނޫޅެމޭ! ކަލޭ ތީ ވެސް ތާކުންތާކު ޖެހޭ މީހެއް ނޫން! އެކަމަކު ކަލެއަށް އޮޅިގެންވެސް ތިބުނެވުނީ ތެދެއް! ލިއޯމެސީމެން ސްޓަފެން ރާޖޫ މެން ހޭބަލިވެގެން އުޅުނަސް އަހަރެމެން ނޫޅެމޭ މޮޔަވެގެނެއް. ޔާމީން ސަރުކާރަށް ވަގަށް ގޮވަން ދެންވެސް އަނގަ ހުޅުވާތި،ކޮބާ ފެނޭތަ ވަގުން

    78
    1
  4. ސަރީފް

    އެހެންނު މިކިއަނީ، މީގެ އަހަރެއް ކުރިން، މީނަމީ ވެރިކަން ކުރަން އެނގޭ މީހެއް ނޫނޭ..

    42
    1
  5. ހަނި

    ތިހުރިހާ ވަކަންޔާ މިނުބޮލުގާއަޅުވާ ؟؟ތިކަން ނުވަަަނީޔާ ނަސީދު ހެދިގޮތަށް އިބޫޫ ކަލޭ ؟ވެސްް އިސްތިއުދޭށެެެވެ

    36
    1
  6. ލުއިސް

    މޑޕ މޮޔަ ސަރުކާރު ވައްޓާލާ ....

    47
    1
  7. ާސަރީ

    މުޒާހަރާ ކުރަންޔާ މަ ދާނަން އެކަކައް، މި މުސީބާތުން އެބަޖެހޭ ސަލާމަތް ވާން

    54
    1
  8. ވަން ޑޮލަރ ޖާބިރު

    ލޮލީ އެދިފައިވާ ގޮތުގެ މަތީން ބާލައިފީމެވެ

    27
    1
  9. އާޒިމު

    މަބުނާ ކަމެއް ކުރަން ކަލޭމެންނަށް ކެރޭނަމަ ކެނެރީގެ ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާށޭ.

    52
    2
  10. ރޮނަލްޑޯ

    ލިއޯ މެސީ މިއީ ކާކުބާއޭ ހިތައްއަރާތާ ދުވަސްކޮޅެއްވެއްޖެ. އެނގޭ މީހަކު ބުނެދީބަލަ. ޢަހަރެން ދަންނަނީ ބާސެލޯނާގެ ލިއޮނަލް މެސީ އެކަނި.

    26
  11. ބާރައްގޮސް ދަވާލާ

    ކޮބާ ވަގުންނައް ހީވާނީ ދެންވެސް ތިބޭނީ ވަގުންނޭ އެހެންވެބުނަނީ ވަގުންގެފޮށި ބާރައް ބަންނާނޭ ދެން ހުރިހާ...........................?????

    27
  12. ރާޖް

    ބުއްޅަބޭ ނަޝީދު ބުނެގެން ދައްކާވާހަކަ، އެހެން މީހަކު ތިކަހަލަ ވާހަކައެއް ދައްކަން ފަށާއިރަށް ބުއްޅަބޭ ހުއްޓުވާލާނެ!

    31
    1
  13. ބަކުރުބާބީ

    ސާބަހޭ ޖާބެ އަހަރުމެންމިތިބީ އެފޭލިގަނޑު ބާލަން ތަށްޔާރަށް ނިކުންނަދުވަސް ބުނެލާތި މިހާރުވެސް އެބަލޭކެކޭ.

    35
    1
  14. އަލީ ހަމީދު

    ޖާބިރު ނޫނީ ނެތް ތިޔަތަނުގައި ހަމަޖެހޭ ވާހަކަ ދައްކާ މީހެއް. ޖާބިރު މީ އެންމެ ބަރާބަރު އެމްޕީ. އެހެން މީހުން ތިބެނީ ވިކިފަ، ޖާބެ އިޒް ދަ މޭން.

  15. ރެފްރީ

    ކޮބާރޭޒަރު ނޫނީ ކުރަފަތް ؟؟

  16. ބަހުރުލްހައްތު

    އެމްޑީޕީގެ އެންމެހާ މަޖިލީހުގެ މެންބަރުން އިސްތިއުފާދީފަ

  17. ލޮލީ

    ކާށިދޫ ކަލެއަށް ނއެއގޭތަ ލާރި ހޯދީ ތިމެންނަ އަތުންނެ ކިޔާ ހޭބަލިވާ އިރު އެއީ ސަރުކާރެއް ވައްޓާލަށް ދިން ލާރި ތަކެއްކަން. އެކަން އެއޮތީ ވެފަ. ދެން ކަލޭ ބޭނުންވި ކަންތަށް ކޮށް ދިނި އަދިވެސް މައުމޫނު އާއި އިބޫ ފަހަތުން ލާރި ލާރި ކިޔަމުން ދުވަން ޖެހޭތަ؟ ޖާބިރު އެއްބަސް އެވަވޭ އެތައްތަނެއްގަ ޔާމިނު ސރުކާރު ވައްތާލަން ބައިވެރިންނަށް ލާރި ދިން ކަމަށް . މީނަ ބަޣާވާތްކުރިކަމަށް މިއެއްބަސްވަނީ ޖަލަށް ލާ އަވަހަށް.

    4
    2
  18. ބުޅާވަތީ

    ބުޅާބުނީ މަނިކްފާން ވާހަކަފުޅަށް. އޭޜިޕޯޓްއޯ. 100 ު ަ

  19. ދާއިރާގެ ރޮޒޭ

    ބުއްޅަ ބޭގެ އެހީތެރި ކަމާއި އެކު ވެސް ނުބޭލޭނެ

  20. މުހައްމަދު

    ޖާބިރުވެސް މީގެޒިމްމާ ނަގަންގެހޭނެ ޖާބިރު ގިނަވަގުތު ހުންނަނީވެސް ކަޓާފަ

  21. ދިޔާލޮލީ

    އޭނައެއްކަމަކު ހަމަޖެހޭ ވާހަކައެއް ބުނެފާނެތާ!