ދިގު މުއްދަތަށް ސްކޫލަށް ނުގޮސް ތިބުމުން ހަވާސާވެފައިވާ ކުދިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާ މިންވަރު ބޮޑު ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިގު މުއްދަތަށް ސްކޫލް ބަންދުކުރުމުން ކުދިންނަށް އެކަމުން ކުރާނެ އަސަރާއި ގުޅޭ ގޮތުން އެމްޑީޕީގެ "ހަބަރު ސިޓީ"ގައި މިނިސްޓަރު ޝާއިއުކޮށްފައިވާ ލިއުމެއްގައި ވިދާޅުވެފައި ވަނީ ދިގު މުއްދަތަކަށް ސްކޫލް ބަންދު ކުރުމުގެ ސަބަބުން އެކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރަމުން އަންނާނީ ހަވާސާވެފައިވާ ދަރިވަރުންނަށާއި، ހިރާސް ބޮޑު ކުދިންނަށް ކަމަށެވެ.

އެ ލިއުމުގައި އެކަމަނާ ވިދާޅުވެފައި ވަނީ ސްކޫލްތައް ދިގު މުއްދަތަކަށް ބަންދުކުރުމާއި ގުޅިގެން ބޭރުގެ ބައެއް ފަރާތްތަކުން އަންނަނީ މިފަދަ ރޯގާތަކާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމުން ކުރާނެ ނޭދެވޭ އަސަރުތައް ހޯދައި މިކަމާއި ގުޅޭ ގޮތުން އެކި ކަހަލަ ދިރާސާތައް ކުރަމުން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރު ދެނެގަތުމަށް އަދި އަވަސް ކަމަށާއި، މީގެ ކުރިން ބައެއް ގައުމުތަކުގައި ހޫނު މޫސުމުގައި ދިގު މުއްދަތަށް ސްކޫލް ބަންދުކުރުމާއި، އެބޯލާ ފަދަ ބަލިތަކާއި ގުޅިގެން ސްކޫލް ބަންދުކުރުމުން ކުދިންނަށް ކޮށްފައިވާ ނޭދެވޭ އަސަރުން ސްކޫލްތައް ދިގު މުއްދަތަށް ބަންދުކުރުމުން ކުދިންނަށް ދިމާވި ކަންކަމަށް ބަލާއިރު، މިފަދައިން ދިގު މުއްދަތަށް ސްކޫލް ބަންދު ކުރުމަކީ އެކުދިންނަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވެފައި ވަނީ އެ ދިރާސާތަކުގެ އަލީގައި ދިގު މުއްދަތުގައި ކުދިންނަށް ކުރާނެ އަސަރު ދެނެގަތުމަށްވެސް ފަސޭހަވާނެ ކަމަށެވެ.

"ދިރާސާވެރިން ބުނާ ގޮތުގައި ދިގު މުއްދަތަކަށް ސްކޫލްތައް ބަންދުކުރުމުން އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ، ހަވާސާވެފައިވާ ދަރިވަރުންނަށާއި، ހިރާސް އެންމެ ބޮޑު ދަރިވަރުންނަށެވެ. ސްކޫލަށް ނުދެވި ގޭގައި ތިބެން ޖެހުމުން މި ދަރިވަރުންނާއި އެހެންކުދިންނާއި ދެމެދު ހުންނަ އިޖްތިމާއީ، އަދި އިގްތިސާދީ ތަފާތުތައް ބޮޑުވެ އެދަރިވަރުންނަށް އިތުރު ނިކަމެތިކަމެއް ކުރިމަތިވެއެވެ" މިނިސްޓަރުގެ ލިއުމުގައި ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ކެވޭ ވަރު މަދުވީ ދޯ

  2. އާރަށުގަ އޮންނަ އެތި

    ރައްޔިތުން ފެލާ އަނިޔާވެރި ސަރުކާރު އިސްތިއުފާ

  3. ޖަޒީރާވަންތަ ކޮރު ބަކަރި

    ނެތްތަ ޕާކިން ސްޓިކާ ގަނޑެއް

  4. Anonymous

    ކޮންމެ ސަރުކާ ރެއްގައިވެސް ހަވާސާ ކުދިންތިބެނީ ހަވާސާގައި ބާރާއި ނުފޫޒްއަދި ފައިސާ ވަނީ ސްކޫލްތަކުގައި ވަކިހިއްޕާ އިންސާނިއްޔަގެމައްޗަށްގަދަވެގަނެފައި މިކަމާދެކޮޅަށްއިންސާފުގާއިމްކުރުމަށް ތެދުވުމުގެގާބިލްކަން ހުންނަނީ މަދު ޓީޗަރެއްގެ އެޓީޗަރުންވެސްޑިގުވެއްޓިދާނެތީ ތިބެނީ ހަނު ގަބޫނުކުރިއަސް މިީ ހަގީގަތް

  5. ޓައްޕުއިބުނި ކަނޑުބަރަވެލި

    ހަވާސާކުރެވި ގަނާ ކުރުމާ ހަނގާކުރުމާ ޓިޗަރުންގެ ހަސަދައިގެ އަމާޒުފަތްގަނޑަކަށްވެފައިވާ އެތައް ކުދިންނެތް މިގައުމުގައި ދިރިއުޅޭ ބެއިންސާފުންއެކުދިންގެ ލޮލުންއަންނަ ކަރުނަ މިލިޔަނުންއަގުކުރިޔަސް އަގުނުދެވޭނެ ލޯތްބާއޯގާތެރިކަމަށްވުރެ ބޮޑު އަގުހުރިހަދިޔާއެއްވެސް ނޯންނާނެ ކަނޑުބަރަވެލީގެ ގާބިލްކަން ހުރި މިންވަރަކުންއެހީވާނަން އެކުދިންގެ އަޑުގެ ގޮތުގައިހިލޭ ސާބަހަށް ބަދަލާކާނުލާ މަސައްކަތް ކޮށްދޭނަން މީކަނޑުބަރަވެލި ލޯތްބާއެކުތިކުދިން ނަށްކުރާވައުދެއް ކަލާފާނުގެ ގޮރޭޑް1ކަށް ކިޔަވައިދިންޓިޗަރަށް ދުވަހަކުވެސް މާފެއްނުކުރާނަން

  6. ކަނޑުބަރަވެލި

    ހަވާސާކުރެވި ގަނާ ކުރުމާ ހަނގާކުރުމާ ޓިޗަރުންގެ ހަސަދައިގެ އަމާޒުފަތްގަނޑަކަށްވެފައިވާ އެތައް ކުދިންނެތް މިގައުމުގައި ދިރިއުޅޭ ބެއިންސާފުންއެކުދިންގެ ލޮލުންއަންނަ ކަރުނަ މިލިޔަނުންއަގުކުރިޔަސް އަގުނުދެވޭނެ ލޯތްބާއޯގާތެރިކަމަށްވުރެ ބޮޑު އަގުހުރިހަދިޔާއެއްވެސް ނޯންނާނެ ކަނޑުބަރަވެލީގެ ގާބިލްކަން ހުރި މިންވަރަކުންއެހީވާނަން އެކުދިންގެ އަޑުގެ ގޮތުގައިހިލޭ ސާބަހަށް ބަދަލާކާނުލާ މަސައްކަތް ކޮށްދޭނަން މީކަނޑުބަރަވެލި ލޯތްބާއެކުތިކުދިން ނަށްކުރާވައުދެއް ކަލާފާނުގެ ގޮރޭޑް1ކަށް ކިޔަވައިދިންޓިޗަރަށް ދުވަހަކުވެސް މާފެއްނުކުރާނަން

  7. ދިދަ ދަނޑި

    ސަރުކާރުން ވައްކަން ކުރާތީ ހަވާސާވެފައި ތިބި ރައްޔިތުންނަށް ވެސް އަސަރުކުރޭ...

  8. މާމީ

    ދެރަވަނީ ނާސްތާދޭން އެގުރިމެންޓު ކުރިމީހުން މައްސަލަ ޖައްސާތީ ކަން އެންމެނައް ވެސް އެގޭ މިހާރު ކަޓު ނުލިބޭތީ. ހުސްވަގުން.

  9. މޫސަ

    ސް ކޫލުތައް ހުޅުވަްިގެން ކަލޭ އޮންނާނީ ގޭގަ. އޮފީހަށް އައިސް އިންނާނީ ފިނި ކޮޓަރީގަ. ނުރައް ކަލުގެ ތެރެއަށް ހުށައެޅިގެންދާނީ މުދައްރިސުންނާއި ދަރިވަރުން.

  10. ހޯހޯ

    ދެން އެހެންވީމަ އެކުދިންގަ އިގަ ސްޓިކާ ޖަހަން ވީތޯ
    މި އޮތީވާ ސަރުކާރެ އް