އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު މަޖިލިހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އެ ބިލް މަޖިލިހަށް ހުށަހަޅުއްވައި ދެއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

ބިލްގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި މިހާރު އޮތް ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު، ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ.

ގަވައިދުގައި އެހެން އޮތުމުގެ ސަބަބުން އެކަމުގެ ނާޖައިޒު ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖު ފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުންދާ ކަމަށް ވެސް އެ ބިލްގައި ފާހަގަކޮށްފައިވެއެވެ.

ގަރާޖުގައި އޮންނަ ޖާގައަށް ވުރެ، ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓްރީކޮށްދީ އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންދާ ކަމަށް ވެސް އެ ބިލްގައިވެއެވެ. އަދި މިކަން ރަނގަޅަށް މޮނިޓަ ކުރެވޭ ކަމަށް ނުފެންނަ ކަމަށް ވެސް ބިލްގައިވެއެވެ.

އެހެންވެ، ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރާޖިސްޓްރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ކަމަށް ނަޝީދުގެ އިސްލާހުގައިވެއެވެ.

ބިލްގައިވާ ގޮތުން ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން ފެށިގެންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޮޑަން

    ހެޔޮނުވާނެ ރޯޑުވާދީ ހެދުން އިޙުތިޔާރީ ކަމަކަށް ހަދާދީބަލަ މީހަމަ ބަޔަކު ނިކަމެތި ރައްޔަތުން އަތުން ލާރިކާން ވެގެން ކޮށްގެން އުޅޭ ކަމެއް ލާރިކޮޅުދޭއިރަށް ފޯމްފުރާލާފަ ދޭނެ ގަރާގު މީހުން ވެހިކަލް ބަލާވެސް ނުލާނެ ހަގީގަތުގަ މިކަންކުރުމުގެ ބޭނުމެއްނެއް ނަމަކަށް ކުރާކަމެއް އަނެއް ކޮޅުން މިނެތިއްޔާ ޕޮލިހުން ޖުރިމަނާ ކޮށްލާނެ ހަމަނިކަމެތި ރައްޔަތުމީހާ ފެލުން ކޮބާތަތިބޭފުޅުންގެ ޚިޔާލަކީ މިކަމުގަ

    25
    4
  2. ާިއލަި

    ތިޔަގޮތައް ތިކަން ނިންމަން އެބަޖެހޭ ގައުމެއް ހަލާކުވުމުގެ އަލާމަަތެއް މުއްސަނދިން ފަގީރުން ފެލާލުން ނުވަތަ މުއްސަދިންނައް އަބަދުވެސް ބޮޑެތިފައިދާ އައް ކަންކަން ދެމެހެއްޓުން. ކޮންމެމީހަކައްވެސް ކާރު ދުއްވެން ޖެހޭނެ

    27
    1
  3. ރައްޔިތުންގެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއަޑުނާހާ މެންބަރުން އިސްތިއުފާ

    ކޮންގަރާޖެއްތަ ރައްޔިތުނަށް ވިވައުދެއް ފުއްދޭތޯ އުޅެބަލަ ރައްޔިތުން ތިމެންބަރުން މަޖިލީހަށް ހޮވީ މަޖިލީހުގައި ތިބެ ގަރާޖަ ކަށް ބަހުސް ކުރަންތަ ރައްޔިތުންނި ކުމެ ތިމެންބަރުންގެ ކަނަފަތަ އަޑުއިވޭވަރަށް ހިފަންވީތަ!

  4. ދޮންއަމާ

    ދެންކުރާނީ ޑިއުޓީ ބޮޑު އޭރުން ހުންނާނީ ތާހިރުވެފަ

  5. ހަމަހޭ

    އަދިކިރިޔާތަ ހަމަހޭވެރިކަން ވަނީ ، ނިކަމެތިމީހަ ނޮޅައި ކައި ހުސްކުރިފަހުން

  6. ސަންގޯރު އަހުމަދު

    * ނަގާ އެއްޗެއް ދައުލަތައް ނަގަންވީ ގަރާޖު ކުޅިގަނޑު ނިމުމަކަށް ގެން ނަން ޖެހޭ ކާރު އޮންނާނީ މަގުމަތީ ކޮންމެ ޖަރީމާ އަކުން ރަަޖިސްތަރީ ކުރިޔަސް
    * އަމިއްލަ ގޭގަ ގަރާޖުހުރެގެން ބެލިގެން ގެނެވޭ އުޅަދުވެސް އެހެން ފަރާތަކަށް ވިއްކާނަމަ ގަރާޖުފީ ދައުލަތައް ދައްކަން ވާނެ

  7. ޢަލީ

    މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން (މާލެއިން ގެދޮރުނެތް ފަރާތްތަކުން) އަމިއްލަ ކާރު ރަޖިސްޓްރީ ކުރުމުގެ ބޭނުމުގައި ކުރަންއުޅޭ ކަމަކާ ހާދަ ވައްތަރެވެ. އޯކޭ މަވެސް ކާރެއް ޕިކަޕެއް ލޮރީއެއް މިފަހަރު ރަޖިސްޓްރީ ކޮށްލާނަން އެނގިދާނެތާ ވާއެއްޗެއް، މިހާރު އަނެއްކާވެސް ހިނގާލަން ޕޭވްމަންޓެއް ނުލިބޭ ކާރު ތަކާއި ޕިކަޕުތައް ޕޭވްމަންޓްގައި ޕާރކްކޮށްފައި ހުންނާތީ،

    7
    2
  8. އަހްމަދުބިންސައީދު

    ގާނޫނުގައި ހުރި ކަންތައްތައް އުވާލަންވީކީނޫން. ގާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަވަހަށް އަޅަންވީ.

  9. ފިނދުމަސްގަނޑު

    ސާބަހޭ ނަޝީދު.. މާލޭބޭފުޅުން ވަރަށް ހޮޑުލަވާނެ... ގަރާޖަށް ރަޖިސްޓަރީ ކުރަނީ..ޕާކުކުރަނީ މަގުމަތީ ވަރަށް މަޖާ ސާބަސް ކޮއިފުޅާ ....ސާބަސް ސާބަސް

  10. ާއައްބެ

    އަސްތާ ތިވާނީ ކޮންމެވެސް މެމްބަރެއްގެ އަރިސް ފަރާތަކުން ކާރެއް ގެންނަން މަޅިއެއް ޖަަހަނީ ކަމައް ތިކަން ނިމޭއިރައް އަލުން އަނބުރާލާނެ ކުރިން އޮއިގޮތައް

  11. ޒާ

    ތިވެސް ރަނގަޚުއިސްލާހެއް. ނަމެއްގައިކުރާ ބޭކާރުކަމެއް އެއީ. ހުރިހާ ވެހިކަލެއް އޮތީ މަގުމަތީ. އިންސާނު؟ ންދިރިއުޅޭނެ ހިުާވަހިކަމެއް ނެތްމިމާލޭގާ ކޮންގަރާޖެއް