ކ. ކާށިދޫ ފަރަށް އެރި ދޯނީ ހުރި ރެޑްބުލް ކޮންޓެއިނަރުތައް ނަގައި، އެ ތަކެތި މާލެ ގެނެސްފިއެވެ.

ހދ. ކުޅުދުއްފުށިން މާލެ ދަތުރު ކުރި "އަލިތަރި" ނަމަކަށް ކިޔާ ދޯނި ކާށިދޫ ފަރަށް އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. އެ ދޯންޏަކީ ތިން ކޮންޓެއިނަރުގެ ރެޑްބުލް ހިފައިގެން ދަތުރު ކުރަމުންދިޔަ ދޯންޏެކެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އޭގައި ހުރީ ޔޫރޯ ސްޓޯރުގެ މުދަލެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ކޮންޓެއިނަރުތައް މިހާރު ވަނީ ނަގައި މާލެ ގެނެސްފައެވެ. މި ކޮންޓެއިނަރުތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މީގެ 2-3 ދުވަސް ކުރިންނެވެ.

އެ ދޯނި ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ދޯންޏަށް އެހީތެރިވުމަށް އިތުރު ދޯންޏަކާއި، ބާޖެއްވެސް އެ ސަރަހައްދަށް ދިޔައެވެ. އެއިރު އެ ސަަރަހައްދުގެ ކަނޑުގަދަވުމުގެ ސަބަބުން، ރާޅު ޖަހައި، އެ ދޯނީގައި ހުރި ތިން ކޮންޓެއިނަރުގެ ތެރެއިން ކޮންޓެއިނަރެއްގެ ދޮރު ހުޅުވިގެން، ގިނަ އަދަދެއްގެ ރެޑްބުލް ކޭސްތަކެއް މޫދަށް ދޫވިއެވެ. އަދި ކާށިދޫގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، މޫދަށް ދޫވި ރެޑްބުލް ކޭސްތައް ވަނީ ހޮވައިފައެވެ.

އެކަން އެ މީހުން ކޮށްފައި ވަނީ ދޯނީގެ ވެރިފަރާތާއި، އަދި މުދަލުގެ ވެރި ފަރާތުގެ ހުއްދައަކާއި ނުލައި ކަމަށް ދޯނީގެ ވެރިފަރާތުން "ވަގުތު"އަށް މައުލޫމާތު ދިނެވެ.

މި ހާދިސާގައި ފަރަށް އެރި ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެ ކޮންޓެއިނަރުގައި ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަތީއްބެ

    ކަނޑު މަތިން ނުވަތަ ގޮޑުދޮށުން އޮޔާ އަންނަ ތަކަތި ހޮވާ އިރު ހުއްދަ ނަގަން ޖެހޭބާ، ކައްޕި ގަޅިކަން، ހަމައިގަ ނެއްކައްޕި ފަރައް ދޯނިއެރީ ކައްޕި ފަރުވާކުޑަކަން، ދެން ކޮން ރެޑުބުލެކޭ ހޮވަނީ ހުއްދަނުހޯދައޭ، ހުއްދަ ނުހޯދަ ދޯނި ފަރައް
    ޖޫރިމަނާ ކޮއްބަލަ ކައްޕި

    3
    2