މާލޭ ސިޓީގެ މޭޔަރުކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ގެންނަން، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ތާޢީދުކުރައްވައިފިއެވެ.

އެކަން ހާމަކުރައްވާ ޖާބިރު "ވަގުތަށް" ވިދާޅުވީ އަލްހާން އަކީ ސިޔާސީ ތަޖުރިބާ ހުރި ގާބިލް މީހެއްކަމަަށެވެ. އަދި ކަންކަން އިސްލާހުކޮށް، ރަނގަޅަށް ކުުރިއަށް ގެންދިއުމަށް އަލްހާން މަސައްކަތް ކުރައްވާނެކަން ޔަޤީންވާކަމަށް ފާހަގަކުރައްވާ ޖާބިރު ވަނީ އަލްހާން އަށް ތައުރީފްކުރައްވާފައެވެ.

އަލްހާން އަށް ތާޢީދުކުރައްވަން ނިންމެވީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

"ވަރަށް ބޮޑަށް ވިސްނާފަ މާލެ ތަރައްޤީކުރުަމަށްޓަކާ ޑީއާރުޕީއިން އަލްހާން އެންޑޯޒްކޮށްފިން. އޭނާއަކީ ވަރަށް ބޮޑަށް ތަހުޒީބު ދެވަނަ ލެވެލް އަށް މާލެ ގެންދެވޭނެ މީހާ. އެއީ ސިޔާސީ ވިސްނުން ހުރި މީހެއް. މާލެ އާއި މާލެސިޓީ ހިންގުމުގަ އެއީ ފެންޓާސްޓިކް ބޭފުޅެއް." އަލްހާން ވިދާޅުވިއެވެ.

ޖާބިރު އަލްހާން އެންޑޯސްކުރައްވާފައި ވާއިރު އިއްޔެ ޑީއާރުޕީއިން ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އާއި އެކު މަސައްކަތް ކުރަން ނިންމަވާފައެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިޒްވެސް މޭޔަރުކަމަށް ވާދަކުރައްވައެވެ.

އަލްހާން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ފަސްކޮށްފައިވާ ކައުންސިލް އިންތިޚާބު އަވަސް ކުރަން އަލްހާން ވަނީ ދާދިފަހުން ގޮވާލައްވާފައެވެ.

މިއަހަރު ބާއްވަން ތައްޔާރުވަމުން ދިޔަ ކައުންސިލް އިންތިޚާބު މުއްދަތެއް ނެތް ގޮތައް މިހާރު ފަސްކޮށްފައި ވަނީ ކޮވިޑް-19 ފެތުރެމުން ދަތީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ނެތިގެންނެވެ. އިންތިޚާބު ބޭއްވެންދެން ކައުންސިލަރުންގެ ދައުރު ދިގު ދަންމާލާފައި ކައުންސިލް އިންތިޚާބު ނިމުމާއި ހަމައަށް އަމަލު ކުރަން ފާސްކޮށްފައިވާ ޤާނޫނުގައި ބަޔާންކުރާގޮތުން ޤާނޫނު ތަސްދީޤުކުރައްވާ ތާރީޚުން ފެށިގެން އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިޚާބު ބާއްވަންޖެހެއެވެ. އެހެންކަމުން އަންނަ އަހަރުގެ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހަސަދު

  މިޖާބިރު އަލްހާން މިފަދަ މީހުން ސިޔާސީ ކަންކަމުން ދުރުވެގެން ނޫނީ ގައުމު ރަނގަޅެއް ނުވާނެ.

  17
  2
  • Anonymous

   ޑރ މުއިއްޒު ބަލިކުރަން ޕީޕީއެމް ބައިބައިކުރަން ޖާބިރު އެކޯލިޝަނަށް އެވަންނަނީ. ހުޝިޔާރު. މިކަހަލަ ހަރާމް ފައިސާގައި ކައިއުޅޭ ނުބައި އިބިލީހުންނާ ދުރުގައިތިބޭ. އަބްދުއްރަހީމުމެންގެ ސިކުނޑިތަކާ ޖާބިރު ކުޅުނަނުދީ.

   17
   1
   • ބީރުމީހާ

    ޢަލްހާން އަކީވެސް ފަންޏެއް ސަރ އަބުދުއްރަހީމް މިމީހުން ކައިރި ނުކުރޭ އަދި ޖާބެ އަކީ އަބަދުވެސް ބެއްލެވުމުގައި ހުންނަ ބޭގުޅެއް

 2. ކާފަބޭ2020

  މިފަހަރު ޖާބެއަށް 0000 ދޭންޖެހެނީ ސޮރީ☹☹☹☹

  14
  1
 3. ކާސިމް

  ފެއިލް ވެފަ ތިބި ބައެއް

  13
  1
 4. ކޫގެ އައްޗޭ

  ބަރާބަރު! ލިބިއްޖެނަމަ ހުރެދާނެތާ އެތާގައި ލޮލީ ވިއްކަން ވެސް ދޯ؟

  7
  2
 5. Anonymous

  މިފެންނަނީ ޖާބިރު ޑްރާމާގެ ފަހަތުގައި ފޮރިވިފައި އޮތް އޮތް މަންޒަރު. ޕޕމ ކޯލިޝަނުގެ ވޯޓު ބައިބައިކޮށްލާ މުއިއްޒު ބަލިކޮށް އަންނިގެ ކޮއްކޮ އަނަސް އަށް މޭޔަރުކަން ހޯދައިދިނުން. ޖާބިރަކީ ބޮޑުމޮހާދީގެން ގަނެފަހުރި އަންނިއާ އިބޫގެ ޕަޕެޓެއް.

  11
 6. ވިސްނާލުމަށް އެދެމޭ

  މީ މިވާވަރަކީ..އިއްޔެ މަޝްވަރާކުރީ ޕޕމއެކު ކުރިޔަށްދިޔުމަށް...ޕޕމގެ ކެންޑިޑޭޓަކު މޭޔަރުކަމަށް ވާދަކުރަނިކޮށް މިއަދު ޖާބިރު އިއުލާނުކުރަނީ ޕޕމއާ އިދިކޮޅު ކެންޑިޑޭޓަށް ތާއިދުކުރަން..ދެން މިވަރުމީހުންނާއެކު ބޭނޭނެ މަހެއް އޮންނާނެތަ...ޕޕމ މިފަހަރު ގޯހެހަދައިފިނަމަ ޕޕމގެ ލީޑަރޝިޕަށް އިތުބާރެނެތް..ޕޕމތެރެއަށް ޖާބިރު ނުވައްދާތި..އޭނަގެ ދެފުއްކެހެރިކަން އެގިތިބެ ރޔާމީނަށް ގެއްލުންލިބޭނެކަން އެގިތިބެ ނުބައެއް ހަދައިފިނަމަ އާއްމު މެމްބަރުން ޕޕމގެ ލީޑަރުންނަ މައާފެނުކުރާނެ..ވިސްނާފަ ގޮތެނިންމާ..

  11
  1
 7. ޖާކަރ

  ޖާބިރާއެވެ. ތިބޭފޅާ ބުނާގޮތުން ބުނާނަމަ، އަލްހާނުހެ ޑީއެންއޭ ޓެސްޓްކުރިއަސް އިހުލާސްތެރިކަމެއް ނުފެންނާނެ. މިއީ ލައްކަވާހަކަ

 8. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

  ޖާބީރު ތާ އިދު ކުރިޔަސް ނުކުރިޔަސް ޕޕ ފިކުރު އޮތީ
  ޑރ.މު އިއި އްޒުގެ ފަހަތުގަ އި ޕޕ ފިކުރަކީ ރަ އީސްޔާމީންގެ ފިކުރު ޕާޓީ ތެރޭގަ އި އަދީބު ފަދަ ދެވަނަ ފަ އްޏަކަށް ޖާގަ އެއ އްނެތް!

 9. އަންނި

  ގޮތް ނިންމާނީ ޖާބިރު ، ޖާބިރު އަށް ދެން މިގައުމު ހަލާކު ކޮއް ނުކެވި ހުރި އެތިކޮޅު ކައި ހުސްކޮއްލެވޭނީ.