ރާއްޖޭގައި ހައްދާ ކަނޑޫދޫ މިރުހަކީ ދިވެހިންގެ މެދުގައި މަގްބޫލު މިރުހެކެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް، ކަނޑޫދޫ މިރުހުގެ ޑިމާންޑް ވަރަށް ބޮޑަށް މައްޗަށްދާއިރު، އޭގެ އަގުވެސް އެހާ މައްޗަށް އުފުލެއެވެ. ކުޅިރަހަޔާއި، އެއް ވަރަަށް އެ މިރުހަކީ ތަފާތު މީރު ރަހައެއް އެކުލެވިގެންވާ މިރުހެެކެވެ.

ސްވިޑަންގެ ދަނޑެއްގައި ހައްދާފައިވާ ކަނޑޫދޫ މިރުސް

މިހާރު މި މިރުސް މި ވަނީ ރާއްޖެއިން ބޭރުގައި ހައްދަން ފަށާފައެވެ. ސްވިޑަންގައި މިރުސް ހައްދާ، އުޅޭ މީހަކަށް، މި މިރުސް ފޯރުކޮށްދީފައި ވަނީ، ސްވިޑަން މީހަކާއި ކައިވެނިކޮށްގެން އުޅޭ ދިވެހި އަންހެނެއްކަމަށްވާ ސޯނިއާ ކެލެންޑާ އެވެ.

"ސެވްޑަންގައި ހުންނާނެ ރައްޓެއްސެއް މާކް ކިޔާ، އޭނާއަކީ ވަރަށް މިރުސް އެއްކުރާ މީހެއް، މިކޮޅުން އަހަރެން އަބަދުވެސް ޗުއްޓީއަށް ދާއިރުގައި ގެންދަން މިރުސް، ކުރިން ފަހަަރު ގެންދިޔައީ އާދައިގެ ގިތެޔޮ މިރުހެއް، އެކަމަކު އޭނާއަކަށް އެއްޗެހި ރަނގަޅުވި ކަމަކަށް ހިއެއް ނުވޭ، މިފަހަރު ފެބްރުއަރީގައި ގެންދިޔައިރު މި ދިޔައީ ކަނޑޫދޫ މިރުސް ކޮޅެއް، ހިފައިގެން". ސޯނިއާ "ވަގުތު"އަށް ބުންޏެވެ.

ސޯނިއާ އެ މިރުސްކޮޅު މާކް އާ ހަވާލު ކުރީ ފެބްރުއަރީ ހަތެއް ހިސާބުގައެވެ. މިހާރު މާކްގެ ދަނޑުގައި ކަނޑޫދޫ މިރުސް އިންދައިގެން މިރުސް ވެސް ވަނީ އަޅާފައެވެ.

ސްވިޑަންގެ ދަނޑެއްގައި ހައްދާފައިވާ ކަނޑޫދޫ މިރުސް

ސޯނިއާ ބުނީ، ކަނޑޫދޫ މިރުސް އޭނާާއަށް ދިނުމުން، އޭނާއަށް ވަރަށް ކަމުދިޔަ ކަމަށެވެ. އެގޮތުން، އޭގެ ވަހާއި ރަަހަވެސް އޭނާއަށް ކަމުދިޔައެވެ.

މިރުސް ގަސް އިންދާ، އޭގެން އެއްޗެހި ހަދާ އުޅޭ މާކްގެ ދަނޑުގައި ހުސްވެެސް ހުންނަނީ އެކި ވައްތަރުގެ މިރުސް ގަން ކަމަށް ސޯނިއާ ފާހަގަކުރިއެވެ. ސޯނިއާވެސް ވަނީ އެ ފާމްއަށް ޒިޔާރަތްކޮށްފައެވެ.

"އިންދައިގެން މިހާރު ފުދޭވަރަކަށް ސްވިޑަންއިންވެސް މީހުން އެބަ ގަނޭ، އޭނާ އަކީ ހައްދައިގެން ވިއްކާ މީހެއް، އޭނާ ހަދާނެ އެކި ވައްތަރުގެ ސޯސް އާއި އެއްޗެހިވެސް، ދެން ޑްރައި ޗިލީސްއާއި އެއްޗެހިވެސް، އެކަހަލަ ބައިވަރު އެއްޗެހި ހަދާނެ، އޭނާގެ ހުންނާނެ އެކަހަލަ ބޮޑު ފާމްއެއް". ސޯނިއާ ބުންޏެވެ.

ސޯނިއާ ބުނީ، ސްވިޑަން އާއި ސްވިޑަންގެ ބޭރުންވެސް މީހުން އެތަނަށް އައިސް މިރުސް ގަންނަ ކަމަށެވެ.

ސްވިޑަންގައި މިރުސް ހައްދާ އުޅޭ މާކް

"މިހާރު ކަނޑުދޫ މިރުސް ގެންދިޔައީމަ އޭނާ ބުނީ، ފުދޭވަރަކަށް އޭތި ހިނގަޔޯ އެބަ". ސޯނިއާ ބުންޏެވެ.

ސޯނިއާ ބުނީ، އެ މީހުންވެސް ބުނަނީ ދުނިޔޭގައި މި ހައްދާ އެހެން ކުޅި މިރުހަށްވުރެ ކަނޑޫދޫ މިރުސް ކަމުދަނީ އެ މިރުހުގެ ރަހަ ރަނގަޅު ކަމުން ކަމަށެވެ.

https://www.facebook.com/1577568472460391/posts/2490727324477830/

"މިސާލަކަށް އެންމެ ކުޅި މިރުސްވެސް އޭގައިވެސް މި ހުންނަނީ ކުޅިކަމެއްނު، އޭގައި އަސްލު ނުހުރޭ ރަހައެއް، އަނެއްހެން ކުޅިމިކޮށްލަނީ، އެ މީހުންނަށްވެސް މި ވާގޮތަކީ މީގެ ރަހަގަނޑު މި މީރުވަނީ ކާ އެއްޗެއްސަށް އެޅީމައާއި އެއްކޮށް". ސޯނިއާ ބުންޏެވެ.

މާކް އަަކީ ސޯނިއާގެ ފިރިމީހާގެ ރަހުމަތްތެރިއެއްކަމަށް، ސޯނިއާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    ކަނޑޫދޫގައި ހައްދާފައި ހުންނަ މިރުހަކީ ކެމިކަލް ބޮނޑިއެއް! ސްވިޑްންގައި ތި ކެމިކަލް ނާޅާ ހެއްދީމާ ތަފާތުވެފައި މީރުވުން އެކަށީގެންވޭ!

    48
    1
  2. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    އާން.. ތީ ކަނޑޫދޫއަށް އެކަނި ލެއްވި މިރުހެއް ވިއްޔަ.. ބަލަ އެހެން ގައުމެއްގެ މުޑުވަކެއް ކަނޑޫދޫގަ ހައްދާ، ކަނޑޫދޫ މިރުސް ލޭބަލްކޮށްގެން އުޅޭއިރު އެވާހަކަވެސް ޖަހާލިނަމަ.. އެމީހުންވެސް ބުނާނެތާ އަހަރެމެންގެ މިރުސް މިހާރު ކަނޑޫދޫގަ ހައްދާވާހަކަ..

    32
  3. މާމިގިލީ މީހާ

    ރާއްޖެއިން މިމިރުސް އެންމެ ފުރަތަމަ ހެއްދީ މާމިގިލީގަ. އެއީ 2000 ވަނަ އަހަރުގަ. މީ ގޯސްޓްޕެޕާ. މާމިގިލިން ދެން ރާއްޖޭގެ އެހެން ރަށްތަކަށް މިމިރުސް ގެންދިޔައީ.

    14
    4
  4. ދިދަ ދަނޑި

    އަޖާއިބުވެއްޖެ.. ކަނޑޫދޫގައި ވެސް މިރުސް ހައްދާނީ ކޮންމެވެސް ތާކުން އެ ހޯދައިގެން.. ދެން އެ ހޯދި ތަނެއްގެ ނަން ނުކިޔާ ކަނޑޫދޫ މިރުސް ކިޔަންވީ ކީއްވެ؟؟ އެހެންވީމަ މިހާރު ކިޔަންވާނީ ސްވިޑަން މިރުސް.. އެ ހެދިފަ ހުރި ރަށެއްގެ ނަމުން ނަން ދޭންވާނީ.. ހީވަނީ ދުނިޔެމަތީގަ މިރުސް ހެދެނީ ކަނޑޫދޫގަ އެކަނިހެން..

    26
    4
  5. ޑ

    ސްވިޑަންމީހަކާ ކައިވެނި ކޮށްގެންއުޅޭ ދިވެހި އަންހެނެއް ކަމަށްވާ ސޯނިއާ ކެލެންޑާއޭ؟ މީ ދިވެހި އަންހެނެއް؟ ނަންވެސް ކެލެންޑާވެފަ. އެހެންވިއްޔާ ތިޔަ ފިރިމީހާ އަކީ ކެލެންޑާ ކިޔާ އިސްލާމެއްބާ.

    31
    5
    • ޝިފާހް

      ރަނގަޅު، ސޯނިޔާ އަކީ ފަޙްރުވެެރި ދިވެއްސެއް. ކައިވެނީގެ ފަހުން ފިރިމީހާގެ ނަން ބޭނުން ކުރުމަކީ މައްސަލައެއް ނޫން!

      3
      16
    • ދީދީގެސީދީ

      ދިވެހި އަންހެންމީހާއާ އިނދެވެންއޮތީ އިސްލާމްވެގެން ކަމަށްވާތީ އެބޭނުމުގައި އިސްލާމްވި. މިގޮތަށް ދިވެހި އަންހެނުންނާ އިންނަން ބޭނުންވާ އެތައް ކާފަރުންނެއް އިސްލާމްވޭ. އެކަމަކު ހަގީގަތަކީ ގިނަމީހުން ނަކީ ހަމަ ކާފަރުންކަން.

      1
      1
  6. އަތިރެގޭ އަހަންމަދަބެއިޔާ

    ދިވެހި އަންހެނެއްކަމަށްވާ ސޯނިއާ ކެލެންޑާ. ދިވެއްސެއް ކަމާއި މެދު ޝައްކު. އެކަމަކު ތި އަންހެނާގެ މައިންބަފައި އިންވެސް ވެހިތާ ހަތްވަނަ ދުވަހު ކިޔާފައި އޮންނާނެ ރަގަޅު މުސްލިމު ދިވެހި ނަމެއް. އެކަމަކު ބޭރުމީހަކާއި އިދެގެން ތިއޮތީ ރަގަޅަށް ބޭރުވެފައި.

    37
    5
    • ޝިފާހް

      About this comment, her real name is Sonia Shiyam, once she got married she can use husband’s last name.. her husband’s muslim name is Nooh Celander

      6
      9
  7. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މި ސަރުކާރުން މިރުސްކޮޅު ވެސް ދިރުވާލަފާނެ. ހުސް ވަގުން

  8. ދަރަނި ދަންތުރަ

    ކަނޑޫދޫ އެކައްޏެއްނޫން ރާއްޖޭގައި ހައްދާ މޭވާޔާ ތަރުކާރީގައި އާދަޔާ ހިލާފަށް ކެމިކަލްހުއްނާނެ ، މާގިނައިން ކެމިކަލްބޭނުންކުރަނީ ރާއްޖޭގައި ކެންސަރ ބަލި ގިނަވަނީވެސް މިސަބަބާހެދިކަމަށް ލަފާކުރެވޭ

  9. ސޮނިޔާ

    މިހާރު ތިމިރުހުގެ ނަމަކީ " ކެލެންޑާ ޗިލީ " ކަމަށް ވަނީ

  10. Anonymous

    މިހާރު މިދެން ކޮންވާހަކައެއް. މިރުސް ހެއްދި ވާހަކައަށް ވުރެ ސޯނިޔާގެ ކަންތައް މި ޚަބަރަކަށްމިވީ.

    5
    3
  11. ރިހާކުރުކުޑޭ

    ބަލަ މިހާރު ސްވިޑްންގަހެއްދީމަ އެވާނީ ސްވިޑްންމިރުހަކަށްނޒުންތަ ؟؟ ކޮސްނުގޮވާތިބޭ !! ކަނޑޫދޫއަށް އެމިރުސްއައީކޮންތާކުންބާ ؟؟ އެރަށަށް އެމިރުސްއޮށްގެނާގައުމެއްގެނަން އެމިރުހަށް ނުކިޔަނީކީއްވެގެންބާ ؟؟ ކޮބާ ޖާބިރު މިކަންއޮޅުންފިލުވަން މަޖިލީހަށްވައްދަލަބަލަ!

  12. ދުންތަރި

    ކަލޯގަޔާ ކެމިކަލް ގަނޑަކަށްވިއަސް ރާއްޖޭގައި އެތަށް ސަތޭކަ އަހަރެއްކުރިން މިރުސް ހެއްދިޔަސް ކަނޑޫދޫ މުޑުވަށް އެހެންރަށްރަށްގަ ހައްދައިގެންވެސް ކަނޑޫދޫގަ ހައްސާ މިރުހުގެ ރަހަ ނުހުންނަކަމަށް އެންމެންވެސް ޤަބޫލްކުރޭ ރާއްޖޭގެ ވަރަށް ގިނަ ހިސާބުގަ ދަނޑުވެރިކަންކުރޭ މިރުސްހައްދާ އެކަމަކު ކަޑޫދޫގަ ހައްދާ މިރުހުގަ ހުންނަ މީރުރަހަ ނުހުންނަކަން އެއީ އެންމެންދަންނަ ބޮޑު ހަޤީޤަތެއް އެންމެ ގަހުން ކަނޑޫދޫގެ ގިތެޔޮމިރުން ދުނިޔޭގެ ނަން ހިނގާ ޤައުމުތަކުންވެސް ބަލައިގަނެ އުފައްދަންފެށީ މީ ކަނޑޫދޫގެ ދަނޑުވެރިންނަށްލިބުނު ބޮޑު ޝަރަފެއް ސުވިޑްން ކަހަލަ ޤައުމަކުން ކަނޑޫދޫ މިރުން މަޝްހޫރުކުރުމަކީ ދިވެހިންވެސް އުފާކުރަންޖެޭނެކަމެއް ބަޔަކަށް ފަހުރަކާ ޝަރަފެއްލިބުމުން އެކަމާއެހެންމީހުން ނަފުރަތުވާންވީކީނޫން އެކަމަށް މަރުހަބާކިޔަންވީ އެއީ ދިވެހިން ފެއްދުމެން ދުނިޔޭގައި މަޝްހޫރުވުމުން

    7
    3
  13. ދަނޑވެރިޔާ

    ސްވިޑްން ނޫނަސް އެހެން ޤާއުމުތަކުގަވެސް ކަނޑޫދޫމިރުސްހައްދައިގެން ބޭނުންކުރޭ ލަންކާ ފަދަ ޤައުމުތަކުގަ ދިރިއުޅޭ ދިވެހިން ކަނޑޫދޫމިރުން ގެންގޮސް މުޑުވަށްކޮށްގެން ގޭގޭ ބެލްކަނީގަ ގޯތިތެރޭގަ ހައްދައިގެން ބޭނުންކުރޭ އެތަންތަނުގަ މިރުސް ލިބެންނުހުންނާތީކީ ނޫން ކަނޑޫދޫދޫ މިރުސްހައްދަނީކީ އެމިރުސް ކުޅިވެފަ ރަހަ ހަމަ މީރުވީމާ ހަޖަމު ނުވިޔަސް ހަޤީޤަތްވާނީ ހަމަ ޙަޤީޤަތަށް

  14. އެކަމަކު

    ތީގެން ތަނަކުން އަހަރެމެން އަންނައިރު ގަހެއްގެ ފަތެއް ބޭރުކުރަނވެސް ހުއްދައެއް ނުލިބޭނެ

  15. ހަސްފަސް

    ދިވެހި މުޑުވަކެއް ހިލޭ ކައްވާލީމާ އެ ދެން މޮޅު ކަމެއްތަ؟