"ނަސް ޑެއިލީ" ނަމުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވީޑިއޯތައް ހަދާތީ މުސްލިމުންގެ ފާޑުކިޔުން އެތައް ފަހަރަކު އަމާޒުވެފައިވާ ނުސައިރު ޔާސީން ނުވަތަ ނަސް އޭނާގެ ލޯބިވެރިޔާ އާއި އެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފިއެވެ.

ނަސް ޗުއްޓީ އަށް ރާއްޖެ އައީ އޭނާގެ ލޯބިވެރިޔާ އެލީން ތަމީރު އާއި އެކުއެވެ. އެލީން ވަނީ ރާއްޖެ އަށް އޭނާ ޗުއްޓީ އަށް އައި ސަބަބާއި ގުޅޭ ގޮތުން ވާހަކަދައްކާފައެވެ. އެލީން ބުނީ އޭނާ ރާއްޖެ އައި އެއް ސަބަބަކީ ދަތުރު ނުކުރެވި ހުންނަތާ ހަތަރު މަސް ފަހުން ރާއްޖެ ހުޅުވާލުމުން ކަމަށެވެ.

ރާއްޖެ އަލުން ހުޅުވާލީ ކޮވިޑް-19 ދެކެ ބިރު ނުގަންނާތީތޯ ސުވާލުކޮށް އެސުވާލަށް ޖަވާބު ދެމުން އެލީން ބުނީ ރާއްޖެ އާއި ދުނިޔޭގެ އެހެން ހުރިހާ ގައުމަކާއި ތަފާތު ކަމަށެވެ. ރާއްޖޭގެ ރަށްތައް އޮންނަނީ ވަކިންކަން ފާހަގަކޮށް އޭނާ ބުނީ އެކަމުގެ ސަބަބުން ރާއްޖޭގައި ބަލި އެއް ރަށުން އަނެއް ރަށަށް ފެތުރުން ކޮންޓްރޯލް ކުރެވޭ ކަމަށެވެ.

ރިސޯޓެއްގައި އުޅެނީ ސަތޭކަވަރަކަށް މީހުން ކަމަށާއި އެހެންކަމުން ކޮވިޑް-19 ކޭސްއެއް ފެނުނު ނަމަވެސް ޓްރޭސް ކުރަން ފަސޭހަ ވެގެން ދާނެ ކަމަށް އެލީން ބުންޏެވެ. އަދި ރިސޯޓްތަކުގެ ގިނަ މުވައްޒަފުން މާޗް މަހުން ފެށިގެން ތިބީ ރަށުން ނުފައިބާ ކަމަށް ވެސް އެލީން ބުންޏެވެ.

ރާއްޖޭގެ ރިސޯޓްތަކަކީ އަގުބޮޑު ރިސޯޓްތަކެއްކަން ފާހަގަކޮށް އެލީން ބުނީ މިހާރު ރާއްޖޭގެ ރިސޯޓްތަކުގެ އަގު ދުވަހަކު ހެޔޮނުވާ ވަރަށް ހެޔޮ ވެފައިވާ ކަމަށެވެ.

2018 ވަނަ އަހަރު ނަސް ރާއްޖެ އައިސް ރާއްޖޭގެ ދީނީ މިނިވަންކަމާއި ގުޅޭ ގޮތުން ފާޑުކިޔައި ވީޑިއޯއެއް ހެދިއެވެ. އަދި ދިވެހިންނަކީ އައިއެސް ޖަމާޢާތުގެ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަތައް ދައްކާފައި ވެއެވެ.

ނަސްއަކީ ފަލަސްތީން މީހެކެވެ. އޭނާ އުފަންވެ، އަދި އުޅެ ބޮޑުވީ މުސްލިމެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ވަނީ އިސްލާމްދީން ދޫކޮށް މުރުތައްދު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ތިކަހަލަ ސައިތާނުންގެ ނިމުން ވަރަށްހިތިވާނެ

    68
    10
  2. ކަންދެއްކުން

    ތިކަހަލަ މުރުތައްދީން ރާއްޖެ އެތެރެވިޔަދީގެންނުވާނެ

    70
    10
  3. ނެކް

    ދެން 2018ގަ ޔާމީނު ވެރިކަމުގަ މީނާ ތިޔަބުނާ ވީޑިއޯއެއް ހެދީމަ ރާއްޖެނާދެވޭ ގޮތަށް ހެއްދެވިނަމަ މިއަދު ނާދެވޭނެދޯ.. ޔާނު ބޭނުންވީ އޭނާ ރާއްޖެއަންނަން..

    17
    53
  4. ކޮރުބެ

    ދެން އަވަހަށް ކަލޭމެން ޖިހާދުވެބަލަ

    23
    18
  5. ކަމަނަ

    މިކަހަލަ ދީނުންބޭރުވެފައިވާ ޖާހިލުން މި ޤައުމަށް އަރުވާނެކަމެއްނެތް

    28
    2
  6. ހޫ

    އެއްވެސް ކަމަކަށް ފޯސްއެއް ނުކުރެވޭނެ އޭނަ ވަނީ އެކަމާ ދެކޮޅަށް ވީޑިއޯ ހަދާފައި.

  7. Anonymous

    ރާއްޖެ ފަދަ “ސައްތައިން ސައްތަ މުސްލިމް” ޤައުމަކަށް ކާފަރު ފަތުރުވެރިން ގެނެސް ރާވިއްކައިގެން ލާރި ހޯދުން އެއީ ވަރަށް ހެޔޮ ދަރުމަ ލިބޭނެ ކަމެއް ؟؟؟؟؟

    9
    2
  8. ޑިސެޕްޝަން

    މިއީ ޔަހޫދީން ސްޕޮންސަރ ކޮއްގެން އުޅޭ ސޮރެއްތޭ

    7
    2
  9. ރާޖަރާނީ

    މީރާވައިގެން ހިންގާ ކަންކަން ރައްޔިތުންނައް ޖެއްސުންކުރަން ބުނާކަހަލަ ތިމަންނަމެންބޭނުން އެއްޗެއްހަދާނަމޭ މީތިމަންނަމެންގެ ބާރުއެބައޮތޭ އެކަނން އެބައެނގޭނޫންތޯ މިކަހަލަ މަސްއަލަތައް ނުބަލާ ސަރިޔަތެއް ނުކޮއް ހިތުހުރިގޮތެއް ހަދަމުޔން އެގެންދަނީ ބަލަ އިންސާނުންގެ ބާރެއް އާރެއްނެއްކަން މުޅިދުނިޔޭން ފެނިގެންނޫންތޯ މިދަނީ އެންމެން މާސްއަޅައިގެން ވާނުވާނޭންގިފައި މާތް ﷲ ގެ އިރާދަފުޅުން އަދި ތިޔަބާރުއޮންނަކަމްއް ދައުވާ ކުރާމީހުން ހަމަބިމައް ތިރިކުރައްވާނެ ހައދާދަވާ ބޮޑުކުރެއްވި ރަސްކަލާކޯ މިއަނިޔާވެރިންގެ ކިބައިން މިގައުމާއި މިގައުމުގެ ނިކަމެތި ރައްޔިތުން ސަލާމަތް ކުރައްވާފާންދޭވް އާމީން ޔާ ﷲ

    5
    2
  10. ފަސް

    ސޯ ވަޓްސް ދަ ޕޮރޮބްލަމް ؟؟

    4
    4
  11. ރިހި ރާންބާގަސް

    މިކަހަލަ އިބިލީހުން މި ރާއްޖެއަށް އެތެރެވެވިގެން ނުވާނެ ! ކަނޑައެޅިގެން އިސްލާމް ދީންފޮހެލަން މަސައްކަތްކުރާ މިކަހަލަ އިބިލީހުން މިރާއްޖެއަށް އެތެރެރެކޮށް މިގޮތަށް އުޅުމުގެ ފުރުސަތު އޮންނަންވީ ކީއްވެ؟

    8
    3