މާފަންނު ކޮޅުގައި ހެދި ރަސްފަންނުގެ ވެލިމަގުގައި ގާ އަތުރައި އާންމުންނަށް އެއްގަމު ދަތުރުފަތުރު ކުރެވޭ ގޮތް ހެދީ ކުރީ ސަރުކާރާ އޮތް ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒް ވިދާޅުވެއްޖެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތޮއްޖެހިފައިވާ މާލޭގައި އާއިލާތަކާއި ކުޑަކުދިންނާއި އިސް ރަށްވެހިންނާއި ރަހްމަތްތެރިން ރައްކާތެރިކަމާއި ހިތްހަމަޖެހުމާ އެކު ނުކުމެލާ ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ހެދިފައި ހުރި އެންމެހައި ތަންތަން ވީރާނާކޮށް ނެތިކޮށްލުމުން ގެއްލުން އެ ދެވެނީ ރައްޔިތުންނަށް ކަމަށެވެ. މުއިއްޒު އެގޮތަށް ޓުވީޓު ކުރީ ވެލިމަގު ކުރިން ހަދާފައި އޮތް ގޮތާއި މިހާރު ގެނައި ބަދަލުތަކުގެ ފޮޓޯއާ އެކުގައެވެ.
މުއިއްޒު "ވަގުތަށް" ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައި ހުރި ކަންކަން މި ސަރުކާރުން ބަދަލު ކުރަނީ މާބޮޑު ޕްލޭނެއް އޮވެގެން ނޫން ކަމަށެވެ. އެއީ މިދިޔަ ސަރުކާރުން ކުރި އެއްވެސް ކަމެއް ފެންނަ ގޮތަށް ނުބަހައްޓަން ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ރަސްފަންނުގެ ވެލިމަގުގައި ގާ އެތުރުމަށް ފަހު ހުޅުވާލީ، ޓްރެފިކަށް ވިސްނާފައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ނިންމުމުގެ ސަބަބުން އެ ސަރަހައްދުގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
Rasfannu velimagu negun: Thohjehifaivaa Male' gai aailaa thakaa kudakudhinnaa, isravvehinnaa, rahmaitherin rakkaatherikamaa hihhamajehumaaeku nukumelaa hiffaseyha vaguthukolheh heydhakollumah hedhifaihuri emmehaa thanthan veeraanakoh, nethikollumun gellun e dhevenee rayyithunah! pic.twitter.com/MJpbfsyW31
— Dr Mohamed Muizzu (@MMuizzu) August 22, 2020
މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން އަޅާފައިވާ ޕާކު ފަދަ ތަންތަން ރަނގަޅަށް ނުބަލަހައްޓައި ވީރާނާ ވާން ދޫކޮށްލުމުން، އެތަންތަނަށް ދާނެ ބަޔަކުވެސް މިހާރު ނުވާ ކަމަށެވެ.
" ތަންތަން ރަނގަޅަށް ސާފުތާހިރުކޮށް ބެލެހެއްޓީމަދެއްތޯ ބަޔަކު ދާނީ. އެއްވެސް ތަނެއް ނުބަލަހައްޓާ. ރަސްފަންނު އެއީ ވަރަށް ގިނަ ރައްޔިތުން ހިތްހަމަޖައްސާލަން ގޮސް އުޅުނު ތަނެއް. ވަރަށް އާއިލާތަކުން ދޭ އެތަނަށް. ރައްކާތެރިތަނެއްގެ ގޮތުގައި އޮންނަނީ. މިހާރުު ބާރު ބާރަށް ދުއްވާ ވެހިކަލްތައް ރަސްފަންނުގަ ކުޑަކުދިން އުޅޭ އިރު ޖެހިގެން މި އޮންނަނީ ބޮޑު މަގެއް. ވަރަށް ބޮޑު ނުރައްކާތެރި ކަމެއް އެއީ. އެތަނުގެ ރައްކާތެރިކަމެއް ނެތް މިހާރަކު،" އޭނާ ވިދާޅުވިއެވެ.
ރަސްފަންނު ތަރައްގީ ކުރި އިރު، ވެލިމަގެއްގެ ގޮތުގައި ހެދި ސަރަހައްދުގައި ގާ އަތުރައި އާންމުންނަށް ހުޅުވާލީ މިދިޔަ ހަފްތާ ތެރޭގައެވެ.
ޔާމީންގެ ސަރުކާރުން މާފަންނު ކޮޅުގައި ރަސްފަންނު ނަމުގައި ތަރައްގީ ކުރި ސަރަހައްދަކީ ރީތި މޫދަކާއި އާއިލާ އާއި ރައްޓެހިން ވަގުތު ހޭދަކޮށްލެވޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. ބީޗު ތަރައްގީކޮށްފައި އޮތް ގޮތުން މާލެ ވަށައިގެން އުޅަނދުތަކަށް ނުދުއްވޭ ގޮތަށް ހަމަޖެއްސީ އެއީ ކުޑަކުދިންނާއި އާއިލާތަކަށް ރައްކާތެރިތަނަކަށް ހެދުމަށްޓަކާ ކަމަށް ކުރީގެ ސަރުކާރުން ވިދާޅުވެއެވެ.
ނަމަވެސް މޯލްޑިވްސް ރޯޑު ޑިވެލޮޕަމްޓް (އާރުޑީސީ) އިން ވަނީ އެ މަގު ހުޅުވާލައި ވެހިކަލްތަކަށް ދުއްވޭ ގޮތަށް ހަދައިފައެވެ.
ރަށެއްގެ މަލަމަތި ރަމްޒުކޮށްދޭގޮތަށް ކުރީގެ ސަރުކާރުން ހެދި ބީޗުގައި ހޮޅުއަށިތަކާއި ޖޯލިފަތި ތަކާއި، ދިގު އަށިތައް ބަހައްޓާފައިވެއެވެ. އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރި އެ ތަނަށް 40 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިއެވެ.
ޥެލިތަށް ވިއްކާލީ ކޮންސްޓްރަކުޝަން ކުރާ ބަޔަކަށް
ތިމަގު ހުޅުވާލުމަކީ ލިބުނު ވަރައްބޮޑުލުޔެއް. ވަގުންވާނީ ވަގުންނައް
ރައީސް މައމޫނުގެ މަސައްކަތްޕުަލުތައް ކަލޭމެން ހެދީ ތިޔަފަދަ ގޮތްތަކެއްނު؟
ރައީސް މަޢުމޫނުގެ ވެރުކަމުގަ ހެދިތަންތަންވެސް ނައްތާލީ އަންނި ވެރިކަމުގަ، ރޔ. ޢެތަންތަން ކުރިޔައްވުރެ ފުރިހަމަކުރި. ސްނާމީ ބިނާ، ޖުމުހޫރީ ބިނާ އެ ހުރީއެ ގޮތުގައި. މީ ފަނާކުރުވަނިވި ވިސްނުމުގެ ބައެއް، ތަރަްްގީ ހަޖަމުނުވާ ބައެއް.
މި ސަރުކާރު ކަންކަން ކުރާ ދޯހަޅި ގޮތްތައް ފެނުމުން ރޭވުމެއްނެތި ފައިސާ ބޮއްކުރާވަރު ފެނެއި މިމީހުން މާލެ ރީތިކޮށް ބާއްވާކަން ބޭނުމެއްނުވެއި ޔާމީނު ސަރުކާރު މާރަނގަޅު
ރަސްފަންނު ހެދުން ރަނގަޅު އެކަމު އެތާ އެމަގު ނެތީމަ ލޯންގް ވެހިކަލްތަށް ދުއްވަން ވަރަށް ބޮޑަށް އުނދަގޫ. މީ ހަމަ ރަނގަޅު ބަދަލެއް
މަ ކިތަންމެ އެމްޑީޕީއާ ނުރުހުނަސް މިކަމަށް ތާއީދުކުރަން... ހިތްފަސޭހަކޮށް ދުއްވަން އޮތް މަގެއް ބަންދުކޮށްފައި ބޭއްވުމުގެ މާނައެއް ނެތް. މެދުޒިޔާރަތް މަގު ހުޅުވާ ލިލީމަގަުގައި ތޮއްޖެހުން ކަނޑުވާލާނެ ކަމަށް އުއްމީދު ކުރަން
ތިކަމުގައި އަހަރެމެން ޕީޕީމީހުންވެސް މުއިއްޒަކަށް ތާއީދެއްނުކުރަން! ޢެމަގު ހުޅުވާފައި އޮތީމަ މާފަސޭހަވެފައި ޓްރެފިކަށް އެތައް ލުޔެއްލިބޭ.
މީ ވަ ރަށް ރަނގަޅު ބަދަލެއް
ތީ ހާދަ ފިޠުނަވެރި މީހެކޭ! އެމަގު ހުޅުވާލުން އެއީ ވަރަށް ބޮޑު ލުޔެކެވެ. ކިތަންމެ ވަރެއް ކުރިޔަސް، އަބަދުވެސް ނިމިދާ ސަރުކާރަކުން ކޮށްފަ ހުންނަ ފައިދާ ހުރިކަމެއް އެގޮތުގައި ހުންނާނެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، 300 އަހަރުވީ ކަޅުވަކަރު މިސްކިތް ރޫޅާލީ ކޮން ޕްލޭނެއް ކޮށްގެން ހެއްޔެވެ؟ ޖުމްހޫރީ ބިނާ ގެންގޮސް މާފަންނު ބިސްބުރަށް ކޮށްޕާފަ އެހެރީ ކޮން ޕްލޭނެއް ކޮށްގެން ހެއްޔެވެ؟
ތި މަގު ހުޅުވި ނަމަވެސް ޓްރެފިކް އެހާ ބޮޑުވެގެން އުޅޭތަނެއް ނުފެނޭ. މީހުން މާ ބޮޑަކަށް ދަތުރު ކުރާތީއެވެސް ނުފެނޭ. އެކަމަކު ހަމަ ޖެއްސުމެއް ތިޔޮތީ ކޮށްލާފައި. ގައިމު އެ ފަސްގަނޑުގައި ކުދިން ދުވެލާ މަޖާކޮށްލާ، ކުޅެލާ ޕާޓީތައް ބާއްވާ، މަގުމަތީ އިވެންޓްތައް ބާއްވާލާ ހަދާތަން ކުރިން ފެނޭ. ކިހާ ހިތްގައިމު. ބޮޑެތި ޕްރޮމޯޝަނަލް އިވެންޓްތައްވެސް ބާއްވާފައި އެބަހުރި. ސްޓޭޖް ޝޯތައްވެސް. އެކަމަކު ތިޔަ މަގު ހުޅުވިއަސް، ނުހުޅުވިއަސް، އެސްޓީއޯ ކޮންޓޭނަރުތައް މިހާރުވެސް މާފަންނު މަދަރުސާ ކައިރިން ލާފައި، ގޮސް ކޮމާޝަލް ހާބަރަށް ދޭ. ދެންފެންނާނީ ތިޔަ ހުޅުވި މަގުގައި ޓްރެފިކް މަދުވީމާ، އެއްކަލަ ލޮރީތަކާއި ޓެކްސީތައް ދެ ފަރާތުގައި ނިންދަވަން ތިބޭތަން.
އެމަގު ބަންދު ކުރުމަކީ މުއިއްޒު ހެދި ގޯހެއް. މަގު ހުޅުވުމުން ވަރަށް ފަސޭހަ ވެއްޖެ.