ކުޑަ ކުއްޖަކަށް ފުރައްސާރަކޮށް ފޭސްބުކްގައި ފޮޓޯ އާންމު ކުރި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިމަހުގެ 11 ވަނަ ދުވަހު މީސް މީޑިއާގައި ކުޑަ ކުއްޖެއްގެ ފޮޓޯ އާންމުކޮށް އަންހެނަކު ވަނީ އެ ކުއްޖާ އާއި ޖަނަވާރެއްގެ ނަމުން މުހާތަބުކޮށް އެ ކުއްޖާއަށް ނިސްބަތްވާނެހެން ހަޑި ހުތުރު ބަސް ބޭނުންކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުންގެ ކަމާ ގުޅުން ހުރި އިދާރާތަކުން އަޅަމުންދާ ކަމަށެވެ. އަދި މި ޕޯސްޓު އިތުރަށް ޝެއާކޮށް ކޮމެންޓު ކުރުމަކީ އެ ކުއްޖާގެ ކަރާމާތަށް ގެއްލުން ލިބޭނެ ކަމެއް ކަމުގައިވާތީ އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ފޭސްބުކް އައިޑީ މިހާރު ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.

މިކަމާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާ ކުރި ޕޯސްޓު ޝެއަކޮށް އަދި އެ ޕޯސްޓަށް ކޮމެންޓުކޮށް އެ އަންހެން މީހާ އަށް ފާޑު ކިޔައިފައެވެ.

އެއަށް ފަހު އޭނާ އަމިއްލައަށް އެ ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓެއްގައި ބުނެފައި ވަނީ، މި ކުއްޖާއާ ހެދި އޭނާ ކައިވެނިކުރަން ބޭނުން ފިރިހެން މީހާ އާ ކައިވެނި ނުކުރެވިގެން އުޅޭ ކަމަށެވެ. އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހަކު ވެސް އެ ޕޯސްޓަށް ވަނީ ކޮމެންޓުކޮށްފައެވެ. އެ ޕޯސްޓަށް ފުރަތަމަ ކޮމެންޓު ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހަކު ވަނީ އެއީ އޭނާގެ ދަރިއެއް ކަމަށް ބުނެފައެވެ.

"އެވަރުގެ ކުޑަ ކުއްޖަކާ ދިމާލަށް ޖަނަވާރަށް ގޮވި މީހަކާއި ރީއްޗަށް ވާހަކަ ދައްކާނީވެސް މޮޔައެއްނު. ކޮންމެ މީހަކަށްވެސް އެވަރު އިހްސާސް ވާނީ އެމީހެއްގެ އެވަރުގެ ދަރިއަކާއި ދިމާލަށް އެހެން ބުނުމުން" އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ މީހަކު އެ އަންހެން މީހާއާ އެއްކޮޅަށް ވާހަކަ ދައްކާ މީހުންނަށް ރައްދުދީ ކޮށްފައިވާ ކޮމެންޓެއްގައި ވަނީ ބުނެފައެވެ.

އެ ޕޯސްޓަށް ކޮމެންޓު ކުރި މީހަކު ވަނީ އެ ކުއްޖާގެ އޮތީ ކޮން ކުށެއްތޯ ސުވާލު އުފައްދާފައެވެ. އަދި ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުނު ކަމުގައި ވިޔަސް އެ ކުށެއް ނެތް ކުއްޖާގެ އަބުރު ގެއްލޭ ގޮތަށް މުހާތަބް ނުކުރުމަށް އެ ޕޯސްޓަށް ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ ނަސޭހަތްތެރި ވެފައެވެ.

ކުޑަކުދިންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ގޮތަށް ތަފާތު އަމަލުތައް ކުރާ މީހުންނާއި، އެކުދިންނަށް އަނިޔާކުރާ މީހުންނާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަނިކު

    އެކަހަލަ އަންހެނުންނާވެސް ކައިވެނިކުރަން ވެގެން މީހުން އުޅޭތީ ޙައިރާންވޭ.. އެކުއްޖާއަށް އަނިޔާވެސް ކޮށްފާނެ ތި އަންހެނާ..

    17
  2. އަހުމަދު

    ކިތައްއަހަރު ކުއްޖެއްތޯ ޖަހާލިނަމަ

  3. ...

    ވެދާނެ ފޭކް އައިޑީ އަކުން އެހެން މީހެއް ބަދުނާމު ކުރަން ކުރާ ކަމެއްކަމަށްވެސް.

    3
    6
  4. ނަބާ

    ދެން ތިޔަ އަންހެން މީހާ އާއި އިންނާނެ މީހަކު ނުވާނެ ! އަމިއްލަ ދަރިޔަށް ވެސް ކޮންމެ ފަދަ ގޮތެއްވެސް ހަދާލަފާނެ!! ޖަލުގެ ކުޑަ ގޮަޅީގައި ބާއްވާ ??

    12
    1