ކ. ގުރައިދޫ ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު ރާސްތާ ދޯނިން ހާލު ދެރަވި މީހާ ނިޔާވެއްޖެ އެވެ.

އެ ދޯންޏަކީ ފ. ބިލެއްދޫން މަހަށް ނުކުތް ދޯންޏެކެވެ.

އެ ދޯނީގައި ހުރި އުމުރުން 50 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު ހަވީރު 16:20 ހާއިރު އެވެ.

އެ މީހާއަށް ދިމާވި ސިއްހީ މައްސަލައަކީ ކާން އިންދާ ނޭވާލާން އުނދަގޫވުންކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާޑުން އެ މީހާއަށް އެހީވުމަށް އެ ސަރަހައްދަަށް ދަތުރު ކުރި ނަމަވެސް، އެމީހާ ކ.ގުރައިދޫ އަށް ގެންގޮސްފައި ވަނީ، ރާސްތާ ދޯނިންނެވެ.

އެހެން ނަމަވެސް އެ މީހާ އެރަށަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    އެއިން ފެންނާނީ ހަމައެކަނި ކަސައުޓީގެ މަންޒަރާއި ގެރިބެ ފައްޅިއަޅާމަންޒަރު.

    9
    5
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އަހަރުމެން ރައީސްގެ ނާގާބިލުކަން.. މެޑިކަލް އެއްވެސް ކަމެއްގަ ފެންވަރެއް ނުހުރޭ

    9
    2
  3. ދެރަ

    މިގޮތަށް ކަންޑު މަތީގައި މަރުވާ މީހުންގެ މައްސަލަ ވަރަށް ބޮޑަށް ތަހުގީގުކުރަން ޖެހޭ
    މިހާރަކަށް އައިސް ކުއްލި މަރުތައް ވަރަށް ގިނަ ދުއްވަފައިދާ ދޯނި ތަކުން މީހުން އެބަ ގެއްލޭ
    ބެލިކަނި ތަކުން ދުވަސްވީ މީހުން ދަންވަރު ވެއްޓި މަރުވޭ ކޮބައިތަ ސޯލި އުފެއްދި މަރު ކޮމިޝަނު މިއީ ވަރަށް ސީރިއަސް ކަންކަން ރަނގަޅަށް ހިނގާ ބިގާވެ ނޫޅެވޭ މީހުން ދަންވަރު ބެލިކަނިން ވެއްޓުން.....

    1
    1
  4. ދަޅަމަތި

    އެމީހާ ވަޅުލީ ކޮވިޑަށް ޓެސްޓްކޮށްފައިތަ؟

    1
    1