އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުވާ ކުރީގެ ރައީސް ނަޝީދު އިންޑިއާގެ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން ގެންދާ ބެންގަލޫގައި ތިބި ދިވެހި އާއިލާތަކާއި ބައްދަލު ކޮއްފިއެވެ.

ދިވެހި އާއިލާތަކުގެ އިތުރުން ބެންގަލޫގައި ތިބި ދިވެހި ކިޔަވާ ކުދިންނާވެސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ.

13 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތަށް ގޮސް އެތަނުން ހިމާޔަތް ހޯދަވައިގެން ހުންނެވި ނަޝީދު ދަނީ ލަންކާގެ އިތުރުން އަވައްޓެރި އިންޑިއާ އަށް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރައްވަމުން ނެވެ.

ނަޝީދު މިފަހަރު އިންޑިއާ އަށް ވަޑައިގެންފައި މިވަނީ އިންޑިއާގެ މަޝްހޫރު ނޫސް "ދަ ހިންދޫ" އިން އިންތިޒާމުކޮށްގެން އިންޑިއާގެ ބެންގަލޫރުގައި ބާއްވާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ މި މަހުގެ ހަވަނަ ދުވަހު، އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން ސަލާމަތް ކުރެއްވުމަށް އިންޑިއާގެ ހާއްސަ މަންދޫބެއް ސިފައިންނާއި އެކު ރާއްޖެ ފޮނުވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ސިޔާސީ ހަލަބޮލިކަން އިތުރު ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެއަމުރަށް މިހާރު ބަދަލު ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ރައީސް ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވަން ބާރުއަޅާ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.

ފުލުހުން ވަނީ މިހާރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އެމަނިކުފާންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލެއްގި ލަކުޑި

    ކުއްވެރިންނަށް ދައުވަތުދީ ހިއްވަރުދޭނީ ކޮންމެވެސް އަމިއްލަ އެދުމެއް އޮތީމަ!

  2. Anonymous

    ވެރިކަމަށް ފެންބޮވައިގެން އުޅުނަސް ތަންފުކެއް ބޮޑުވަރު، މިގައމުގެ ގާނޫނުގަވާގޮތުން މީނައަށް މިފަހަރުގެ އިންތިޚާބުގަ ކުރިމަތި ލެއްވޭކަށްވެސްނެތް، އަދި މައިބަދު ހަލާކުވެފައިވާ ބަލިމީހަކަށް ގައުމެއްގެ ރައީސުކަން ކުރެވޭނެކަމަށް ގަބޫލުނުކުރެވޭ

  3. އަފޫ

    މިހާރު ބެންގަލޫރުގައި އުޅޭ ކިޔަވާކުދިންނަށް އިނގޭނެ ކުއްވެރިންނަކީ ފިލައިގެން އެހެންގައުމު ތަކުގައި އުޅޭ ބައެއްކަން. އެކުދިންވެސް ނަމޫނާ ބަލާނީ ނަޝީދު.

  4. ސަނދުވާ

    އަދަބީގޮތުން އެއްމެ އަޚުލާޤު ރަނގަޅު ބޭފުޅަކީ ނަޝީދު ދެއްތޯ؟ ދިވެހިރާއްޖޭގެ އެއްމެން ޚާއްޞަކޮށް އަންހެނުންގެ ލަދުޙަޔާތް ކަނޑާލާ މަގުމައްޗަށް ނެރެ ކާޅަށް ކާންދިން ޖާހިލަކީ ނަޝީދުކަމާމެދު ތޯތޯއެއްނެތް.

  5. ާބޫސުފުޔާން

    ގަންޖާބޭ ކަލޭފޮނުވި ބަޔަކު މިހާރުކިއަވާކައްތިތާކު ނުތިބޭނެ

  6. ފިރުޓޭ

    މި ބުނީ ސުޕްރީމެން ހަމަ ހަޤީޤަތުގަވެސް ކޮރަޕްޓޭ އެހެން ވީމަ އޭ 14 ޕޮއިންޓުގެ ލިސްޓެއް 2013 ގައި އިލެކްޝަން ކޮމިޝަނަށް އަމަލު ކުރުމަށް މަޖުބޫރު ކުރުވާނީ! އެއީ ސުޕްރީގެ އިހްތިސޯސްްއިން ބޭރު ކަމެއް ކަން ކަނޑައެޅިގެން ޔަޤީނެއްނޫންހޭ! އަނެއްކާ ހަސަނިކު ނޮބެމްބަރު 11، 2013 ގެ ފަހުންވެސް މަޤާމުގަ ދެމި ހުރެވޭނެ ކަމަށް ކަނޑައެޅީވެސް ހަމަ ސުޕްރީ މެނެއް ނޫންހޭ! އެހެންވީމައޭ ސުޕްރީމެން މިއަދު ކުޑަ ގޮޅި އަށް ވަންނަން ޖެހެނީ! އެއީ އޭ ބަލަގަ ރައީސް ނަސީދުވެސް އޭރު ދެއްކި ވާހަކަ އަކީ! މުޅު ޖުޑިޝަރީ ވަނީ ޗަކައިން ކިލަނބުވެފައި ކަމަށް ނޫންހޭ އޭރުވެސް މީހުންތައް ގޮވަމުން ދިޔައީ އަޅެ ފަހެ!

  7. ނުރަބޯ

    ބެންގަލޫރުގައި އަދި އެހެނިހެން ގައުމު ތަކުގައި ވަޒަންވެރިވެގެން އުޅޭ ޢާއިލާތަކަށް ބުނަން އޮތީ ތިޔަ ޢާއިލާތަކަށް ތިޔަހާފަސޭހައިން މާ ބޮޑު ފިކުރެއްނެތި ތިޔަގައުމު ތަކުގައި ތިޔަތިބެވެނީ މި ސަރުކާރުގެ ސިޔާސަތު ރަގަޅުވުމުން ބޭރުފައިސާ ފަސޭހައިން ހެޔޮއަގުގައި ލިބޭތީއެވެ. ކެރަފާ ނަޝީދު ވެރިކަންކުރި 3 އަހަރަކީ އެމެރިކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި މިގައުމުގައި އިންތިހާ އަށް ޑޮލަރު ދަތިވެ 19 ރުފިޔާ އަށް 20 ރުފިޔާއަށްވެސް ޑޮލަރެއް ނުލިބިގެން ދިޔަ ފަގީރު ނިކަމެތި ތިން އަހަރެވެ. އެއިރު މިގައުމަށް ވަންނަ ޑޮލަރުގެ ބޮޑުބައެއް ކަޅު ދަބަހަށް ކަހާލައިގެން އިންޑިއާ އަށް ގެންދަނީ ޖީއެމްއާރުން ނެވެ. އެހެން ވީމާ މިއަދު އަނެއްކާވެސް ނަޝީދު އެ ގެންދަނީ ވެރިކަމަށް ފައި ނަގަމުންކަމަށްވާތީ ތިޔަ ޢާއިލާތަކުން އޭނާއާއިމެދު ސަމާލުވެ އޭނާގެ ކިބައިން ބަރީއަވެ ރައްކާތެރިވެގެން ތިބުމަށް ތިޔަޢާއިލާތަކަށް ގޮވާލަމެވެ.

  8. މަންޖެ

    ދިވެހި ހިތްތަކުގެ ރައީސް