ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ، މާދަމާ ރެއިން ރެއިން ފެށިގެން ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ފާޑު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ މި ނިންމުމަށް އިޝާރާތްކުރައްވަމުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދަ ނިންމުންތަކުގެ ސަބަބުން ހީވަނީ ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭހެން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތައް އެޅުން ނޫން ޙައްލެއް ނެތް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު އުޝާމް އިތުރަށް ވިދާޅުވީ، ވަކި ވަގުތުތަކެއްގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރާ ނިންމުމަކީ، އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވެގެންދާނެ ކަމަށެވެ.

"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅެނީ ރައްޔިތުންނަށް ޖެއްސުންކުރަން ހެންވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށްވާނެކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް." މެމްބަރު އުޝާމް ވިދާޅުވިއެވެ.

އެޗްޕީއޭއިން ނިންމާފައި ވަނީ މާދަމާ ރެއިން ފެށިގެން ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 05:00 އާއި ދެމެދު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށެވެ. ނަމަވެސް ރޭގަނޑު 22:00 އާއި ހަމައަށް ފައިމަގުގައި ބޭރުގައި އުޅުމަށް ހުރަހެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރައްޔިތު

    ތިޔަ އެޗްޕީއޭ އެއް ވެއްޖެ މިހާރު ބަލާ މުސީބާތަކަށް. ކޮން ކޮވިޑެއްތަ؟ ބުހުތާން ދޮގު ފައްސިތައް ގިނައީ. އައިސޮލޭޝަނަށް ގެންދަނީ ޗުއްޓީ ހޭދަ ކޮށްލަން ކަހަލަ. ޢެންމެން ކައިބޮއެ ތާސް ކުޅެ ކުޅިވަރު ކުޅެ މަޖާ ނަގަނީ. ބަލާ މީހެއް ނެތްތާ ދަންނަ މީހަކުވެސް ނޫޅޭ. އެމީހަކު ހަމަ ހިތަކަށް. އެކަމަކު ކޮވިޑު ބަލި މީހުންނޯ..!

    20
    2
  2. ހަނި

    ކޮވިޑް

  3. ހަނިި

    ކޮވިޑް ޖެހެނީ 8 ؟ކާ 10ޛޭޭމެދު ދުުށްވާއެތްހީގާާއުޅޭމީހުންނަށްތޯއެވެ ތިގޮޮތަށްރައިިތުުންނަށް ޖެސުންނުކޮކަންތަތަށްހިންގަންނޭގެނިޔާމިސަރުކާރުއިސްތުފާދީ

  4. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ!

    ލަދުކޮބާ ކަންކަން ހައްލުކކު ރަން ނޭގެއްޏާ އިސްތިއުފާ ދީފަ ގޭގައިތިބެބަލަ ހައްލު އެއްބާ ރުލުން ހަމަޖެޖެހު ގެއްލޭގޮތަށް ކަންތައް
    ކު ރީތިމާމެންނޫންތަ ދެންކޮން ހަމަޖެހުމެއްގެ ވާހަކަ ތިދައްކަނީ ރއްޔިތުންގެ ވޯޓުން ވައްކަން ކޮގެން ވެ ރިކަންކު ރަން އުޅުނަކަށް ނުކު ރެވޭނެކަން މިހާ ރު ފެންނަމުންމިދަނީ ވެ ރިކަން ލިބި މަޖިލީސްލިބި މުޅިދިވެހި ރާއްޖެ ހިތަކަށްލިބުމުން ވެސް މުޅި ރާއްޖެ ބަ ރަހަނާވާވަ ރަށް ވައްކަން ކުރަންވިޔަ ތިޔަދިމާކު ރީ ތިކު ރާވައްކަންތައް ހުއްޓުވިއްޔާ މާތާހި ރެއްނު ތިމާމެނަށްރައީސްޔާމީން ނުހައްގުން ޖަލަށް ލާފައި ރއްޔިތުންގެ އެއްބާ ރުލުން ހޯދަން އުޅުނަކަސް ނުލިބޭނެ ފަސްއަހަ ރުކީއްކު ރަން ފަންސާސް އަހަ ރުވެ ރިކަން ތިބައިގަޑު ކު ރިޔަސް މާﷲ ތިފާޑަށް އުޅޭމީހުނަށް ދުވަހަކުވެސް ކު ރިއެ ރުމެއް ނުދައްކަވާނެ ތިބައިގަނޑަށް ހައްޤުވަނީ ހަމައެކަނި ﷲ ގެކޯފާ! ހަޖެހުމެއްނުލިބުނުވިއްޔަ ތިޔައްވު ރެމާތާހި ރުވާނެ އިސްތިއުފާ ދީފަ ރަށަށްދިޔަސް އަނގައޮތީޔަ ކާޅެއްނުކާނެޔޯ ބުނެއުޅޭ!

  5. އަބްސީ

    ކޮވިޑް އެހާބާރަށް ފެތުރެނީ ރޭގަޑަށް ކޮވިޑްވެސް އުޅެނީ ކާރުގަ އާއި ސައިކަލްގަ. ދެން ކޮވިޑްވެސް އުޅެން ޖެހޭނީ ރޭގަނޑު ފައިމަގުގަ ހިގާފަ، އެހެންވީމަ ފެތުރުން މަޑުވާނެ. ހީހީ ހަލާކު، މިއޮތީ ޖޯކު ސަރުކާރު އައިއްސަ

    10
  6. އަބްދޫ

    މިގައުމުން އެމްޑީޕީ ނައްތާލައިގެން މެނުވީ ގައުމަށް ރަނގަލު ވުމެއް އަންނާނެ ކަމަކަށް ނުބެލެވޭ

  7. ލ.ގަމު

    މަޖިލިސް ގޮޑި ހޯދަން އުޅުނުއި ރު މިވަ ރެއްނެތް ހޮވުނީމަ ހައްޕުޑު!