ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް މަރާމާތު ކުރި މާލޭގެ އިއްޒުއްދީން މަގު މިއަދު އާންމުނަށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިއްޒުއްދީން މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީ އާއި ހަވާލުކޮށްގެން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އެވެ. އާންމުކޮށް ބަރު އުޅަނދު ދުއްވާ އެމަގު މަރާމާތު ކުރުމުގެ މަސައްކަތް ފެށިއިރު މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އިއްޒުންދީން މަގުގައި ތާރު އަޅާފައި ވަނީ މަގު ކުރިއަށް ވުރެ ފުޅާ ވެސް ކޮށްފައެވެ. އިއްޒުއްދީން މަގު މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވުމަކީ ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމެކެވެ.

ކުރިން ތާވަލްކޮށްފައި އޮތްގޮތަށް އެމަސައްކަތް ނުނިމި ލަސްވެގެން ދިޔައީ އެ ސަރަހައްދުގައި ހުރި ބައެއް ޖަންކްޝަންތަކާއި ބައެއް ކަރަންޓް ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށްގެންދާތީ ކަމަށް އެމްޓީސީސީ އިން ކުރިން ބުނެފައިވެއެވެ.

މާލޭގެ މަގުތައް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢެއް މިހާރު ވެސް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދެއެވެ. އަދި މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބުރިޖު ނިމެން ވާއިރަށް ބުރިޖާއި ގުޅޭ މަގުތައް ފުޅާކޮށް މަގުތައް މަރާމާތު ކުރުމުގެ މަޝްރޫޢުއެއް ވެސް ކުރިއަށް އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުފެނެ

    ކޮބާ ޕިންކީން ތަމެންނަށް ފެނޭ ދޯ، ނުފެނޭ. އޯކޭ ގެޓް ދަ ޕޮއިންޓް.

  2. އަޙުމަދު

    މުއިއްޒުއްދީން މަގު ކިޔަންވީނު.

  3. ޑިމޮކްރަޓިސްޓް

    މުއިއްޒޫ ކަލެއަކަށް ނުފެނޭތަ ޔާމީނު ޖަގަހަ ކުރިމަތިން މަޖީދީމަގާ ދޭތެރޭ އިންސާނުންނަށް ބޭނުންނުކުރެވޭވަރަށް ހަލާކުވެފަ އޮތް މަގު..؟؟؟