ރ. މަޑުއްވަރިން މަސްވެރިކަމަށް ނުކުމެ އުޅުނު، އެރަށު ދޯންޏަކުން ހުދަންބަރެއް ހޮވައިފިއެވެ. "ރަހުމަތު" ނަމަކަށް ކިޔާ މި ދޯނިން މި މާވަހަރު ހޮވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އެ ދޯނީގެ ވެރިފަރާތް ކަމަށްވާ އަބްދުﷲ ހަމީދު ބުނީ، ހުދަންބަރެއް ކަމަށް ބެލެވޭ އެތީގައި ގާތްގަނޑަކަށް 2 ކިލޯ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި އޭތި ފެނިފައިވަނީ މަޑުއްވަރިއާއި 19 މޭލު ބޭރުން ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނެފައި ވަނީ ހުދަންބަރެއް ކަމަށްބެލެވޭ އޭތި މިހާރު އޮތީ ބާއްވާފައި ކަމަށާއި އަދި އެއަށް ކުރަންވީ ކަމެއް ނުނިންމާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

“އޭގައި ކޮންމެވެސް ވަރަކަށް ތެޔޮ ކަމެއް ހުރޭ. އުތްގަނޑެއް ހެން އޮންނަނީ. ވަހެއް ވެސް ހުރޭ.” އަބްދުﷲ ވިދާޅުވިއެވެ.

ހުދަންބަރަކީ މާވަހަރުގެ އެންމެ އަގުބޮޑު ބާވަތެވެ.

މީގެ ކުރިންވެސް މަސްވެރިކަމަށް ނިކުމެ އުޅުން އެކި ދޯނިތަކުން މާވަހަރު ހޮވާފައި ވެއެވެ.