ސިނަމާލެ ބްރިޖާއި ގުޅޭ ހަލި މަގު (ހައިވޭ)ގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައި މާލެ އިން ހުޅުމާލެއަށް ދާ ފަޅީގައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ އެއާޕޯޓް ކައިރިންނެވެ. އެ ސަރަހައްދުގައި ތިން ސައިކަލު ވެއްޓިފައި އޮތް މަންޒަރު "ވަގުތު"ގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން އަނިޔާވީ ކިތައް މީހުންނަށްކަން އަދި ސާފެއް ނުވެއެވެ.

އެ ސަރަހައްދަށް މިހާރު އެމްބިއުލާންސްވެސް ވަނީ ގޮސްފައެވެ.

މި އެކްސިޑެންޓްގާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ސިނަމާލެ ބުރިޖު ހުޅުވައި ހަލި މަގުގައި ތާރު އެޅިފަހުން މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޭއަސްދޫނި

    އަށެއް ޖަހަން ވާއިރަށް މާލެއަށް ނޭރިޖެއްޔާ ހިންގާފަ ދާން ޖެހިދާނެތީ ވ ދުވެލި ބާރުކޮށް އެންމެން އުޅެންޖެހެނީ!

    15
  2. ާއަހުމަދު

    ފެނުނީމަ ފޮޓޯއެއްޖަހާލިނަމަ

    16
  3. ވީރަސް

    އެކްސިޑެންޓު ހިނގާފައި ވަނީ ބުރިޖުގެ ސައިކަލު ލޭނުގައި މަޑުކޮށްގެން އިން ސައިކަލެއްގައި ދުއްވާފައި އައި ސައިކަލެއް ޖެހި، އަދި އިތުރު ތިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ ،މިކަމުގައި ކުއްވެރުވަނީ ޙަބަރު ލިޔާކުއްޖާ އާއި ކިޔާމީހާ ކިތައް ފަހަރުތަ ބުނާނީ މަޑުނުކުރާށޭ .އަދި އާމުކައް ސައިކަލް ދުއްވާއިރު ގިނަމީހިން ދުއްވަނީ މަގުގެ ކަނާތް ފަޅިން ކާރު ލޭނު ކައިރިން ދެން ގަވައިދުން ދުއްވާ ފަރާތް މިޖެހެނީ ކާރު ލޭނުން ނުވަތަ ނުގައްދުފަޅިން ކުރި އަރަން އަދި ކޮބާ ކޮފީ މޭޒު ސައިކް