އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

އެއަރ އިންޑިއާގެ ރާއްޖޭގެ ޕެސެންޖަރ ސޭލްސް އެޖެންޓް ވިލާ ޓްރެވަލްސް އިން ބުނީ އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޓްރެވެންޑުރަމުން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކަމަށެވެ.

ވިލާ ޓްރެވަލްސް އިން ބުނީ، އެއާ އިންޑިއާގެ ފްލައިޓްތައް ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު ރާއްޖެއަށް އޮންނާނެ ކަމަށާއި އެއާ އިންޑިއާގެ ދަތުރުތައް ޓްރިވެންޑްރަމަށް ބޭއްވި ނަމަވެސް، އެގައުމުގެ އެހެން ހިސާބުތަކަށް އެއާ އިންޑިއާގެ ކަނެކްޓިން ފްލައިޓްތަކުގައި ދެވޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ކުރިން އެއާ އިންޑިއާއިން ވަނީ، ޓްރިވެންޑްރަމާއި ރާއްޖެއާއި ދެމެދު ކޮންމެ ހަފްތާއަކު ހަތް ފްލައިޓް އަދި ބެންގަލޫރާއި ދެމެދު ހަ ފްލައިޓް ބާއްވާފައެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއި އެ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

އެ ކުންފުނިން ބުނީ، އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށާއި ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  އިންޑިއާޔަކީ ކޮވިޑުފުރީ ގަމަކައް ވީތޯ ނޫނީ އިންޑިއާގެ ހުރިހާކޮވިޑުތައް މިގަުމައް އަރުވާލުމުގެ ނިޔަތުގާ ކުރާކަމެއް ނަމުންސޯލިހު ކަމުންޖާހިލު އިބޫ އިސްތިއުފާ

  18
  1
 2. ރާއްޖެ

  އިންޑިއާގެ ހުރިހާކޮވިޑުތައް މިގަުމައް އަރުވާލުމުގެ ނިޔަތުގާ ކުރާކަމެއް ނަމުންސޯލިހު ކަމުންޖާހިލު އިބޫ އިސްތިއުފާ

  5
  1
 3. ގެރިކުޑޭ

  ކޮވިޑުން ހައްދުފަހަނަޅާފަ އޮތަސް ވެރިކަން ހޯދަދިނީމަ ބުނާގޮތް ހަދަން ޖެހޭނެ!