މާލެ، މަޖީދީމަގު ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި، ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުނީ އޮގަސްޓް 17 ވަނަ ދުވަހުއެވެ. އެރޭ ދަންވަރު ފިހާރަ ފަޅާލައި، އެ ފިހާރައިން ވައްކަން ކުރި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ފިހާރައިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނުގައި، 78240 ރުފިޔާގެ ތަކެތި ވަނީ ހޯދާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ހިމެނޭ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ ތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ،މިހާތަނަށް ކުރި ތަހުގީގުން ފިހާރަ ފަޅާލައި 101720 ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިހާތަނަށްކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    އެސޮރު ޕާޓީ ސޮރަކަށް ނުވީމަ ދޯ ހައްޔަރުކުރީ. ޕާޓީ މީހުން ކިތަންމެ ނުބައިކޮށް އުޅުނަސް އޯކޭ

    9
    2
  2. ހުސެން

    ތިބޭފުޅާގެނަންފުޅު ހާމަ ކުރެވޭކަށް ވެސް ނެތްތޯ؟

  3. ޙ

    ޔޫރޯ އިސްޓޯރު ގެ އޮފީސް ފަޅާލި މީހުން ނުހޯދޭތަ
    ޥޭނެއްގައި އައި ބަޔަކު ފަޅާލީ. ތިޖޫރީ ސާފު ކޮއްލި