ޓޫރިޒަމް ދާއިރާގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތަށް 10 ޕަސެންޓަށްވުރެ މަދު ނޫން އަދަދަކަށް ސާވިސް ޗާޖް ނެގުމަށާއި ހަމަހަމަކޮށް ސާވިސް ޗާޖް ނުބަހާނަމަ ޖޫރިމަނާއެއް ކުރާ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ބިލްގައި ހިމަނަން މަޖިލީހުގެ އިގްސާދީ ކޮމިޓީއާއި އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި ބިލް ދިރާސާކުރި ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުން ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ލާޒިމު ކަމަށް ބިލްގައި ހިމަނާފައިވެއެވެ. އެއްވެސް ތަނެއްގައި ސާވިސް ޗާޖް ބެހުމުގައި މުވައްޒަފުންގެ މެދުގައި ތަފާތު ކުރެވިގެން ނުވާނެ ކަމަށް ބިލްގައިވެއެވެ.

ސާވިޗް ޗާޖްގެ ގޮތުގައި ނެގުން ލާޒިމުކޮށްފައިވާ އަދަދު ނަގަމުންނުދާނަމަ އަދި މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ސާވިސް ޗާޖް ނުބަހާނަމަ، އެއް ލައްކަ ރުފިޔާއަށް ވުރެ ބޮޑު އަދަދުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ލިބޭނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.

ސާވިސް ޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ލިބޭ އާމްދަނީގެ މައުލޫމާތު ކޮންމެ އަހަރަކު ދެ ފަހަރު ލޭބާ ރިލޭޝަންސް އޮތޯރިޓީއަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. މައުލޫމާތު ފޯރުކޮށްނުދޭނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ.

މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތުން ހިދުމަތާ މެދު ހިތްހަމަނުޖެހޭނަމަ ސާވިސް ޗާޖް ނުދިނުމުގެ ހައްގު ހިދުމަތް ހޯދާ ފަރާތަށް ލިބިވެގެންވާ ކަމަށް ބިލް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައިވެއެވެ. އެއީ މީގެ ކުރިން ވަޒީފާގެ ގާނޫނުގައި ހިދުމަތް ހޯދާ ފަރާތަށް ދީފައި ނުވާ ހައްގެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. علي وحيد

    މިހާލަތުގައިވެސް ޓޫރިޒަމް ދާއިރާގަ މަސައްކަތް ކުރާ ފަރާތްތަކަށް އަދިވެސް ކުރަނީ މަލާމާތް ކޮންތާކުއޮތް ޓޫރިޒަމެއްތޯ ކޮންތާކު ބަހަންއޮތް ސޭވިސްޖާޖެއްތޯ ފުރަށްސާރަ ނުކޮށް ވަޒީފާ ގެއްލުނުފަރާތްތަކަށް ޚާއްސަކޮށް ޓޫރިޒަމް ދާއިރާއިން ވަޒީފާގެއްލުނުފަރާތްތަކަށް ކާބޯތަކެތީގެ ތެރެއިން އަސާސީޚިދުމަތައްވާ. މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން

    14
    1
  2. ކެޔޮޅު

    ބޮލާމާކަނާ ފޮށާ އަޅައިގެން ބޮނދާ ސަރުކާރު ގުނބޯނަހަށްދަބަލަ.

    1
    1