‎ނ. މާފަރުގައި ތަރައްޤީކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޯޑާ ކޮންޓްރޯލް ނިޒާމް ގާއިމްކޮށްފިއެވެ.

މި މަސައްކަތްތައް އެއްކޮށް ނިންމާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގައެވެ.

‎ބޯޑާ ކޮންޓްރޯލް ނިޒާމް މާފަރުގައި ޤާއިމުކުރެވުމާއިއެކު ބައިނަލްއަޤުވާމީ ފެންވަރުގައި ހުރިހާ ވައިގެ ބަނދަރުތަކުގައި އަދި ކަނޑުގެ ބަނދަރުތަކުގައި މި ޙިދުމަތް ފުރިހަމައަށް ލިބެން ހުންނާނެއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ވެރިކަމުގައި ހަރުދަނާކޮށް ނިމިފައިވާ ބޯޑާ ކޮންޓްރޯލް ނިޒާމަކީ އެންމެ ފަހުގެ ތަރައްޤީ އާއި އެކުގައި މަސައްކަތްކުރާ ނިޒާމެއްކަން ފާހަގަ ކޮށްލެވެއެވެ.

މި ނިޒާމް ޤާއިމުކުރުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން މާފަރަށް ދަތުރުކުރެވޭނެ ގޮތް ވުމަކީ ޤައުމުގެ މިވަގުތު ހާލަތަށް ބަލާއިރު ލިބޭނެ އެންމެ ބޮޑު އެއް ފަސޭހަކަމެވެ.

މި ހަރުކުރެވުނު އާލާތްތައް ބޭނުންކުރަމުންދާއިރު އިތުރު މަސައްކަތްތަކަށް އެން.ސީ.އައި.ޓީގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަން ދެމުން ދާނީ ޓެކްނޮލޮޖީ މިނިސްޓްރީންނެވެ.