މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއެކު، ބަލި މީހުން ބައިތިއްބައިގެން ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެ މަސައްކަތުގައި އުޅެމުން ދަނީ އެސްޓީއޯއިންނެވެ.

އެސްޓީއޯއިން މިއަދު ބުނީ، އެ ކުންފުނިން، ތާޖުއްދީން ސްކޫލްގައި 19 އެނދުގެ ސެޓްއަޕެއް ތައްޔާރު ކުރަމުންދާ ކަމަށެވެ. އަދި މިއީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުން ބައެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ބަލި މީހުން އެޑްމިޓްކުރުމަށް ސްކޫލްތަކާއި އަމިއްލަ ހޮސްޕިޓަލްތައް ބޭނުންކުރަން ފަށަން ޖެހޭނެކަމުގެ ބިރު އެބައޮތްކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެޗްއީއޯސީ އަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން 2,670 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 173 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ތިވެސް ހެޔޮނިޔަތެއް އޮވެގެން ކުރާކަމެއް ނަމަ ސިޔާސީ ކުލައެއް ނުޖަސްސާނެ ކަންޔަގީން

    16
    4
  2. Anonymous

    މާލޭ ތިބި ނިކަމެތިން ތައްޔާރުވޭ!

    16
    1
  3. މުޤްނީ އަހުމަދު

    ހަމަބަލަބަލާ ތިއްބާ މިހާލަތަށް މިޤައުމު ވައްޓާލީ މި ނާޤާބިލް ސަރުކާރުން އަވަސް އަރުވާލާފައި ޤައުމު ނުހުޅުވިގެން ކަންކަން މެނޭޖް ނުކުރެވިގެން ކުރަން ނޭގިހެން ގޮސް މިހިސާބަށް މިދިޔައީ މިވަރުން ދަންޔާ ގަލޮޅުދަނޑު ގައިވެސް ފެސިލިޓީސް ހަދްންޖެހޭނެ.މުޅި އިކޮންމީ ހަލާކްވާއިރުވެސް ފޮޓްސެލް ދަނޑްތަށް ނެހެދިގެން އުޅޭ ސަރުކާރެއްމިއީ ވަރަށް ސަލާމް

    26
    3
  4. ދިދަ ދަނޑި

    ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ.... ދުވަހުން ދުވަހަށް ހާލަތު ގޯސްވަމުން ދާތަން ނުފެންނަނީބާ؟؟؟ ދެން ނެތް އިތުރަށް ވާނެ ގޯހެއް...

    20
    3
  5. އަރީ

    ތީ ބޭކާރުކަންކަން. ދޭ ފަރުވާއަކީ އެދެއްމަތީ 14 ދުވަހު ބޭއްވުން ކަމަށް ވަނީނަމަ އެމީހަކު ދިރިއުޅޭ ގެއެއްގަ އެމީހަކު 14 ދުވަހު އޮތަސް ތިކަން ފުދުނީ. ޑުރާމާ އިތުރަށް ކުޅޭނެ ކަމެއްނެތް. މައުމޫނު މިފަހަރު ސާބިތިކޮއްދޭެ ކޮވިޑަކީ ނުރައްކަލެއް ހުރިއެއްޗެއް ނޫންކަން. ގައިމު އޭނަ ހިމެނޭނެ ހައިރިސްކު މީހުންގެ ތެރޭ. ތިބުނާ ނުރައްކާތެރި އެއްޗެއްނަމަ އޭނައަށް ވަރަށް ވަރުވާނެތާ. އެންމެކުޑަމިނުން ކެއްސާވެސް ނުލާނެކަން މަށައް އިގެނީ.

    9
    19
  6. މިއަދު

    ކޮބާ ޗައިނާއިން އަޅާދިން ސެންޓަރު އިންޑިޔާގެ ހުއްދަނުލިބޭތީ އަދި ބޭނުން ކުރަން ނުފެށެނީދޯ؟ ނޫނީ އަދިވެސް ފައިސާކޮޅެއް ދޭންޖެހޭ ބަޔަކު ނުދެވިތިބީތަ

    28
    2
  7. ގަބޭ

    ކޮބާތަ ފުލޯޓިނގް ހޮސްޕިޓަލް

  8. ގައިދުރު

    ވެރިންނަށް ވީއައިޕީ ދަރުމަވަންތަ ނޫނީ އެހެން އިންތިޒާމެއް؟ ޢާއްމު މީހާ އަށް؟؟ ރަދުންތައް ރަދުންކަން ކުރެއްވި ޒަމާނުގަވެސް މިހެން، 30 ހުގެ ޖުމުހޫރީވެރިކަމުގައިވެސް މިހެން، 3 އަހަރުގެ ޒަމާނީ ވެރިކަމުގައިވެސް މިހެން، 5 އަހަރުގެ ބޮޑު ޖުމުހޫރީ ވެރިކަމުގައިވެސް މިހެން، 21ވަނަ ގަރުނުގެ ގުލްޒާރުގާ ނަޔާމަގޭ ޖުމުހޫރީވެރިކަމުގައިވެސް މިހެން! ﷲ ގެ ރަހްމަތަށް ދުއާކުރަމުން، ބަލި މީހުންނަށް އަވަސް ޝިފާ އަކަށް އެދެން!

  9. ދަރަނި ދަންތުރަ

    އިތުރަށް ވަށްކަމެއްކޮށްލާނެ ފުރުސަތެއްހޯދާލީ ފޭރޭ ސަރުކާރު ވަގުސަރުކާރު ލޫޓުވާ ސަރުކާރު

  10. ޙަސަނާ

    ތިތާވެސް ރީދޫ ގޮޑިއެއްބެހެއްޓުނީމާ ދެންހުރިހާކަމެއްވެސް ތިޔަވީ މުޅިގައުމު ހަލާކުވެނިމިއްޖެ މިވަރުގެ ނުރައްކަލެއްކުރިމަތިވިއިރު 2019 ގަ ލިބުނު ލާރިފެނިފަ ޕާޓީ އެކުޓިވިސްޓުން 7 އަހަރު ކޮއްދިން ހަރަދު ގެ ބަދަލުގެ ގޮތުގަ އެތައްބިލިއަނެއް ބަހާލާ މާލިއްޔަތު ހުސްކޮއްފަ އޮތީ ދެންވެސް ކުރީ އިސްރާފު މަކަރާހީލަތް..

  11. ހަސަނާ

    ކޮބާތަ އިންޑިއާއިން ފޮނުވަންބުނި ފުލޯޓިން ހޮސްޕިޓަލް އާއި ސިއްހީ އެހީތެރިން ފަހަރެއްގާ މޮޑީ އައް ހަދާންނުވަނީކަންނޭގެ ސާހިދޫ ކަލޭތީ ހިބަރުވަދު ދުއްވާ މީހެއްނު އަޅެ ހިބަރުވަދު ގަ މޮޑީ ގެ ފުލޯޓިން ހޮސްޕިޓަލް މިކޮޅައްގެނެސްބަލާ...