އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ކަނޑުމަގުން ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި ސަވައިލަންސް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ދިވެހިރާއްޖޭގެ އީއީޒެޑް ސަރަޙައްދު ބެލެހެއްޓުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ސަވައިލެންސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން މިއަދުގެ ނިޔަލަށެވެ.

މި އޮޕަރޭޝަންގައި އިންޑިއާ ނޭވީގެ މަނަވަރާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްތައް، ވަނީ ހަރަކާތްތެރިވެފައެވެ.

ސަވައިލަންސް އެ އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު