މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރުނެތްކަމަށް ތާއިދު ކުރާ ސިޓީ ކައުންސިލުގެ މެމްބަރުން އެމްޑީޕީން ވަކިކުރާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެއްވައިފި ކަމަށް ޝިފާ އާއި ދެކޮޅު ކައުންސިލަރުން މީޑިއާގައި ވިދާޅުވުމުން ރައީސް ނަޝީދު އެކަން ދޮގުކުރައްވައިފިއެވެ.
ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް، ޝިފާއަށް 10 ދުވަހުގެ މުއްދަތެއް ދިނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެހެންކަމުން ޝިފާގެ މައްޗަށް އިތުބާރު އޮތްތޯ ބަލަން މިއަދު ވޯޓް ނަގާނެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އޮންލަނަށް އަށް ވިދާޅުވީ ކައުންސިލަރުންނާއި ބައްދަލުކޮށް ރައީސް ނަޝީދު ލިޔުމެއް ދެއްކެވި ކަމަށެވެ. "އޭގައި އޮތީ، މޭޔަރާއި ޑެޕިއުޓީ މޭޔަރު ޕާޓީގެ ސްލޮޓެއްގައި ހުއްޓައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެނގޭނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނޭ. ދެން އެ އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ކަނޑައަޅާނެ ފިޔަވަޅުތައް އެ ލިޔުމުގައި ބަޔާންކޮށްފަ ވަނީ،" އޭނާ ވިދާޅުވި އެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީން ވަކިކުރުން ހިމެނޭ ކަމަށާއި އަދި ޕާޓީން ވަކިކޮށްފި ނަމަ އިންތިހާބަށް ލިބިފައިވާ ޕާޓީގެ ޓިކެޓު ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެޚަބަރު ދޮގުކުރައްވާ ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހްމަދު" އިން ކުރި ޓްވީޓެއްގައި ވިދާޅުވީ ޚަބަރުގައި އޮތީ "ހުސް ދޮގު" ކަމަށެވެ. "ހަމަ އެންމެ ތެދެއް ވެސް ނެތީ. މިސާލަކަށް ޖުމްލަ ނިންމާ އެވެ ކަހަލަ އެއްޗެހި ވެސް ހުރީ ދޮގުކޮށް." ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
Hus dhogu. Hama enme thedheh ves neythee. Misaalakah, jumla ninmaa eve kahala ehchethi ves huree dhogu koh.
— MN unofficial (@anedhivehirajje) August 28, 2020
ޝިފާ އަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭކަނބަލެކެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ކުރިއަށް އޮތް ދައުރުގައި އެމްޑީޕީގައި ޕްރައިމަރީގައި ވާދަކޮށް ޝިފާއަށް ނާކާމިޔާބު ވީވެސް ރައީސް ނަޝީދުގެ ތާއިދު އޭނާއަށް ނެތުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މި ޝިފާ އަކީވެސް ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް. އަނގަތަޅަން އެނގެނީ. ވާކަމެއް ނެތް. އިސްތިއުފާ
ނަޝީދަކަށް ދުވަހަކުވެސް ތެދެއް ހަދާކަށްނޭގޭނެ މުޅިންވެސް ހަމައިން ނައްޓާފަ ހުންނާނީ މުޅި ގައުމު އެ ފުށް މުފުށަށް ޖަހާއި ރުވެސް އެއީ ވެސް ދޮގުދޯ ބަލަގަ ބު ރާންޗާ ކަލޭހީ ކު ރީތަ އެހެން މީހުންނަކީ ވެސް ކަލޭ ކަހަލަ ދޮގު ހަދާ އޮޅުވާލާ މީހުން ކަމަށްތަ މިކަލޭގެ މި ގައުމުން މީ ތުން މީހާ ރަށް ބޭ ރުކު ރޭ
އެކަމެއް ނޭނގެ ތިކަން ހުއްޓުވަން އެލްޖީއޭއިން މިއަދު ކައުންސިލަށް ސިޓީއެއް ގޮސްފިކަމަށް އަޑު އިވެނީ.. ކޮންކަހަލަ ޑިމޮކެރެސީއެއް
ޢާބިދާގެ ޓްވީޓާ ރ އެކަންޓް ޔޫސް ކޮށްބަލަ
ތި ޝިފާ ބޭރުކުރާ ގޭމުވެސް ތީ ކައުންސިލުގަ ތިބި ނަޝީދަށް ވަފާތެރި އެމްޑީޕީ މެންބަރުން ކުރާކަމެއް ދެން ނަޝީދު ތިކަން ހުއްޓުވަން އުޅޭކަމަށް ދައްކަނީތި މާ މާތްމީހަކަށް ވާންވެގެން.. ރަނގަޅަށް ވިއްޔާ ތި ވާނި އޭނާ އަނބުރާ ގޭސްގަނޑަކަށް.. ޝިފާއަކީ އިބޫ ސަރުކާރަށް އެއްްބާރުލުންދޭ މީހެއްވީމަ ބޭރު އަރުވާލަނީ..
ނުފޫޒް ފޯރުވަން ނޫންތަ ނަޝީދުގެ ބޭބެ ކައުންސިލްއަށް ލައިގެން ނާޝިދުގެ އޯޑަރަށް މޭޔަރު ކަންކަން ނިންމަނީ. ކައުންސިލްތަކަކީ ބޭކާރު ތަނެއް. އެއްވެސް މިނިވަން ކަމެއް ނެތް. އެކި ކަހަލަ ޕުރެޝަރު ކޮށް ފިޔަ ކޮށާލަފަ
މިބޭފުޅުން ދަސްކުރަށްވައިފި މަޖްލީހު ރައީސްގެ ސިޔާސީ ކުޅި ކުޅުއްވަން! ނޫނީ ކެރިގެން ކަންކަމާ ކުރިމަތި ލައްވަން! ވ. ރަނގަޅު ފެށުމެއް! މިހާރު މިޖެހެނީ މެމްބަރުން އިތުރުފުޅު ހައްދަވަނީކަމަށް ބަޔާންކުރަން! މިނިސްޓަރ ފަޔާގެ ކުޅި ފެއިލް، މި ވެސްމިވީ ފެއިލް އަނެއްކާ!
ކެނެރީގޭ ލާދީނީ ނަޝިދު އެކަން ހިންގިކަން ވަރަށް ސާފު އެ ދޮގުވެރިޔާގެ ބަސްމަގަށްބެލިނަމަވެސް ކައުންސިލަރުޔންނަށް އިންޒާރުދީ ބިރު ދެއްކިކަން ސާބިތުވޭ ކެނެރީގޭ ލާދީނީ ނަޝީު ދުވަހަކުވެސް ތެދެއް ނުހަދާނެ
އޭގައި އޮތީ، މޭޔަރާއި ޑެޕިއުޓީ މޭޔަރު ޕާޓީގެ ސްލޮޓެއްގައި ހުއްޓައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެނގޭނީ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނޭ. އެހެން ވީއިރު ފައްޔަ އެއީ ކޮންބަޔަކަށް ނިސްބަތްވާ މިނިސްޓަރެއްބާ. އަބަދުވެސްއަމިއްލަ ގުޅި ބޮޑުކުރާމީހުން މިތިބެނީ.
ކުއްޅަބެ ނުވާނެ ރަނގަޅެއް މިގައުމަކައް އަނބިދަރިން ޔޫކޭގަ މަޖިލިސް މެނަބަރުން އަމިއްލަޔައް ފާސްކޮސްލައިގެން މުސާރަނަގަނީ މިކޮންފަދަ މުސީބާތެއް މަޖިލިސް މުސާރަ ކަނޑައަޅަންވާނީ ފިނޭންސް މިނިސްޓްރީން އެއީ ހަމަ ސަރުކާރު އެހެން މަގާމުތަކާ އެއްވރު ނުވަތަ އެއައްވުރެ ކުޑަ މުސާރަޔަކައް ވާންވަނެ ބައިތުލްމާލުގެ އިއްފަތް ފޭރުން ހުއްޓާލާ
ޔާ ﷲ، ކެނެރީގޭ ނަޝީދުގެ ނުބައިކަމާއި ނުލަފާކަމާއި އަނިޔާވެރިކަމުން އަޅަމެން ސަލާމަތްކުރައްވައިފާންދޭވެ. އާމީން.
ޝިފާވިޔަސް ރަގަޅަށް ވާޖިބު އަދާނުވާނަމަ ދެންތިބީވެސް ހަމަ އެޕާޓީ ބޭފުޅުން ވިއްޔާ... ދުރަށް ޖައްސާނެ ނުންތޯ...އަސްލު އެއީ ޑިމޮކްރެސީގެ ހަމަ ތަކަކީ....
ޑީ.ެއެޗް.އެލް އިން ސިޓީރައްދުކޮށްދެއްވައިފި، ކައުންސިލަރުންގެ ގޯލަށް ގޯލެއްބާ؟