ކޮވިޑް-19 އަށް ފައްސިވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ދެންމެ ކުރި ޓްވީޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ، ބައްޕާފުޅުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި މަންމަގެ ހާލުވެސް ރަނގަޅު ކަަމަށް ޔުމްނާ ވިދާޅުވިއެވެ.

"ހެޔޮ ދުއާ ކޮށްދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން". ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، އޭނާ 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނަވަން ޖެހިފައިވާ ކަމަށެވެ.

ރައީސް މައުމޫން ކޮވިޑް-19 އަށް ފައްސިވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ، ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރުމުންނެވެ. ރައީސް މައުމޫންގެ އުމުރުފުޅުން މިހާރު 82 އަހަރު ވެފައި ވާތީ އެމަނިކުފާނަކީ ކޮވިޑް-19 ޖެހިއްޖެނަމަ ހާލުކޮޅު ސީރިއަސް ވުމުގެ ފުރުސަތު އޮތް ކެޓަގަރީއަށް ފެތޭ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަރީ

    ސުވާލަކީ އެއްއިރަކުވެސް މައުމޫނުގެ ހާލު ކޮވިޑް ޖެހިގެނޭ ކިޔާފަ ގޯސްވީހޭ ހާލު ރަގަޅުވަމުންނޭ ތިޔަ ވިދާޅުވަނީ؟ ތިކަކަމުން މައުމޫނު ސާބިތު ތިޔަކޮއްދެއްވަނީ ކިތައްމެ ހައި ރިސްކު މީހަކު ނަމަވެސް ކޮވިޑަކީ އެޗްޕީއޭއިން އެ ދައްކުވަން އުޅޭވަރުގެ ނުރައްކާތެރި ކަމެއް ހުރި އެއްޗެއްނޫންކަން. ނުރައްކަލޭ ނުވަތަ ވަރައް ނުރައްކަލޭ ނޫނީ ވަރައް ވަރަށް ވަރަށް ނުރައްކަލޭވެސް ދުލުން ކީދާނެ. ކޮންމެ އެއްޗެއް ކިޔަަސް ހަގީގަތަކަށް ވާނީ ބަލިޖެހޭމީހުންނަށް ވާގޮތް. ރާއްޖޭ ގަ ނިސްބަތުން ކޮވިޑް ޖެހިގެނެއް ވަކި ބާތްރޭޓާ ބަލާއިރު ޑެތްރޭޓެއް ހަމަ ގައިމުވެސް އިތުރެއް ނުވޭ.

    16
    11
    • ރަނާ

      ޜަގަޅުވަމުންނޭ އެބުނަނީ އެޑްމިޓް ކުރީ ހުން އަންނާތީ މިހާރު ހުން މަޑުވަމުން އަ ދި ހުމުގެ ދޭތެރެ ދުރުވަމުން ދާ ނަމަ ބުނާނީ އަންނަނީ ރަގަޅުވަމުންނޭ ދިމާކުރިޔަސް ތިޔައީ ބޮޑުވަރު

      16
      2
      • އަރީ

        މަގޭ ރައްޓެއްސަކު ޓެސްޓްކުރީމަ ފައްސި ދެން އޭނަކައިރީ ގޮތެއްވޭހޭ އެހީމަ ބުނަނީ ކުޑަކޮއް ހުންފާޑުވެ ކަރުގަ ރިއްސާ ނޭވާލާންއުދަގުވާހެން ހީވެޔޭ. ޖެހިގެން އައިދުވަހު ހެދި ދެވަނަ ޓެސްޓުގެ ނަތީޖާ ނައްސި ވުމުންބުނީ އޭރު ކުޑަކޮއްބިރުގަތީމަ ހީވިގޮތޯއެއީ. ކަލޯ ކޮވިޑަށް އީމާންވިޔަސް ބޮޑުވަރު. ކޮވިޑް ފައްސިވަނީ ކިޓަށް އަލާމާތެއްނުހުރޭ. މީހުން މަރުވަނީ އެހެން ބަލީގަ ދެންކޮން ކޮވިޑަކަށްތޯ ތިޔަ އީމާންވަނީ. ބަޔަކު އިސްތިހާރު ކުރާލެއް ބޮޑުވީމަތޯ ތިޔަ ޤަބޫލްކުރެވެނީ. ވެދާނެދޯ.

  2. އަލީމޫސާ

    މިބޭ އަދިވެސް އެބައުޅޭތަ! މި ބޭވެސް މިހާރު ފިލްމް ކުޅެންފެށީ. ދޮށީއުމުރުގަ ފިލްމްކުޅެގެންވެސް ބަޔެއްގެ ތާއީދު ލިބޯތޯ އަދިވެސް އުޅުއްވަނީ. ދެން ނޫޅެން ތިޔަފިލްމްތައްބަލާކަށް.

    10
    28
  3. ބޯހަލާކު

    މިގައުމުމިހާލަތައްވައްޓާލިމީހުންތީ ...!؟ހަމްދަރުދީހޯދަންވެގެން ބައްޕައާއުފޮޓޯލުމަކުން ނުލިބޭނެ...

    13
    16
  4. ސެލްފީ

    ފިލްމެއްގެ އިސްތިހާރުތަ؟

    12
    15
  5. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    މަށަށް ކޮންކަމެއް އުމުރު ދުވަހު ކަރަންޓީނުގަ އޮތަސް. ދޮގު ވައުދު ސަރުކާރު އެއޮތީ ފެއިލްވެފަ. ކަމެއް ވާ މީހެއް ނެތް މިސަރުކާރަކު... މިނިސްޓަރުން ކިޔަނީ ނަމަކަށް.

    8
    1
  6. އަޙްމަދް

    މީވެސް ދެން ޙަބަރެއްތަ!؟
    މައުމޫނުގެ ޙަބަރު!

    4
    5
  7. ޑ

    dera kanqkanq.