ކ. ގުޅިން މީގެ ހަތް ދުވަސް ކުރިން ކޮވިޑް-19 އަށް ފައްސިވި ދެ މަހުގެ ކުއްޖާ ފައްސި ނުވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެ އާއިލާގެ އިތުރު ހަތަރު މީހަކާއެކު ކަރަންޓީންވެގެން ހުރި އެ ދެ މަހުގެ އަންހެން ކުއްޖާ ކޮވިޑް-19 އަށް ފައްސިވިކަން އެޗްޕީއޭއިން އެރަށު ސިއްހީ މަރުކަޒަށް އެންގީ އޮގަސްޓް 21 ވަނަ ދުވަހުއެވެ.
އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވި ކަަމަށް އެއިރު އެޗްޕީއޭއިން ބުނި ނަމަވެސް، އާއިލާއިން އެކަން އެއިރު ގަބޫލުކޮށްފައެއް ނުވެއެވެ.
އެ އެންމެންނަކީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމާފައި ކޮވިޑް-19 އަށް ޓެސްޓު ކުރި މީހުންނެވެ. އޭގެ ތެރެއިން އެއިރު ފައްސިކަމަަށް ބުނީ އެ ތުއްތު ކުއްޖާ އެކަންޏެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެޗްޕީއޭއިން އިއްޔެ ގުޅާފައި އެ ކުއްޖާ ނައްސިކަމަށް ބުނި ކަމަށެވެ.
"އެޗްޕީއޭގެ އޮފިޝަލަކު އަޅުގަނޑަށް އިއްޔެ ގުޅާލި 9:30 ހާއިރު، ގުޅާފައި ބުނި ފައްސިވި ކުއްޖާ މިހާރު ނައްސިކަމަށް. ރީޗެކެއް ކުރި ވާހަކަ ބުނި އައިޖީއެމްއެޗްން އެޗްޕީއޭއަށް ދެއްވި މައުލޫމާތު ގޯސްވެގެން،އެކަންތައްތައް ރަނގަޅަށް ބެލީ، އެ ކުއްޖާ ނައްސިއޭ ބުނީ، އެހެންވެ ހުރިހާ އެންމެން ރިލީސް ކޮށްލައިފި". އެ އޮފިޝަލް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅިގެން އިތުރު ޓެސްޓެއް ހަދަން ޖެހޭތޯ އެޗްޕީއޭއާ ސުވާލު ކުރުމުން، އިތުރު ޓެސްޓެއް ހަދަން ނުޖެހޭނެ ކަަމަށް އެންގި ކަމަށެވެ.
"އެ ބޭފުޅާ ވިދާޅުވީ، އައިޖީއެމްއެޗްއިން އެޗްޕީއޭގެ ޕޯޓަލްއަށް އަޕްލޯޑް ކުރި މައުލޫމާތުތަކުގައި މައްސަލަތަކެއް ދިމާވެފައި ހުރި ވާހަކަ".
މި ސަރުކާރަކީ ގައުމަށް ޖެހިފަ އޮތް ބޮޑު ވަބާއެއް. ލޮކްޑައުންއެއްކޮށްގެން އެވަރަށް ދުއްޕާންކޮށްވެސް ކޮވިޑުވެސް ނުވި ކޮންޓްރޯލެއް. ޖޫރިމަނާ އާއި ސްޓިކާޖެހުން ނޫން ކަމެއް ނުވޭ. އިސްތިއުފާ
އެޖެންޑާ 19 ގެ ބަލާވެރިކަން ކޮވިޑް 19 އަށް ވުރެ ބޮޑު
ތީ ހަމަ ޢާންމު ކަމެއް. އަހަރެމެން ވެސް މީ ހޯމް ކަެަންޓީން ނިމިގެން ކުރި ޓެސްޓުން ޕޮޒިޓިވް ބައެއް ކަމަށް ކަނޑައެޅި ބައެއް. ފެސިލިޓީއަށް ގެންދަން ބަލާ އަންނަނީކަމަށްވެސް އެންގި. ﷲ ގެ ރަޙްމަތްފުޅުން އެތަނަށް ނުގެންދެވެނީސް ނަތީޖާގައި މައްސަލައެއް ފާހަގަކުރެވުނުކަން އެންގި. ވަރަށް އާދޭސްކޮށްގެން 5 ދުވަސް ފަހުން ނެގި ސާމްޕަލް ނެގެޓިވް ވި. ކަރަންޓީން ނިމުމަކަށް އައީ ޖުމްލަ 26 ދުވަސް ފަހުން.
މީ ގުންޑާ ވަގު ސަރުކަރެއް. ކިބޫ ޖާހިލު
އަހަރެން މިކިޔަނީ އެމީހުން ގަސްތުގަ އޮޅުވާލަނީޔޭ. ހަމަ އެހެން އެހަދަނީ . އަލާމާތެއް ނެތީޔާ އެޔަކަށް ބައްޔޭ ކިޔާނެކަމެއް ނެތް އެޔަށްކިޔާ ފޯލްސް ޕޮޒިޓިވް. ގައުމު ރައުސުލްމާލު ދަވާލާފަ އެއީ ކޮވިޑަށް ކުރި ޙަރަދުކަމަށް ދައްކަން ކުޅޭ ޑުރާމާތީ ހުސް. މިހާރު އެމީހުން އެކިޔާ ގޮތުން ބަލާނަމަ މާލޭ އުޅޭ އެންމެން ތިބޭނީ ފައްސި ވެފަ ނައްސިވެސް ވެފަ. ތިޔަ ސަކަރާތްޖެހުން ހުއްޓާލާ ޤައުމުގެ އިޤްތިސާދު ރަގަޅުވޭތޯ މަސައްކަތް ކުރަންވީ. ޢެޗްޕީއޭ މީހުން ބޭނުމެއް ނުވާނެތާ ތިޔަކަން ހުއްޓާލާކަޢް ސަބަބަކީ މިކަމުގެ ސަބަބުން ލިބެމުންދާ އެލަވަންސް ތަކާ ލިބުނު މަޝްހޫރުކަން ގެއްލިދާނެ ވިއްޔާ.
ތީ އާކަމެއްނޫން ، އަޅުގަނޑު ރިލީޒިން ޑޮކިއުމަންޓް އާއިރު އޮތީ 14 ވީ ދުވަހުން އަނެއްކާ ކަރަންޓީނު ކުރިކަމަށް ، މައިމޫނާ ސޮއިވެސް ކޮށްފައޮތީ ، ބަލާވެސް ނުލާ
އެހެންވީމަ ކޮންމެ ރެއަކު ތިޔަ އިއުލާން ކުރައްވަމުން ތިޔަ ގެން ދަވާ އަ ދަ ދުތަކާއި މެ ދު ސުވާލު އުފެ ދޭ.. ކޮވިޑަކީ ޑަބިލިޔު. ޢެޗް. ޢޯ އިން ދުނިޔޭގެ ގައުމުތައް އެމީހުންގެބާރުގެ ދަށުގައި ބާއްވައިގެން ދުނިޔޭގެ މަހްޖަނުންގެ އަތުން ފައިސާހޯ ދުން..
ފައްސި ނަަންސި އަންސި ވާނުވާއެއް އިގެނިއްޔެއްނޫން މިހާރު މި ސަރުކާރާ އެޗްޕީއެ ވަނީ އަންސިވެފަ މިހާރު އޮތީ އެމީހަކާ އެމީހެއް
ތިޔަ އެޗްޕީއޭ ޓެސްޓް ކުރަން ގެންގުޅެނީ މިދޭތެރެއަކުން އެފްރިކާގެ ގައުމެއްގައި ފަޅޮލެއް ޓެސްޓް ކުރިޔަސް ފައްސިވި ކަހަލަ ސާމާނުދޯ. ކިތަންމެ ބަޔަކު ތިގޮތަށް އެބަ ފައްސި ކުޜޭ.
ރައީސް މައުމޫނުވެސް ފައްސި ވި ކަމާމެދު މިހާރު ވަރަށް ޝައްކު ބޮޑު.
އެހެންތާވާނީ. ފައްސި އާއި ނައްސި ބަލަން ތިބި މީހުން " އައްސި " ވީމަ.
އަޅުގަނޑުވެސް މިހުރީ ޕޮޒިޓިވް ވެގެން ޖަލައް ލެވިފަ 14 ދުވަސް ފަހުން އެންގޭނެ ހައްޔަރު ކުރެވުނީ ޕޮޒިޓިވް ވެގެންތޯ.
ގއ ދެއްވަދޫގަވެސް ހަމަ ތިހެން ވީ. 15 މީހުން ތިބި ތަނަކުން ދެމަހުގެ ބޭބީ ޕޮޒިޓިވް ވި ކަމަށް ބުނީ. އޭގެ 2 ދުވަސް ފަހުން ބަލާލިއިރު އެޗް ޕީއޭ ޕޯރޓަލްގަ އެކުއްޖާ ނެގެޓިވް ކަމަށް އިންދާ ފެނުނީ. ނެގެޓިވް ވި ކަމަށް އަންގާވެސް ނުލާ