ސިއްހީ ނުރައްކަލުގެ ހާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައިފިއެވެ.

އިމްރާން މިގޮތަށް ގޮވާލީ، އިދިކޮޅު ފަރާތްތަކުން މާލެ ސިޓީގައި މިއަދު ބޭއްވި އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.

އިމްރާން ވިދާޅުވީ،ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށް ބޮޑު ފަރަގެއް ވާ ކަމަށެވެ.

"ސިއްހީ ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކަަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލަން". އިމްރާން ވިދާޅުވިއެވެ.

އިމްރާން މިގޮތަށް ވިދާޅުވިއިިރު، ފުލުހުން މިއަދު ވިދާޅުވީ، އިދިކޮޅުން ބޭއްވި އެ ސައިކަލު ބުރަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓައި، ހަރަކާތްތެރިވުމާއި މާސްކު ނާޅާ ބޭއްވި ހަރަކާތެއްކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މި ސައިކަލު ބުރު މާލޭގައި ބޭއްވީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައިނުވާތީ އެކަމާއި ދެކޮޅަށް ކަަމަށް ބުނެއެވެ.

އެ ހަރަކާތުގައި އިދިކޮޅު އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނެވިއެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހުސެން

  އިމްރާނު މަހަށް ދިޔަސް މާގިނަ ރުފިޔާ ލިބޭނެ.ދީން ވިއްކުމަށް ވުރެން ހަލާލު މަސްވެރިކަން ދޯ.ކަލޯ އެކަލޯ ކޮން ފިޔަވަޅެއް އެޅުނީ އެމްޑީއެން އަށާއި އުތެމައަށް .އަދި މުރުތައްދުވެގެން ދިޔަ މީހުންނަށް އެޅުނީ ކޮން ފިޔަވަޅެއްތޯ؟މޮޅު ޓުވީޓެއް ނުން ތިޔަކީ

  25
 2. Anonymous

  ޔަގީން ރައީސްމީހާ ހަޅޭއްލެވީ ކަމަށްވާނީ، އެހެންވެ ކޮންމެވެސް އެއްޗެކޭ ކިޔާލީ.

  24
 3. ފަރި

  އިމްރާން މިހާރު ތީ އެއްވެސް ޗޮއިސްއެއްނޫން މިހާރު ތިހުރީ ކަތިވަޅިގެއްލި މަރިޔަބު ގެއްލި އެއްމެ ފަހުން ކޮށި ދަޑުވެސް ގެއްލިފަ ތީ ހަމަ ފަރި އިމްރާން

  25
 4. ކަމަނަ

  މާތްﷲގެ ހުކުމްފުޅުތަކަށް ތަބާވުމަށް އިމްރާނަށް ގޮވާލަން.

  28
 5. މޯދީ

  ކަލޭ ޖަލަށް ފޯނު ވައް ދައިގެން ސެލްފީ ނެގިއިރު އެއީ ހުއްދދ ދަ ކަމެއްތަ؟

  29
 6. ކަމަނަ

  އަމުރުކުރަން އެދޭނަމަ ކިޔަމަންވާން ދަސްކުރާށޭ ބުނާއަޑު އިމްރާން އަހާނެ އެޗްޕީއޭގެ އަމުރުތައް މަޖިލީހުން މުގުރާލައި ދެއްކިވާހަކަކޮބާ ރޯޔަލް ފެމެލީވީމާ އޯކޭ ކަމުނުދަނީ ނިކަމެތިރައްޔިތުންތަ

  23
 7. ނާނު

  ﷲ ގެ ކިބަފުޅަށް ދޮގުނުހެދުމަށް އިމްރާނަށް ނަސޭހަތްތެރިވަން އަދި އެއަށްފަހު ތައުބާވުމަށް އިމްރާނަށް ގޮވާލަން .