ވެރިމީހާ ކުފުރަށް ދައުވަތު ނުދެނީސް ވެރިކަން ވައްޓާލައިގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމް އިން މީގެކުރިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް ހުސެއިން ވިދާޅުވީ ވެރިމީހާއަކީ ރައްޔިތުންގެ މުދާ ފޭރޭ މީހެއްކަމުގައި ވިޔަސް އަދި ރައްޔިތުންނަށް އަނިޔާވެރި ދީނާއި ދުރު މީހެއްކަމުގައި ވިޔަސް ރައްޔިތުންނަށް ކުފުރަށް ދައުވަތު ނުދޭހާ ހިނދަކު ނުވަތަ ކުފުރަށް އިއުލާން ނުކުރާހާ ހިނދަކު ވެރިކަމާއި ދެކޮޅަށް ތެދުވެ ވެރިކަން ވަށްޓާލައިގެން ނުވާނެ ކަމަށެވެ.

"ތިމާގެ ވެރިމީހާއަކީ ތިމާމެންގެ މުދާ ފޭރޭ މީހެއްކަމުގައި ވިޔަސް އަދި ތިމާމެންނަށް އަނިޔާ ކުރާ މީހެއް ކަމުގައި ވިޔަސް އަދި ތިމާމެންގެ ދީނީ ކަންކަމަށް ކިތަންމެ ފަރުވާ ކުޑަ މީހެއް ކަމުގައި ވިޔަސް އެ ވެރިޔާ ކުފުރަށް އިއުލާނު ނުކުރަނީސް ވެރިމީހާއި ދެކޮޅަށް ނުކުމެގެން ނުވާނެ" ޝެއިހް ހުސެއިން ވިދާޅުވެފައެވެ.

ޝެއިހް ހުސެއިން އެހެން ވިދާޅުވެފައިވާއިރު އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އިސްލާމީ ވެރިކަމެއް އަންނަނީ ހަތަރު ގޮތަކަށް ކަމާއި އެ ގޮތްތަކުގެ ތެރެއިން ހުރިހާ އިލްމުވެރިން އިއްތިފާގުވާ ގޮތެއް އޮންނަ ކަމަށެވެ.

އެ ގޮތަކީ ގަދަކަމުންވެސް މީހަކު ވެރިކަމަށް އަރައިފި ނަމަވެސް އެ މީހަކަށް ކިޔަމަން ވުން ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އަލީި

  މިހާރު ތިހެނެއް ނުބުނާނެ. އެމީހުންގެ ނަޒަރުގަ ދީނަކީ އެމީހުން ބޭނުންވާ ވަގުތަކު އެމީހުން ބޭނުންވާގޮތަށް އޮންނަ އެއްޗެއް. މިއީ ފަހުޒަމާނުގައި ވާނެ ކަމަށް އަންގަވާފައިވާ ކަމެއް. ދީނީ އިލްމުވެރިން މިފެންވަރަށް ދިޔައީމަކަޑަދޯ. އެމީހުންގެ އަގު މިއަދު ކޮބާ؟

 2. ލަލަލާ

  ކައެ ތީ ކާކު އަހަރުންނަށް ކިޔާދޭން

 3. އަފީފް

  އެއީ ކުރީގެ ވާހަކަ. މިހާރު ރާގުތަފާތުވާނެކަމަށް ފެންނަނީ

 4. ރައްޔިތުން

  .އެއީ އޮންނަ ގޮތް. ޢެކަމަކު ވެރިމީހާ ކިފުރަށްދޭ ދައުވަތު ދެނެގަންނަން އެނގޭ އިލްމުވެރިން މިހާރު ތިބިހެން ހީނުވޭ

 5. ޝަރފު

  ދީނީގޮތުން މިވެށި ކިލަނބުކޮށް ފިތުނަވެރި ކުރަނީ އެއްމެ ސަބަބަކާ ހުރެ. ސިޔާސީ ގޮތުން އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު ވެރިކަން ހޯދުމަށް ފަތުރާ ޕްރޮޕެގެންޑާގެ ޝިކާރައަކަށް ވަނީ ދީން. ހަމަ ގޮތުގަޔާ ނަހަމަ ގޮތުގަ. މިކަމުގަ ޒިންމާ ނަންގަވަން ޖެހޭނީ ޢިލމު ވެރިން.

 6. ސައުސަން

  މިހާރު ބުނާނެ އޭ މިހާރުބުނާނެ އެވާހަކަ މިހާރު ގެ ހާލަތައް ނުފެތެއޭ. މީ ކަޑައެޅިގެން ވައްޓާލަން ޖެހޭ މީހެކޭ . ވާ ގޮވާތީ ކެއްނުކުރެވިގެން ވާ ފަހަން އެބަޖެހެއޭ!

 7. ދޮންކަލޯ

  ޝައިޚް ޙުސައިން ރަޝީދުވެސް އެމް.ޑީ.ޕީ. އާއި ގުޅިގެން މަޤާމުގެ ބޭނުމުގައި އަދި ދަޢުލަތުން ގިނަ ފައިސާ ނަގައިގެން އެވެރިންގެ ޚިޔާލަށް ތާޢީދުކޮށް ތިމާގެ ދަރިންނަށްވުރެ ޅަ ލޯކުޑަ މަންޖެއެއް ހޯދައި ހުޅަނގުގެ އަލްޓަރޭޓިވް ނެރޭޓިވް ގޮތްގޮތަށް އުޅެންފެށިފަހުން، ދީނީ ޙުކުމްތައް އަންގައިދެމުންދަނީ މުޅިން ފިތުނަ އުފައްދާފަދައިން ރީނދޫކުދިން ރުއްސަންވެގެން. މިކަމުގައި ޑރ.ބާރީވެސް ޖެހި ރީނދޫކުދިން ބޭނުންވާގޮތަށް މިހާރު ވާހަކަ ދައްކަމުންދަނީ ކަމުގެ އަސްލު އޮޅުވާލައި މުޖުތަމަޢުގައި ފިތުނަ އުފެއްދުމަށް. ދީނީ ޢިލްމުވެރިންގެ ދަޢުރަކީ މުޖުތަމަޢުގައި ފިތުނަ އުފެއްދުން ކަމަށް ވަނީނަމަ ތިޔަ ބޭފުޅުން ނަކީ އިސްލާމީ ތަޢުލީމް ޙާޞިލްކޮށްގެން ތިއްބެވި ބޭފުޅުން ކަމުގައި މިއަދު ސުވާލުއުފެދޭ. ނޫނީ ތިޔަ ބޭފުޅުން ތިޔަތިބީ ބަޔެއްގެ ދަލުގައިޖެހި ނަގޫފިތިފައި.

 8. ތުއްތަފާ

  އިމްރާނު ސިޔާސީ ވީ ހިސާބުން މާޔޫސްކަމާއި ހިތާމަޔާއެކު އަހަރެމެން ސޭކުން ދޫކޮށްފީމުއެވެ.

 9. ރިތި މޫސަ

  ތިހުސެން ރަޝީދަކީ ބަހާ ޢަމަލާ ދިމާވާމީހެއްނޫން އަދި އެހާރުޅިގަދަވާނެ ރުޅިއައިސްފިއްޔާ ކޮންމެއެއްޗެއްވެސް ކިޔާފާނެ

 10. ހަބޭސް

  މަސްހޫރު ނޫން ދީނީ ޢިލްމު ވެރިއަކީ ކޮބާ؟ މުހުތާދެއް އޮތް ކޮންމެކަމެއްގައިވެސް އެ ޢިލްމެވެރިޔާ ބޭނުންވާގޮތަށް (އެކިވަގުތު އެކިގޮތަށް) ރަޢުޔު ނެރެމުން މިއަދު ނުދަނީ ކޮން ޢިލްމުވެރިއެއްތޯ އެކަމުގެ ސަބަބުން ތަންދޮރު ނުދަންނަ ޢާއްމުންނަށް މިއަދު މިވަނީ ހެޔޮބަހާއި އެނޫންބަސް ވަކިކުރަން ނޭންގޭ ހަމަޔަށް ކަންކަން ގޮއްސަ ޢިލްމުވެރިން ދީނީ ހަމަތަކުން ވާހަކަ ދެއްކުމުގައި މިހާރަށްވުރެ އިޙުލާސްތެރިވާންވެއްޖެކަމަށް ދެކެން