ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ކަމަށްވާނަމަ ރައީސް ޔާމީން ފަޅިއަށްވެސް އަދި ކުރީގެ ރައީސް ނަޝީދު ފަޅިއަށްވެސް ނާރުއްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކޮންމެ ކެންޑިޑޭޓަކަށްވެސް ކާމިޔާބުވެފައިވަނީ ތިންވަނަ ފަރާތެއްގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.

އުމަރު ވިދާޅުވީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އޭނާ އަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ވަކި ފަޅިއެއް ނުނަގަން. މިފަހަރުވެސް އަމަލު ކުރާނީ އެގޮތަށް. އެކަމަކު އެގޮތަށް އަމަލު ކުރާނީ ދެވަނަ ބުރުގައި ރައީސް ނަޝީދާއި ރައީސް ޔާމީން ވާދަ ކުރައްވާނަމަ" އުމަރު ވިދާޅުވިއެވެ.

އުމަރު ވަނީ އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާގެ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުވަނީ އޭނާ އެންމެފަހުން ހުންނެވި ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބެ

    މިހާ އަވަހަށް ނުހޮވޭނެކަން ޔަގީންވީތަ

  2. އަލްޖިބިރީލް

    މީނަ އަރާ ފަޅި އަޅެ ބަރުވަނީތަ؟؟؟؟؟!

    • ހުސޭނުބޭ

      ހުނހު! ބޮކިުޖަހާފައި އަޑިޔަށްދަނީ

  3. ވައިވައި

    އިންތިޚާބުގެ ދެވަނަ ބުރުގައި އުމަރު ހުންނަވާނީ "ހުސްކޮށް" ކަމަށް އުމަރު ބުނާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އުމަރު ގަބޫލު ކުރާ ތިއަރީ އެއް ނުގެންގުޅޭ ކެންޑިޑޭޓުން ދެވަނަ ބުރަށް ހިނގައްޖެނަމަ ކޮންމެހެން އުމަރު ނުޖެހޭ ދޯ ދެވަނަ ބުރުގައި ވަކި ފަޅިއަކަށް އަރަން. ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް އެބަޖެހޭ ތިއަރީ އޮރިއެންޓެޑް އިންތިޚާބަކަށް ބަދަލުވާނެ އުސޫލުން ރާއްޖޭގެ ޕޮލިޓިޝަނުން މަސައްކަތް ކުރަން. މިރާއްޖޭގެ ވެރިކަމަށް ކެނެރީގެ ނަޝީދު އަކީ ކުފޫ ހަމަވާ މީހެއް ކަމަށް މަމެން ދުވަހަކު ވެސް ގަބޫލުނުކުރަމޭ ދުވަހަކު ވެސް އޭނާ އަށް ވޯޓް ނުލަމޭ މަމެން ދޮންތަ ފިރިމީހާ ވެސް ވޯޓް ލާން އުޅުމުން އެކަން ވެސް ހުއްޓުވީ މަމެންނޭ 2008 ވަނަ އަހަރު ބިކޮޒް މަމެން ދަންނަމޭ ކެނެރީގެ ނަޝީދު ޅަ ދުވަހުން ފެށިގެން އޭނާ އަކީ އުމުރުގައި ދުވަހަކުވެސް ތެދަށް ވާހަކަ ދައްކާ މީހެއް ނޫނޭ އަދި އޭނާ ދިވެހި މޭސްތިރި ހިންގި އިރު އެތައް ބަޔަކަށް ދަރާ އޮންނާނެއޭ އޭނާ އުޅުނީ ފިލައިގެންނޭ އެމީހުން ނަށް ފައިސާ ދޭން ޖެހުމުން. ކަން މިހެން ހުރުމުން މިރާއްޖޭގައި ހުރި ސީރިއަސް އިޝޫސް ތަކަށް އެޑްރެސް ނުކުރެވޭނެއޭ ކެނެރީގެ ނަޝީދު މިރާއްޖޭގެ ވެރިކަމަށް ގެނެސް ގެން އެކަން ކުރެވޭނީ މަމެންގެ ރައީސް އަދިވެސް ވެރިކަމުގައި ހުރެގެން ނޭ މަމެންގެ ވެރިކަމުގައި މަމެން ހުސްކުރާނަމޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ވެސް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އޯއް އޯއް ޓެލްމީ ވައި އިމިގްރޭޝަން ކާންޓް ޑޫ ދެއަރ ޖޮބް ޕާރފެކްޓްލީ އޯއް އޯއް އޯއް ޓެލްމީ ވައި ޓެލްމީ ވައި ޓެލްމީ ވައި ވައި ވައި ވައި ވައި ވައި...

  4. ހައްޤުބަސް

    ރައީސް ޔާމީނު އަދި ކެމްޕެއިނެއް ނުފަށާ.. އިދިކޮޅު މީހުންނަށް ބަވާ އެއްޗެތިގޮވަން ޖަލްސާއެއް ބޭއްވުމަކީ އަދި ކެމްޕެއިނގ ފެށުމެއް ނޫން . ކޮންނެވެސް ވަރަކަށް މެނި ފެސްޓޯގެ ވާހަކައާއި ރަށްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކައާއި ތަސައްވަރެއް ހާމަކުރާ ހިސާބުން އަދި ކެމްޕެއިންގ ފެށޭނީ އަސްލު

  5. ހައްޤުބަސް

    އެހެންވީމަ އުމަރު ޤަބޫލުކޮށްފި އުމަރު 2 ވަނަ ބުރަށް ނުގޮސް ފެއިލްވާކަމަށް.. އަދި 2 ވަނަ ބުރަށް ދާ ކޮންމެވެސް އެކަކަށް ތާއީދުކުރަން ޖެހޭނެކަން

  6. އަސްތާ

    ގަރުނުގެ ބޮޑު ޖޯކަރު.

  7. ޑާޑާޑާޑާ

    އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށް ރައީސް ނަސޭހަތްތެރިވެއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އިސްލާމީ ރިވެތި އަޚްލާގުގައި ދިވެހިން ދެމި ތިބު މަށްޓަކައި ދިވެހިންގެ ފުދުންތެރިކަން އިތުރު ކުރަން އެބަޖެހެއެވެ. އެގޮތުން ބަލާއިރު ރިސޯރޓްސް ތަކުން މަހަކު 500 ޑޮލަރަށް ވުރެން މަތިން މުސާރަ ދޭ މީހުންނަކީ ދިވެހިންނަށް ހެދުމަށް ޓަކައި ނަމެއްގައި އިއުލާނެއް ކޮށްފައި އޮވޭ އިމިގްރޭޝަން އިން. އެކަމަކު ރިސޯރޓްސް ތަކުގެ ޖީއެމް އަށް މަަހަކު 9 ހާސް ޑޮލަރު އަދި ހުރިހާ ޑިޕާރޓްމެންޓްސް ތަކުގެ ޑިރެކްޓަރުންނަށް މަހަކު 6 ހާސް ޑޮލަރު ދޭއިރު އެ މަގާމް ތަކަށް ދިވެހިން ލިބޭތޯ ބަލަން އިމިގްރޭޝަން އިން ރިސޯރޓްްސް ތަކާއި މަޝްވަރާ އެއްވެސް ނުކުުރޭ އަދި ޓޫރިޒަމް މިނިސްޓަރު ވެސް މިކަން ނުބަލާ އިކޮނޮމިކް މިނިސްޓަރު ވެސް މިކަން ނުބަލާ. އެމެން އެބަލަނީ މަހަކު 1 ލަައްކަ ރުފިޔާގެ ރެވެނިއު އެއް ނުވަންނަ ކުދި ކުދި ކުންފުނި ތަކަށް މަހަކު 200 ޑޮލަރަށް ގެންނަ މަސައްކަތު މީހާ ތާށި ކުރެވޭތޯ އޭ މަހަކު 200 ޑޮލަރަށް ގެންނަ މަސައްކަތު މީހާ އެއް ނޫނެއް ނޫންތޭ އިމިގްރޭޝަން އިން ބަލަންވީ މަހަކު 500 ޑޮލަރަށް ވުރެން މަތީ މަގާްމް ތަކަށް ރިސޯރޓްްސް ތަކަށް ގެންނަ ބޭރު މީހުންގެ ކަންކަން ނޫންތޭ ބަލަންވީ މިހާރު ވެސް ބަލާބަލަ ހޮޓެލިއަރ މެގެޒިން އޭގައި ގިނަވާނީ ބޭރު މީހުންނަށް ބޮޑެތި މުސާރައިގައި ރިސޯރޓްްސް ތަކުގެ މަގާމް ލިބިފައި ހުންނަތަނޭ. މިފަދަ ކަންކަން ޖެހޭނެއޭ ބަލަން ސަރުކާރުން. ރައްޔިތުން ހޮވާފައި ހުރި އިމިގްރޭޝަން ކޮންޓްރޯލަރ އެއްވެސް ނުހުންނާނެއޭ ރައްޔިތުން ހޮވާފައިވާ ޓޫރިޒަމް މިނިސްޓަރެއް ވެސް ނުހުންނާނެއޭ ރައްޔިތުންގެ ސީދާ ވޯޓަކުން މިކަން ކަން ހައްލު ކުރަން ހޮވާފައިވަނީ އެއީ ރާއްޖޭގެ އިއްޒަތްެތެރި ރައީސުލް ޖުމްހޫރިއްޔާ އޭ މިފަދަ ކަންކަން ޖެހޭނެއޭ ރައީސް އޮފީހުން ބަލާ ރަނގަޅު ކުރަން ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑީޑަޑަޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...

  8. ާަބެއްޔާ

    ާނަސީދުގެނަމެއްނޯންނާނެ100%
    އިންސﷲ

  9. ދިސްވޭ

    ނަފްސު ޠާހިރު ކުރުމަށް ރޯދައިގެ އައްޑަނަ ބޭނުން ކުރުން ކަމަށް ވާނަމަ މިކަން އެންމެ ބޮޑަށް ދަނެގަންނަންވީ ރާއްޖޭގައި ސަރުކާރުން ހިންގާ މުވައްސަސާ އެއް ކަމުގައިވާ އިމިގްރޭޝަން އިން ނެވެ. އިމިގްރޭޝަން އިން ރާއްޖޭން ބޭރުން މީހުން ގެނައުމުގައި ސްޕެޝަލީ ބަންގާޅުން މީހުން ގެނައުމުގައި އެމެން ކޮރަޕްޝަންގެ އުސޫލުން ކުރާ ކަންކަން އެއީ ހައްދު ފަހަނައަޅާފައިވާ ކޮރަޕްޝަން އެވެ. އިމިގްރޭޝަން ކޮންޓްރޯލަރ އެއީ އޭގެ މުއްލާ އަކަށް ހަދައިގެން ކުރަނީ ދުނިޔޭގެ ފެންވަރުގައި ނަތީޖާ އަކީ ކުދި ކުދި ވިޔަފާރި ތައް ފުނޑިގެން ދިއުމެވެ. ނަފްސް ތާހިރު ކުރަންވީ އިމިގްރޭޝަން އިން ފުރަތަމަ ވެސް ރޯދައިން ފިލާވަޅު ތައް ލިބިގެން. މަމެންނަށް ޔަގީން މާލޭގައި ހުރި ކޮންމެ 100 ހޮޓަލަކުން 99 ހޮޓަލުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތިބެނީ އެއީ ސީދާ އިމިގްރޭޝަން ގެ ބޮޑުންގެ އަތެއްވެސް އޭގައި އޮވެގެން ނެވެ. އެމެން ހަމަ އަޑީގައި ތިބެގެން ބަންގާޅު އެމްބަސީ އާއި ގުޅިގެން ކުރާ ކަމެއް މިކަމަކީ.

  10. ދަރިވަރެއް

    އިއްފަތްތެރި، ބިކުރުވެރި އުމަރު ނަސީރު

  11. ޑާޑާޑާޑާ

    އިންތިޚާބުގެ ދެވަނަ ބުރުގައި އުމަރު ހުންނަވާނީ "ހުސްކޮށް" ނަމަ އެއީ މީހާގެ ޖެންޓުލްމެން ސްޓައިލް ސާބިތު ކޮށްދޭ އަލިގަދަ ދަލީލެކޭ މަމެން ވަރަށް ގަބޫލޭ އުމަރު މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭން ކަނޑައެޅި ޕްރައިސް ޓެގް. މަމެން އެ ޕްރައިސް ޓެގް ލަައިކް ވި ނަމަވެސް އަދި މަމެން އެދޭ ޕްރައިސް ޓެގެއް ނޫނޭ އެއީ މަމެން ގަބޫލުކުރާ ގޮތުގައި މާލެ ސަރަހައްދުން ދެ ކޮޓަރީގެ އެޕާރޓްމެންޓެއް ސަރުކާރުން ކުއްޔަށް ދޭން ޖެހޭނީ މަހަކު 1000 ރުފިޔާ އަށް ވުރެން ބޮޑު ނުވާނެ އުސޫލުން ނޭ އަދި އެޑްވާންސް އަށް ނަގަން ޖެހޭނީ އެއް މަސް ދުވަހުގެ ކުލި އޭ މިހެން މިކަން ކޮށްފިނަމަ ރާއްޖޭގެ އިންފްލޭޝަން އިންތިހާ އަށް ކުޑަ ވެގެން ދާނެއޭ. މިފަދަ ކަންކަމަކީ އެއީ ޕޮލިޓިޝަނުން ވަށާ ޖެހިފައިވާ އުސޫލުން ވިއްނަން ޖެހޭނެ ގޮތޭ ހަމަ އެކަނި ފްލެޓްސް ތަކަށް އިންވެސްޓް ކުރާ ފައިސާ ފްލެޓްްސް ތައް ކުއްޔަށް ދީގެން ހޯދުމެއް ނޫނޭ އެ ޖެހޭނީ މާލެ ސަރަހައްދުން ތިލަފުށި އަދި ގުޅިފަޅު ހިއްކައިގެން އެތަނުން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންނަށާއި އަދި ރިސޯރޓްސް ތަކަށް ބިން ކުއްޔަށް ދީގެން ނޭ އެގޮތުން ދޭން ޖެހޭނެއޭ 100 ބިލިއަން އަކަފޫޓް ކުއްޔަށް. އެއިރުން ސަރުކާރަށް މަހަކު 100 ބިލިއަން ރުފިޔާ ކުލީގެ ގޮތުގައި ލިބުމުން ތިލަފުށި އިންޑަސްޓްރިއަލް ކުންފުންނަށް 50 ބިލިއަން އަނެއް 50 ބިލިއަން ރުފިޔާ ސަރުކާރަށް ނެގޭނެ އެއް ނޫންތޭ އެއިރުން ރާއްޖޭން ޓެކްްސް ވެސް އުވާލެވޭނެއޭ. ޓު މީ އައި އޭމް ތިންކިންގް އޮފް ދިސް ކަންޓްރީ ޓު ބީ އަ ޓެކްސް ފްރީ ކަންޓްރީ ސަމްބަޑީ ހެލްޕް މީ އޮން ދިސް އައި އެލޯން ކެނޮޓް ތިންކް އޮން ދިސް ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާާ...