ރޯދަމަހަށް ހާއްސަ މޯބައިލް އެޕްލިކޭޝަން އެއް މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ ( އެމްއޭސީއެލް) އިން ތައާރަފްކޮށްފިއެވެ.

"އެމްއޭސީއެލް ރޯދަ ހަދިޔާ" ގެ ނަމުގައި ނެރުނު މި އެޕްލިކޭޝަަން އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާސް ޑރ. އަހުމަދު ޒިޔާދްއެވެ.

އިއްޔެ ހެނދުނު އިފްތިތާހު ކުރެވުނު މި އެޕްލިކޭޝަން އަކީ ދީނީ ގިނަ މައުލޫމާތު އެ އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެ އެޕްލިކޭޝަން އެއްކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އަދި މި އެޕްލިކޭޝަން ޑައުންލޯޑް ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތެެއް ހޮވާއިރު އެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި އެޕްލިކޭޝަން ޕްލޭސްޓޯރުން އަދި އެޕަލް ސްޓޯރުންވެސް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މނތ

    އެޕްލިކޭޝަންގެ ނަން ހިމަނާލިނަމަ ވަރަށް ފުރިހަމަ ވީސް

  2. ޔޫއެންއައި

    އެމްއޭސީއެލްގެ ރޯދަ ހަދިޔާ އަށް އެޕްލިކޭޝަނެއް ތައްޔާރު ކޮށް އިސްލާމިކް މިނިސްޓަރު މެދުވެރިކޮށް އެ އެޕްލިކޭޝަން ލޯންޗް ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ. އެމްއޭސީއެލްގެ އައިޓީ ޑިޕާރޓްމެންޓް އިން މިފަދަ އިސްނެންގެވުމެއް ނަންގަވައިގެން މިކަން ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ ރަނގަޅު ކަންކަމަށް ހިތްވަރު ދޭ އުސޫލުން މިފަދަ އެޕްލިކޭޝަން އެއް އެމްއޭސީއެލްގެ އައިޓީ ޑިޕާރޓްމެންޓް އިން ނެރުން މީ ކްއަންޓަމް މެކޭނިކްސްގެ ތެރޭން ޑޭޓާ ޕްރޮސެސިންގް ޓެކްނޮލޮޖީ އުފަން ވުމުން އޭގެ ބޭނުން ކުރުމުގައި އިސްކަން ދޭން ޖެހޭނެ ކަންކަން. ރޯދަ މަހަކީ އެއީ ހެޔޮކަންކަން އިސްކޮށް ދުނިޔެ ބިނާ ކުރަން އިންސާނާ އަށް ލިބޭ ރަނުގެ ފުރުސަތެކޭ މީވިސްނާލަން ޖެހޭނެ ކަންކަމޭ އިން ދިސް ޖާރނީ ވީއާރ ކޮމްޕޭނިއަންސް ސްޓްރަގްލިންގް ޓު މޭކް ދިސް ވޯލްޑް އަ ބެޓަރ ޕްލޭސް ފޯރ އޯލް އޮފް އަސް ވައި ޝުޑް ވީ ފައިޓް އޯއް އޯއް އޯއް ޓެލްމީ ވައި ޑޫ ވީ ހޭވް ޓު ފައިޓް...