ރައްޔިތުންގެ އިތުބާރު ހޯދައި ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ ފުލުހުންގެ ފަރުދީ ޒިންމާ އަދާކުރުން ކަމަށާއި އެކަން ކޮންމެ ފުލުހަކު ވެސް ކުރެއްވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފިއެވެ.

ހުޅުމާލޭގައި ގާއިމު ކުރި ފުލުހުންގެ އާ މަރުކަޒު ހުޅުއްވައި ދެއްވުމަށް ފަހު، އިމްރާން ވިދާޅުވީ ފުލުހުން މުޖުތަމައު އަށް ފޯރުކޮށްދެމުން އަންނަ އަމަން އަމާންކަން ގާއިމްކޮށް ދިނުމާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ހިދުމަތަކީ މުޖުތަމައުއަކަށް ބޭނުންވާނެ އަސާސީ ހިދުމަތްތަކުގެ ތެރެއިން މުހިންމު އެއް ހިދުމަތް ކަމަށެވެ.

އިމްރާންގެ ވާހަކައިގައި ވަނީ، އަމާން މުޖްތަމައަކަށް މުހިންމުވާ މިންވަރު ގުރުއާންގެ އަލީގައި ހާމަކޮށް ދެއްވައިފައެވެ.

އިމްރާން ވިދާޅުވީ ރަނގަޅު މުޖުތަމައުއެއް ގާއިމް ކުރަން އެންމެ މުހިންމު ދެ ސިފައަކީ އިގްތިސާދީ ތަނަވަސްކަމާއި މުޖްތަމައުގެ އަމަން އަމާންކަން ކަމަށެވެ. އަދި މި ދެ ސިފައަކީ މުޖްތަމައު ދެމި އޮތުމަށްޓަކައި ލާޒިމްކުރާ ދެ ސިފަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމާންކަމާއި ރައްކާތެރިކަމާއި މިއަދުގެ ދުނިޔޭގައި ލިބެނީ ފުލުހުން ކުރާ މަސައްކަތުން ކަމަށާއި، މި ޒިންމާއަކީ ފުލުހުން އެކަމުގެ މަތިން ހަނދާންކުރާ ހާލު ފަހުރުވެރިވާން ޖެހޭ ޒިންމާއެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ސަރުކާރުން ފުލުހުންނާ ދޭތެރޭގައި ވަރަށް މަތީ އުންމީދުތަކެއް ކުރަމުން އަންނަ ކަމަށާއި، ފުލުހުންގެ ހިދުމަތްތައް ފުރިހަމަކޮށް ފުލުހުންނަށް ގާއިމްކޮށްދޭންޖެހޭ ވަސީލަތްތައް ގާއިމްކޮށްދިނުމަކީ މުހިންމު ޒިންމާއެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެކަމަށް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު އެދެނީ ފުލުހުންނަކީ ރައްޔިތުން އެދޭ ފަދަ ހިދުމަތެއް ކުރާ، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމް ލިބިގެންވާ ބަޔަކަށްވުން. މި ސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމާތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ތެރެއިން އެއް ފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުންކޮޅެއް ކުރާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދެމުން ދިއުން އެއީ އެންމެން ހިތާމަކުރާ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހްތިރާމާއި އިތުބާރަށްޓަކައި އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރާއި ކަރާމާތަށްޓަކައި ކޮންމެ ފުލުހަކުވެސް އެ ފުލުހެއްގެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯހަލާކު

    ކަލެޔާ (ސޭކު އިމްރާން) އެމްޑީއެން ހަމީދު އަދި އޭނަގެ ބައިގަނޑުގެ އިތުބާރުނެތީ އާއްމުޕޮލިހުންގެ އިތުބާރުއެބައޮތް..

    28
  2. ސަންޕާ

    އިމްރާން މޫނުމަތިން ފެންނަނީ ލަދުވެތިކަން ، ޔާމީންގެ ވިސްނުން ތޫނުކަން ތީ ހަމަ..

    19
  3. ހުސޭނުބޭ

    ކާކުތަ ފަރުދީ ޒިންމާ އަދާކުރަންވެގެން ޖަލަށް ފޯނު ވަގަށް ވައްދައިގެން ސެލްފީނެގީ!

    20
  4. ޑރ.އަފްރާޝީންގެ މަރާގުޅޭ ޑޮކިއުމަންޓް ތައްކޮބައިހޭ

    ހޯ ހޯ މުނާފިޤުން ބަސްބުނަން ތިބެގެން ކުރިއެރުމެއްވެސް ހަމަޖެހުމެއްވެސް ނުލިބޭނެ އެއްބާރުލުމެއްވެސް ނުލިބޭނެ އެ ކުވެރި ކަމެއްވެސް ނޯންނާނެ ރަނގަޅުގޮތް ވާންއެދޭނަމަ ފުރަތަމަ ތިމާ ހިންގި ޖަރީމާތަ ކަށް ރައްޔިތުންގެ ކިބައިން މާފަށްއެދި ތައުބާވޭ ކަލޭ މުނާފިޤަ ކަށް ނުވާނެ އެއްވެސްގޮތެއްނެތް މުނާފިޤުންގެ ގައިގަ ހުންނަ ހުރިހާސިފައެއް އިމްރާނުގައިގަހުރި ކަމުގެ ހެއް ކަ ކަކަށް ހަމައެ ކަނިފުދޭ ޑރ.އަފްރާޝީންގެ މަރާގުޅުވައިގެން ދެއް ކި ރޯބުހުތާން ދޮގުވާހަ ކަތައް ތިވަރުގެނުބައި ނުލަފާ ޖާހިލެއް ދުވަހަ ކު ނުދެ ކެން ހަނުހުރުން ރަނގަޅު ތި ކަހަލަ ޖާހިލުންނަށް ހަލާ ކުހުރި!

    18
  5. އަލިބެ

    އަނގަ ފުޅާ ކުރޭ އެބަ ދޯ؟ އަމިއްލަ މީހާގެ އިތުބާރު ނެތީ.. ފުލުހުންގެ އިތުބާރު އޮންނާނެ

    19
  6. ރިބް

    ޝުކުރިއްޔާ ރައީސް ޔާމީން. މަނިކުފާނަކީ އާރާސްތުކޮށް ބިނާކުރައްވާ ލީޑަރެއް.

    25
  7. ރަދީފް ހުސެން

    މީހަ ކު މަރާލި ކަމައް މީހެއްގެ ބޮލުގައި އަޅުވާފަ އެއްވެސް ހެއް ކެއް މިހާތަނައްވެސް ނުދެއް ކި ހުރިމީހަ ކު ފުލުހުންގެ ވެރިޔަ ކައްހުރެ ފުލުހުން ރައްޔިތުންގެ އިހްތިރާމް ހޯދަން ކުރެވޭނެ މަށައް ކަތެއް ނެތް.

  8. އަފީ

    ރައްޔިތުންގެ އިތުބާރު ދިވެހި ފުލުހުންނާ ދިވެހި ސިފައިންނަށް އަބަދުވެސް އޮވޭ! ރައްޔިތުންނަށް އިތުބާރު ނެތީ އިމްރާން އާއި އެމް.ޑި.އެން ހަމީދުގެ އަދި ބައެއް ސިޔާސީ ކުލަޖެހިފަ ތިބި އޮފިސަރުންގެ

  9. ހައްވަ

    ކިހިނެއް މިސަރުކާރައް ދެންއިތުބާރުކުރާނީ ބޮޑުކުލި ދައްކަން ޖެހިފަމިތިބީ ރާއްޖެތެރެމީހުން މާލޭގަ ދިހަބުރިޔައްގެނަގައިގެން އުޅޭމީހުންނަލް ކުލިދައްކަންޖެހެނީ ރާއްޖެތެރެމީހުންވިއްޔާ ނިކަމެތިންނައލިބުފުލެޓުތައްވެސްމާލޭމީހުން ބޮޑުއަގުގަ ކުއްޔައްދޭން ޖަހައިގަތީ މިސަރުކާރުން ދެންވޯޓުނުދޭނަން ވަކިވެލީ