ގއ. ދާންދޫން އަންހެނަކާއި އޭނާގެ ފިރިހެން ދަރިފުޅު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ފައްސިވީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ކޮވިޑް-19 އަށް ޓެސްޓް ކުރި ދެ މީހުންނެވެ. އެ ރަށުން ފައްސިވީ އުމުރުން 59 އަހަރުގެ އަންހެނަކާއި އޭނާގެ އުމުރުން 19 އަހަރުގެ ފިރިހެން ދަރިފުޅެވެ.

ދާންދޫން ފައްސިވި އަންހެން މީހާއަކީ ހައިރިސްކު ކެޓަގަރީގެ މީހެކެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު "ވަގުތަށް" ވިދާޅުވީ، މިހާތަނަށް އައި އިރު އެ ވޭދަނަ (ކޭސް)ތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމާށެވެ.

" ކޮންޓެކްޓް ޓްރޭސިން އާއި އެ ނޫނަސް ބަލަން ޖެހޭ ކަންކަން ބަލާނެތާ ދެއްތޯ. އެ މަސައްކަތް މިހާރު ކުރިއަށް ދޭ އެބަ. މިރަށް މޮނިޓަރިން އަކަށް ވެސް ނުލާ. މިއީ ކަަރަންޓީނުގައި ތިބި ބައެއް." އިސްމާއިލް އަހުމަދު ވިދާޅުވއިެވެ.

އޭނާ ވަނީ މީގެ ކުރިން ކަރަންޓީނު ވާން ދާ ބައެއް މީހުން އުސޫލާ ޚިލާފު ވުމުގެ ޝަކުވާ ލިބޭކަން ފާހަގަ ކުރައްވައިފައެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަދަ ކަންކަން ނުކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"މިއެންމެ ފުރަތަމަ ކަރަންޓީނު ކުރި އިރު އާދޭ ވަރަށް ޝަކުވާ ކަރަންޓީނުގެ އުސޫލާއި ޚީލާފުވެގެން. ދެން މިހާރުގެ ހާލަތަށް ބަލާފައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ކަރަންޓީނުގެ އުސޫލާއި ޚިލާފު ނުވުން. ބޭރުތެރެއަށާއި އެއްޗެހި ނުކުމެގެން ނޫޅުން. އޭނާ ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 7،804 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، މި ބަލީގައި ނިޔާވެފައި ވަނީ 29 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތެނަދު

    ދެން ތިމީ ހުން ގެން ދަނީ ކޮންތަނަކަން ބަ

  2. ހުވަދޫ ރައްޔިތުން

    މިފަހަރުވެސް ގެންދާނީ ގއ ވިލިގިއްޔައް ކެރެންޔާ ނިކަން ނުކުމެ މުޒާހާރާ ކޮއްބަ. ތީކީ ހަމައެކަނި ވިލިގިލި މީހުންގެ އެކަނި ތަނެއްނުން ހުވަދޫ ގެ 40،000 ހާހެއްހާ މީހުންނައް ސަރުކާރުން ހަދާފައިން ފެސިލިޓީއެކޭ ވިލިގިލި މީހުން ހޭބަލިވަނީ.

    14
    2
  3. ދާންދޫ ރައްޔިތުމީހާ

    އިރާދަ ކުރެއްވިޔާ އިސާހިތަކު އެދެމައިން އެބަލީން އެއްކޮށް ރަނގަޅުވާނެ. މި ބައްޔަށް ވާސިލުވާ އެންމެންނަށް އަވަސް ޝިފާ ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަމެވެ. އާމީން. ޔާ ރައްބަލް ޢާލަމީން އާމީން.

  4. ތުނބުޅި

    ފުރަތަމަ ކަމަކަށް އެޗްޕީއޭ އިން ބަލާބަލަ ރީޖަނަލް އެއަރޕޯޓް ތަކަށް މާލެއިން ދާފަރާތްތައް އެމީހުންގެ އަމިއްލަ ރަށަށް ދަނީ، ސިއްހީ ގޮތުން ފިޔަވަޅު އަޅާފަ ހުރި އުޅަނދު ތަކުގައި ތޯ. ގައިމުވެސް ލޯންޗް ފަހަރުގެ ކައްޕިން ނާއި ކުރޫން ވެސް ތިބެނީ ސަލާމަތީގޮތުން ރައްކާތެރި ނުވެ. ދެން މިވާގޮތަކީ މާލެއިން ދާމީހުންނާ ކައްޕިއާ ކުރޫ އާއި އަދި ނުވިތާކަށް އުޅަނދައްއަރާ އެންމެން ތިބެނީ 3 "ސޫތު" ދުރުމިނުގަ. ރަށަށް ދިޔާމަ މާލެއިންދިޔަ މީހާ ކަރަންޓީނަށް . ދެންތިބި އެންމެން ރަށުތެރޭގަ އުޅެންވީ. މި އުސޫލަށް ކިޔާނެ ރަނަގަޅު ދިވެހި ނަމެއް ހޯދަން މި އުޅެނީ

  5. ޢާމިން

    40000 މީހުންނަށްވާވަރުގެ ހޮސްޕިޓަލެއް އަޅަިގެންތަ މި އުޅެނީ
    ޙޮސްޕިޓަލަކީ ކުރިންވެސް ބޭނުންކުރަމުން އައި ހޮސްޕިޓަލް
    ޢެއިމާރާތް އެއްކޮށް ކޮވިޑަށް ނަގައިގެން އެއުޅެނީ
    ކޮބާ ކޮވިޑް ނުން ބަލިމީހުންނަށް ފަރުވާދޭން ހުރީ އެންމެ 3 އޯޕީޑީ އާއި 5 އެދުގެ ވޯޑެއް އެކަނި