އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފު (މޮހޯ) އަށް ގުޅާފައި ވާނީ އެއްވެސް ހާލެއްގައި ވޮޑަމުލާގެ ފައިސާގެ ހޯދަން ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގައި ރައީސް ޔާމީން ވަނީ އައްލާމް ލަތީފްގެ ފަރާތުންވެސް ފުލުހުންނަށް ދީފައިވާ ބަޔާނުން ރައީސް ޔާމީން ގުޅާފައި ވަނީ ވޮޑަމުލާގެ ފައިސާ ހޯދަން ނޫންކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވެފައެވެ.

"އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ ގޮތުން އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު އައްލާމް ލަތީފު ފުލުހުންނަށް ދީފައި އޮތް ބަޔާނުގައި ވޮޑަމުލާގެ ފައިސާ ހޯދަން އަޅުގަނޑު ގުޅި ވާހަކައެއް ބުނަފައެއް ނެތް. އަދި އަހުމަދު އަދީބު އަތުގައި ރައީސް ޔާމީނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން، އެ ފޯނު ކޯލަށްފަހު އައްލާމް ލަތީފަށް އެނގުނުކަން އޭނާގެ ބަޔާނުން އެނގޭ. ފޯނު ކޯލު ނިންމާލުމަށްފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭށޭ، އަހުމަދު އަދީބު ބުނި ކަންވެސް އެ ބަޔާނުންވެސް އެނގޭ. ދެން އަޅުގަނޑަށް ލިބެންޖެހޭ ފައިސާއެއް ހޯދަން، އަޅުގަނޑު ގުޅިއިރު ކިހިނެއްތޯ އަޅުގަނޑަށް އެނގޭނީ އަޅުގަނޑަށް އެ ޖަމާކުރީ ވޮޑަމުލާގެ ލާރި ކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިއަދުގެ ޝަރީއަތުގައި އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާގެ މުއާމަލާތް ހިންގުމުގައި އެއްވެސް ގޯހެއް ހިންގާފައިވާ ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު އެކަމުގައި ގޯހެއް ހެއްދެވި ނަމަ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުވެސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޝަރީއަތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ކަމަށްބުނާ ފައިސާއަކީ ވޮޑަމުލާގެ ފައިސާކަން ޔަގީންކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި އެ ތަހުގީގަކީ ޖޮއިންޓު އިންވެސްޓިގޭޝަނެއް ހިންގަންޖެހޭ ކަމަކަށްވާއިރު އެކަން ކޮށްފައި ނުވާ ކަމަށާއި ފުލުހުންގެ ތަހުގީގުވެސް ހިންގީ އިޖުރާއަތްތަކާއި ހިލާފަށް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތުން އެ ތަހުގީގުގައި އެސްއޯއެފްގެ ވާހަކަތައް ގެނެސްފައި ނުވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާއަކީ ވެސް ކުށުގެ އުންސުރުތަކާއި ހިލާފަށް ކޮށްފައިވާ ދައުވާއެއް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރިއިރު އެ ކުންފުނީގެ އެކައުންޓުގައި ފައިސާ ހުރިކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އެއް މިލިއަން ޑޮލަރު ހަމަވާން މަދުވެފައި ވަނީ 19،016 ޑޮލަރު ކަމަށެވެ. އަދި އެކުންފުންޏަކީ ސައްހަ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށް 2017ވަނަ އަހަރު ސިވިލް ކޯޓުން ވެސް ނިންމާފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ތަނެއް ނެތް ކަމަށް ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުން ނިމުމުން ދެން އޮންނާނީ މި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލޮލްލް

    ފައިސާ ޖަމާކުރީ.....ނޫޓުގަ ނޯންނާނެ ލިޔެފައެއް މީ ވޮޑަމުލާގެ ރުފިޔާ އޭ ... ރެކެންވެސް ހަމަޖެހޭ އެއްޗެއް ކިޔާނަމަ...

    30
    113
  2. ސަޒާ

    ސާފުކޮށް ކަންކަން އެގެން އޮތްއިރުވެސް ދައުލަތުން މަސައްކަތް ކުރަނީ އަދިވެސް އޮޅުވާލަން. މާތްﷲ ހައްގައް ނަސްރު ދެއްވާށި. އާމީން.

    133
    11
    • ނާސާ ސައިންސްޓިސްޓް

      ހައްގަށް ނަސް ރު ލިބިގެން ނޫންތޯ ޖަލަށް ދާން ޖެހުނީ. ހައްގުގޮތުގަ ހުރިނަމަ އަދިވެސް ވެރިކަމުގަ ހުރީމުސް ނޫންތޯ

      8
      21
  3. އަދުރޭ

    ބަލަ ޔާމީންއަށް އަދީބު ދޭންޖެހޭ ކޮން ފައިސާ އެއްހޭ؟ ޔާމީންއަށް ކޮންތާކުން ލިބުނު އެއްމިލިއަން ރުފިޔާއެއްތަ؟

    31
    89
    • ބޯހަލާކު

      ޕާޓީހިންގަން ވިޔަފާރިވެރިންދިންހާލާރިވެސް ހުރީއަދީބްއަތުގަކަން ކިތައްފަހަރު ޔާމީންިދާޅުވި.
      ގަމާރުވިޔަސްތީބޮޑުވަރު.

      77
      8
      • ޢަލީބެ

        ފައިސާ ދިން ފަރާތްތައް ކައްވަޅުން ނަގައިގެން ސުވާލު ކުރެވޭކަށް މިވަގުތު ނެތް. ޔަޤީނުންވެސް މަރްހޫމް މުހައްމަދު މަނިކު އެއީ އެކަކު.

        27
      • ސުންބުލި

        ރައީސުކަމުގައި ހުންނަ މީހަކަށް ހެޔޮއެދޭ މީހުން ފައިސާ ދެންޏާ އޭގެ ކުރިންވެސް މިހާރުވެސް ލިބެމުން ދާނެތާ. ރައީސުގެ ހައިސިޔަތުން ލިބޭ ފައިސާ/ މުޢާމަލާތް ޝަރީޢަތުގައި ހުއްދައެއް ނޫން.

        3
        4
      • ލޮލްލް

        ގަމާރު ވިޔަސް ބޮޑުވަރު،،ވަގަށް ނަގާ ލާރި ވިޔަފާރިވެރިންގެ އަތުން ޑޮނޭޝަންގެ ގޮތުގައި ޕާޓިއަށް ގެނައުން އެއީ މަނީ ލޯންޑަރިންގެ އެންމެ ބޭޒިކް އެއް ގޮތް.. ނޭގޭ ކަންކަމާއި އަނގަވަރާތީ މައްސަލައަކީ

        2
        1
  4. ސަލާމްބެ

    ބުއްޅަބޭ އަށް ރާއްޖޭގެ ހުރިހާ ކޯޓްމަރުހަލާއެއްގަ ކުރިހުކުން ތަކުން ރެކެވުނީ ކިހިނެއްކަން މިރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެނގޭ. ދެންކޮންއަނގައެއްތިތަޅަނީ؟ އަދި އަބްލޯގަޒީ ހައްޔަރުކޮށް ވަގައްނަގާ ބުއްދިފިލާގޮސް އަަމިއްލައަށް އިސްޔިއުފާދީފަ ހޭވަެރިކަންވެ އެހެންބައެއްގެ ބޮލުގަ އެކަންއަޅުވާ ރެކެންމަސައްކަތް ކުރިކަން ވެސްއެނގޭ. ދެލޮލައްފެންނާނީ ދެލޮލުންބެލީމަ. އެއްލޮލުގަ އަތްއަޅާގެން ބެލީމަ ދެލޮލަކަށް ނުފެންނާނެ. ﷲގެރަހމަތްފުޅާއެކު ރ ޔާމީން މިނިވަންވާތަން ދެކޭހިތްނުވާ ބަޔަކުދެކޭހިތްނުވިޔަސް ﷲގެއިރާފަުޅާއެކު ފެންނާނެ. ހަޖަމުވާނެތަ؟ އެހެވިއްޔާ ކުރީބާގަ ބޭސްހޯދާ!!!

    56
    6
  5. ކިޔުންތެރިއެއް

    ކޯޓުތަކުގެ ވެރިންނަށް ދުނިޔެ ހިތަކަށްލިބުނީމަ އެމީހުން ހީކުރަނީ މަރުނުވާނޭކަމަށް.

    55
    3
  6. ފިނިފެންމާ

    ކޮންމަސައްކަތައްތޯ ޔާމީނަށް އެއްމިލިޔަން ޑޮލަރު ދޭންޖެހޭނީ. މިއީ ކުޑަކުއްޖަކަށްވެސް ސާފުވާނެކަމެއް. ޔާމީނަކީ އެއްވެސް ވިޔަފާރިއެއް ކުރާ މީހެއްނޫން. ދެން ކިހިނެއް އެކައުންޓަށް މިލިޔަނުން ޑޮލަރު ވަންނަނީ.

    16
    53
    • ައަސުރުމާ

      ބަލަ މިހިރަ ބުރާންޗާ، ޕާޓީ ހިންގަން ވިޔަފާރިވެރިން ދީފައިވާ ލާރިހުރީ އަދީބު އަތުގައޭ ކިޔާ އަޑު ނީވެނީތަ؟ އެންމެ ކައިރި ހޮސްޕިޓަލަކަށް ކަންފަތް ދައްކަންވީނު،..

      12
      3
  7. ކަނޑުކޮސް

    ސަރުކާރުފެއިލްވެެއްޖެ ރައިސްޔާމީނާ ދެކޮޅަށް އިއްވާފައިވަނީ ޢައިރުގާނޫނީ ހުލުމެއް ކަން ހުރިހާގާޒީންނަށް އެބައެނގޭ އެއްވެސްގާޒީއަކު ނާޖާއިޒުގޮތެއްގައި ފައިސާބޭނުންނުވާނެ މިފުރުސަތުގައި ހުރިހާގާޒީން ބޭނުންވާނީ ރައީސްޔާމީން މިނިވަންކުރަން އިންޝާ ﷲ.

    60
    7
  8. އުތުރުން

    ރ ޔާމީންގެ މައްޗަށް ހިންގާފައިވަނީ ސިޔާސީ އަނިޔާދިނުމުގެ އަދި ބަދަލު ހިފުމުގެ ދައުވާ އެކެވެ
    ދައުލަތުގެ މުދަލުންނާއި ފައިސާއިން ވައްކަންކުރރ ރާ ބޮޑުވަގު
    އެހެރީ ހުދުކާފޫ ރަށް ވެގެން އައިހެވެ.

    29
    2
  9. މެކުނު

    މާދަމާވެސް މަރުވެދާނެ ދޮގުހަދަން އުޅެގެންވެސް ބޭނި ހުސްވަނީ އަމިއްލައަށް ފެހުނު އިލޮށި ގަނޑު އަމިއްލަ ލޮލަށް ހެރިނިމިއްޖެ

    14
    1
  10. ޢެޑްމުންޑޯ

    1 މިލިއަން ޑޮލަރ ދިނީ ކާކުތޯ ބޭފުޅާއަށް ، މިދައްކަނީ ކުޑައަދަދެއްގެ ވާހަކައެއްނޫން

    7
    14
  11. ސިއްރު

    ޟިޔަ ނޮގޮވާ މަނިކުދިން ފައިސާ ކިބާ

  12. އިންޑިއާ

    އިންޑިއާގައި ހެޔޮލަފާ ކިޔަމަންތެރި އަދި އަޅުވެތިކަމަށް އެއްބާރުލުންދީ އުޅެމުންދާ ގިނަބަޔަކު ތިބިކަމުގައިވި ނަމަވެސް ، މިގައުމަކީ އިންސާނީ ދަރިފަސްކޮޅު 100 އަހަރަށް ފަހަތަށްޖެހުމުގެ ޒިންމާ ނަގަންޖެހޭ ގައުމެއް. ގައުމެއްގެ ސިކުޑިތަކެއް ވިއްސިވިހާލިކޮށް ބޭގަރާރުކުރުމުގައި މިފަދަ ކުރި ހޯދާފައިވާ އިތުރު އެހެން ގައުމެއް ނުދެކެން...

    11
  13. ކަޅުބެއާދަން

    ކޮންމެގޮތެއްވިއަސް ހެޔޮ ރައީސްޔާމީން މިނިވަންވިޔަސް ނުވިޔަސް ހެޔޮ ލޮކުޑައުންނިމުނީމަ ވެރިކަން ކުރާނީ ރައީސްޔާމީން މީރަށްޔަތުން ބޭނުންވާގޮތް އެކަން ﷲ އިރާދަފުޅުން ވާނެ ﷲ އަކުބަރު.

    15
    1