އެމްޑީޕީގެ ލީޑާޝިޕްއަށް ފުލުހުންގެ ހިދުމަތުގެ މުހިއްމު ކަން ނުވިސްނޭ ކަމަށާއި އެމްޑީޕީން ފުލުހުންގެ ކިބައިން މައާފައަށް އެދެން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގައި އިސްކޮށް މިހާރު އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކައަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ރައްދު ދެއްވައިފިއެވެ.

ޝިއްޕެ ޑރ. ޖަމީލަށް ރައްދު ދީފައި މި ވަނީ ހުޅުމާލޭގައި ޕީޕީއެމްގެ ސަރުކާރުގައި ބިނާކުރި ފުލުހުންގެ މަރުކަޒަށް އިޝާރާތް ކުރައްވައި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރަނީ ޕީޕީއެމްއާއި ޕީއެންސީގެ ފިކުރުގެ ބޭފުޅުން ކަމަށް ޑރ. ޖަމީލު ވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ މިނިސްޓަރު، ޝިއްޕެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރަނގަޅު ގޮތަކީ ސިޔާސީ މައްސަލައަކާ ހެދި ބޭރުގައި އަރުވާލެވިގެން އެތައް އަހަރެއް ވަން ދެން ހުންނެވުމަށް ފަހުގައި، ރާއްޖެ ވަޑައިގަނެވޭނެ ގޮތް ވުމުން އެކަމަށް އެމްޑީޕީއަށް ޖަމީލު ޝުކުރު އަދާ ކުރެއްވުން ކަމަށެވެ.

ޝިއްޕެ އިޝާރާތް ކުރައްވާ ކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަަމަ ނައިބު ރައީސަކަށް ހުންނެވުމަށް ފަހު، އެމަނިކުފާނުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޖަމީލުގެ އިތުބާރު ނެތް ކަމަށް ނިންމަވައި، ފަހުން ރާއްޖެ ދޫކުރައްވައި ބޭރުގެ ސިޔާސީ ހިމާޔަތުގައި ޖަމީލު އުޅުއްވި ދުވަސްވަރަށެވެ.

ޖަމީލު އޭރު ވިދާޅުވަމުން ގެންދެވި ގޮތުގައި، ރާއްޖޭން ބޭރަށް އަރުވާލެވިގެން އެ ދުވަސްވަރު ހުންނެވީ ރާއްޖޭގައި އޭނާގެ ރައްކާތެރިކަމުގެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. އޭރުގެ ސަރުކާރަކީ "އަނިޔާވެރި" ސަރުކާރެެއްގެ ގޮތުގައި ސިފަ ކުރައްވައި ސަރުކާރު ނިމުމަކަށް ގެންނަން ވެސް ބޭރުގައި ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށް ވެސް ވިދާޅުވެއެވެ.

ނަމަވެސް، މި ސަރުކާރު ގެންނަން އެންމެ އިސްކޮށް އުޅުއްވި ޖަމީލަށް މިދިޔަ މަޖިލިސް އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީއެވެ. ކުރިން އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ރައީސް ޔާމީނަށް ފަހަކަށް އައިސް ތައުރީފު ކުރައްވާ ވާހަކަ ދައްކަވައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަނަމަނަ

    ޝިއްޕެ މާރަގަޅުވާނެ ގެއްއްގޮސް އަބިމީހާކާރޮން މައާފައްއެދުނިއްޔާ ރައީސްއޮފީހުގެމޮނިސްޓަރުކަން ލިބުނީމަ އެއީ ނައިބުރައީސްކަންލިބިމެއްނޫން ގޮޅާބެ

    32
    5
  2. ކާފަބޭ2020

    ވެބްމިނިސްޓަރު ހަމައިގަހުރިވަގުތަކާދިމާވީތޯ؟ ޚަބަރެއްނުވާތާ ގިނަދުވަސްވީމަހަމައަހާލީ

    36
    4
  3. ނާނު

    ޢެއީ ބްރޯގެ އަތުން ރިޝްވަތު ހިފައިގެން ޖަމީލު ނައިބު ރައީސް ކަމުން ވަ ކިރުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުން ވޯޓު ދިނީމަބާ ވަރަށް ތާހިރު ވާހަކަޔެއް ތިޔަ ދައް ކަނީ

    20
    2
  4. އަފީ

    ވެބްކެމް ކުރިމަތީ އޮރިޔާންހާލު ހުރި މީހަކު އެހެން މީހަކަށް ރައްދު ދެވޭނެތޯ؟ ގޮތް ނިންމާނީ ރައްޔިތުން.

    18
    2
  5. ގުއިދައިތަ

    އަނހަ! ވެބްކެމް ކީ ކަހާނީ..!!

    17
    1
  6. ހުސޭނުބޭ

    ކަލޭ ބުނާގޮތަށް މީހަކު ވެބްކެމް މެދުވެރިކޮށް ކަލޭ ފަދައިން ޝުކުރުއަދާކުރަންވެއްޖިއްޔާ އެމީހަކު އޮންނާނީ ބޮލާފޮށާއެޅިފައި

    19
    1
  7. ހަނި

    އެމްޑީޕީ ހު ރިހާ އެންމެން ޖަމީލުއަށް ސު ކު ރުއަދާކު ރަން ޖެހޭނެ ކަލޭމެެންނަށް ވެ ރިކަންްހޯދިނީމާ ؟؟

    12
    1
  8. ސާމީ

    ތިހުރިހާ ކަމެއް ޖަމީލާ ދާތެރޭ އަދީބު ލައްވާ ކުރުވީ އެމްޑީޕީ އަޑީގައި އޮވެގެން އަދީބު. ނާއިބު ރައީސް ކަމުން ޖަމީލް ދުރުކޮށް ފިތުނަ ވެރިވާހަކަ ޔާމީނާ ޖަމީލާ ދޭތެރޭ އަދީބުލައްވާ ދެއްކެވީ ވެސް އެމްޑީޕީ އަޑީގައި އޮވެގެން އެމްޑީޕީ.. ޖަމީލް ނާއިބު ރައީސްކަމުން ދުރުކުރެވޭނެ މަގުފަހިކުރުވީވެސް އެމްޑިޕީ. ނާއިބުރައީސް ކަމަށް އަދީބު ގެންނަން ހުރިހާމަސައްކަތެއްކުރީ އެމްޑީޕީ އަޑީގައި އޮވެގެން އެމްޑީޕީ. އަދީބުލައްވާ ޔާމީންގެ ވެރިކަމުގައި ހެދި ހުރިހާ ފިތުނައަކާ ހެދިހުރިހާ ފަންޏެއް ހެދީ އެމްޑީޕީ.ނަތީޖާއަކަށްވީ އަދީބުދެއްކި ވާހަކަ ޤަބޫލުކޮށް ޖަމީލްެގެ އިތުބާރު ނެތްކަމުގެ ވޯޓްގައި އެމްޑީޕީ ވެސް ބައިވެރިވެ އަދީބު ނާއިބުރައީސަކަށްވުން.ދެން އެމްޑީޕީ ޤސްދުކުރީ އަދީބުއާ ބައިވެރިވެގެން ޔާމީން ގެ ދުވަސް ދުއްވާލަން.މުޅި ވެރިކަން އޮޅުން ބޮޅުންވެބޮޑު ފިތުނައިގެ ހާއްޔަކަށް އަދީބުލައްވާހެދުން. ނަތީޖާއަކަށްވީޖަމީލާ ޖަމީލް ތާއީދު ކުރާމީހުން އެމްޑީޕީއާ ބައިވެރިވެގެން އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުން. ދެން ކޮންޝުކުރެއް މިކަމުގައި އެމްޑީޕީއަށް ލިބޭނީ. އަދީބުއަށް ނޫންތަ ހުރިހާ ޝުކުެއް އެމްޑީޕީ ދޭންޖެހެނީ.

  9. ބަރަބޯ

    ގައުމު ދަވާލީމަ އެމްޑީޕީއަށް ޝުކުރިއްޔާ.

    12
  10. އައްގަކޭބެ

    ބަރާބަރު ޝުކުރުހައްގު އެއީ ރައްޔަތުން ހައްދައިގެން ފޮނިހުވަފެންދައްކައިގެން ނުކޮއްދޭ ވައުދުވެގެން ވެރިކަމައް އަރާ މުޅިގައުމްގެ ބޭތުލްމާލްހުސްކޮއް ރައްތައް ވިއްކާހުސް ރައްޔިތުން ބަޑައްޖެއްސީތީ ޝުކިރިއްޔާ ވެބްކެމް ބޯއީ ކީއްތޯ ކުރާނީ