ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ހުރި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ނުދެވޭ ނަމަ، ރައްޔިތުންގެ އަތުން ދައުލަތަށް އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އިންނެވި އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އިބްރާ ރޭ ކުރެއްވި އެއް ޓްވީޓެއްގައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާ ބައެއް ފިޔަވަޅުތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަމިއްލަ ކުދި ވިޔަފާރި ކުރަން ވެސް އެޗްޕީއޭގެ ހުއްދަ ނަގަން ޖެހޭތޯ ސުވާލު ކުރެއްވިއެވެ.

އިބްރާގެ ޓުވީޓުގައި ގާނޫނުއަސާސީގެ 19 ވަނަ މާއްދާ ވެސް ފާހަގަކުރެއްވިއެވެ. އެ މާއްދާގައިވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަން ކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.

އިބްރާ ދެ ވަނަ އަށް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ހުރި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ނުކޮށްދެވޭނަމަ ރައްޔިތުންގެ އަތުން ދައުލަތަށް އެއްވެސް ޓެކުހެއް ނަގައިގެން ނުވާނެ ކަމަށެވެ.

އިބްރާ މިހެން ވިދާޅުވިއިރު، އޮންލައިންކޮށް ކާބޯތަކެތި ވިއްކާނަމަ ރަޖިސްޓްރީ ކުރަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

އެއާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އަމާޒުވެފައިވަނިކޮށް އިކޮނޮމިކް މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވަނީ ގޭގައި ކުރާ ބައެއް އަމިއްލަ މަސައްކަތްތައް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް އެ ބަޔާނުގައި ވެސް ވިދާޅުވަނީ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ގޮތަކަށް ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޚިދުމަތް ދޭން ޖެހޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމަށް ފަހުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަހޫ

    އިބުލީހަށް ލާރިގަނޑު ލިބުނު ވަރު މަދުވީތަ؟

    15
    1
  2. ދުންތަރި

    ލާދީނީ ކަލޭގެ އަނެއްކާ މީޑިޔާއަށް ތިލަވާން ފެށިތަ؟

    15
    1
  3. ރޮޓެއްލާ

    މީނަވެސް އެއުޅެނީ އޭނަގެ ރަށުތެރޭ ގާތްމީހުން ހެދިކާހަދާތީ އެކަމުގެ ދިފާއުގަ ނިކުމެކަންނެ. ރާއްޖެތެރޭ ރައްޔިތުން ގުއިވަޅުން ފެންވަރައިގެން އުޅޭއިރު އެކަމާއިގުޅިގެން ހައްގުތަކޭ ނުކިއާ މީނަ.

    13
    1
  4. ރައްޔިތުމީހާ

    އިބުރާބުނިޔަސް ތިޔަ ވިދާޅުވީ ތެދުފުޅެއް.

    9
    2
  5. މޫސަ

    ހަރުދަނާ އުޞޫލަކާއި ރަނގަޅު އިންތިޒާމެއްގެ ދަށުން ކިޔަވައި ނުދެވޭ ނަމަ މަންދު ކޮލެޖުން ފީ ވެސް ނަގައިގެން ނުވާނެ. ތިޔަ ތަނުގެ އިންތިޒާމުތައް ރަނގަޅު ކަމުން ތިޔަ ކޮލެޖުގަ ކިޔަވާ ކުދިންނަށް ވާ ނުވާ ވެސް ނޭންގެ.

    15
  6. މަދޮށި

    ހައްގުތައް ހޯދައި ނުދެވޭ ވަރުގެ ނާގާބިލު ބަޔަކައް ވެރިކަން ދިނީމަ ވާނެ ހަޔެތި މި ވަނީ..

    20
    1
  7. ޚަލީލު

    ޙަޢްުގުތައް ނުދެވޭނަމަ ޓެކްސް ނުނެގުން އެކަންޏެއްނޫން ، އިސްތިޢުފާވެސް ދޭންވީ!

  8. ލލ

    ރައްޔިތުންގެ އަތުން ޖިޒީ ( ޓެކުސް ) ނަގަން މާވަރުދައްކައިގެން މަރުދަންޖެހުނީ އެމްޑީޕީ ނުންތޯ؟ ރައްޔިތުން ހޯދާ ފައިސާ ކޮޅުވެސް މިމީހުން ޖީބަށް ފަސޭހައިން ވައްދަންވެގެން ކުރިކަމެއް ނުންތޯ ؟ އަތުން ފޭއްސި އެތި އަމިއްލަ ގަޔަށް މިވަނީ !

  9. ޑޖދ

    އެއްކަލަ މީހާގަޑު އަގަފަޅަން ފެށީދޯ އަނެކާ