ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވި އިވެންޓަކަށް ދިޔަ ނޫސްވެރިޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ" އަދި "ޕްރޮޖެކްޓް ގާޑިއަން" އިފްތިތާހް ކުރުމަށް ފަޒްނާ ބައިވެރިވި ރަސްމިއްޔާތު ކަވަރުކުރަން އުޅުނު ނޫސްވެރިޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެރަސްމިއްޔާތު ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.

ކޮވިޑް-19 އަށް ފައްސިވި ނޫސްވެރިޔާ ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ މުހައްމަދު ހަމީދު ވެސް ބައިވެރިވި ހުޅުމާލޭ ޕޮލިސް ސްޓޭޝަން ހުޅުވަން އެދުވަހު ބޭއްވި ރަސްމިއްޔާތައް ވެސް ގޮސްފައެވެ.

އަދި އަންގާރަ ދުވަހު ބޭއްވި ދ.ވާނީ ޕޮލިސް ސްޓޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތައް ވެސް އެނޫސްވެރިޔާ ދިޔައެވެ. އެރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ރާއްޖެ އަށް އިންޑިއާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު ވެސް ބައިވެރިވިއެވެ.

މިތިން ރަސްމިއްޔާތު ވެސް ބޭއްވީ ވަކިވަކިންނެވެ.

ފަޒްނާ ބައިވެރިވި އިވެންޓަށް ދިޔަ ނޫސްވެރިޔަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ފަޒްނާ ކަރަންޓީން ވެފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. ކޮވިޑް-19 އާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބާއްވާ ރަސްމިއްޔާތުތަކުން މީހުން ފައްސިވި ނަމަވެސް ރަސްމިއްޔާތުގައި ބައިވެރިވި މީހުން މީގެ ކުރިން ވެސް ކަރަންޓީނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޯކިބާ

    އިންޑިއާ ސަފީރޭ، ވަރަށް ނާޒުކީ މައްސަލައަކަށް ތިޔަވީ.

    30
  2. ޚާރު

    ޢަަދިވެސް އިވެންޓް

    22
  3. ތާކިހާ

    ކޮވިޑުގެ ނުރައްކާތެރިކަން އެކަންޤަބޫލުނުކުރިމީހާއަށާއި ޖޯކްޖެހި މީހާއަށައި ހިނިގެޅި މީހާއަށާއި އެހާލަތު މިރާއްޖޭގައި ނެތްކަމަށް ޤަބޫލުކުރާ އެންމެ ނަށް ދައްކަވާށި

    19
    2
    • ހަޔަސިންތް

      ތެދުވާހަކައެއް އެއިރުން އެގޭނީ ބަލީގެ އަސްލުވޭން ޢާމީން

  4. އޮޅުވާލި ވޯޓު

    މިބާމީހުން އިވެންޓުތައް ބޭއްވިޔަސް އޯކޭ އެނޫން ބަޔަކު ކަމެކޮއްފިއްތާ އެޗުޕީގެ މިންގަޑުތަކެ އޮންނަނީ

    15
  5. Anonymous
  6. ބޯޖަލީލު

    ބަނޑިބުރާސްފަތި ފަޒުނާ ކަރަންޓީނު ނުވާނެ އެއީ މާ މަތިން ފައިބާފަހުރި ކަމަނާ އެއް

  7. އިބޫ ސާހިދު

    މިއީ ކޮންޒަމާނެއްގެ ފުޓޯއެއް މާސްކުނާޅަހުރީ އެހެންވެ އަހާލީ

  8. ދަރަނި ދަންތުރަ

    މިމަންޖެމެން ކޮންމެ ނާޗަރަންގީ އެއް ބޭއްވިޔަސް އޯކޭދޯ