ޖުމްހޫރީ ޕާޓީ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދަކީ ވަފާތެރި ހިދުމަތްތެރިއެއް ކަމަށް އެޕާޓީގެ ލީޑަރު އަދި މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނިމިގެން ދިޔަ ދައުރުގެ މަތިވެރި ދާއިރާގެ މެންބަރަކަށް ހުންނެވި ހުސައިން މުހައްމަދު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާ ވަނީ ސިޔާސީ، ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ.

ހުސައިން މުހައްމަދު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ، ފޮނުއްވި މެސެޖެއްގައި ގާސިމް ވިދާޅުވީ ހުސެއިން މުހައްމަދު ވަކިވެވަޑައިގަތުމަކީ ޖުމްހޫރީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އެއީ ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރެއްވި ވަރަށް ގާބިލް، ޒިންމާދާރު ބޭފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގެއްލިގެން ދިޔައީ ޖުމްހޫރީ ޕާޓީއަށާއި އޭނާ އަށް ވަފާތެރި ބޭފުޅެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ހުސައިން މުހައްމަދު, 71, ވަނީ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން، 2009-2019 އަށް ކުރައްވައިފައެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށުމާ އެކު ޑީއާރުޕީއާ ގުޅިވަޑައިގެން، އެ ޕާޓީ އަށް ހިދުމަތް ކުރެއްވުމަށް ފަހު، އޭނާ ފަހުން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާއެވެ.

ތައުލީމީ ދާއިރާގެ ޚިދުމަތް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީޑީސީ) އިން ފެއްޓެވި ހުސައިން ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ.

ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމު އަދާކުރެއްވިއެވެ. އަދި ޓީވީއެމްގެ ޑިރެކްޓަރު ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ކުރެއްވިއެވެ.

ހުސައިން މުހައްމަދު ނޫސްވެރިކަމަށް ކޮށްދެެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، އޭނާ އަށް 2018 ވަނަ އަހަރު ވަނީ، ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު މުނާސަބަތުގައި، ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ތާކިހާ

  ތިޔަ ވިދާޅުވީ ތެދުފުޅެއް. ޝުކުރިއްޔާ

  2
  1
 2. މާމިގިލީ މީހާ

  ކޮރޯނާ ޖެހިދާނެތީ ހަރުގަ ފިލާ އޮތް ބޯގޮވި ބުރުމާ.

 3. ޖާބެ

  ގާސިމް އިިބް ރާޙިމްއަށް އެމް.ޑީ.ޕީ އަކުން ޖާގައެއްނެތް ހަމައެކަނި އޮތީ އިދިކޮޅުން ކަމެއްވިޔަސް ވަން. 2023 ގެ ކެންޑިޑޭޓް އަކީ ކާކުން ސައްކެއްވެސްނެތް ގޮތައް ޤާސިމައް އިނގެނެ

  2
  1
 4. 2222.0

  މޮޅެތި ވާހަކަ ނުދައްކާ މުވައްޒިފުންނަށް ރަނގަޅު މުސާރައެއް ދެވޭތޯ ބަލާބަލަ!