ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދޭން މިހާކު ގޮވާލަމުން ދިޔަ އަޑު ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ބްރޯޑްކާސްޓް ކުރެވިފައިވާތީ އެ ޓީވީ ޗެނަލް އިން މައާފަށް އެދިއްޖެއެވެ.

ޗެނަލް 13 އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، "ރައްޔިތުންގެ އަޑު" ގެ ނަމުގައި އިއްޔެ ގެނެސްދިން ޕްރޮގްރާމްއަށް ގުޅި ބައިވެރިޔަކު ރައީސްއަށް ނިސްބަތްކޮށް އޭނާއަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާން ޖަހަން ކަމަށް ބުނި ބުނުމަކީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއް ކަމަށެވެ.

އެމީހާ އެހެން ބުނުމާ އެކު ޗެނަލް13 އިން ވާނީ ވަގުތުން އެ ފޯނު ކޯލް މެދުކަނޑާލާފައިވާ ކަމަށާއި، ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައި ވާތީ އެކަމަކަށް ޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ޗެނަލް 13 އިން ބުންޏެވެ.

"ޗެނަލް13 އަކީ އަނިޔާވެރިކަމާއި، އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫނެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ، ގާނޫނާއި ހިލާފް ކަންކަން ކުރުމަށް މި ސްޓޭޝަނުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް ބެލުންތެރިންގެ ސަމާލު ކަމަށްޓަކައި ދަންނަވާލަމެވެ." ޕޯސްޓްގައި ލިޔެފައިވެއެވެ.

ޗެނަލް 13 އިން މި މައްސަލާގައި މައާފަށް އެދިފައިވާއިރު، ފުލުހުން ވިދާޅުވީ އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް ބެލެވޭ ކަމަށާއި ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސާލަގައި މިހާތަނަށް މީހަކަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޗެނަލް13 ގެ ފޭސްބުކް ޕޭޖްގައި ލައިވް ކުރި އެ ޕްރޮގްރާމްއިން އެ މީހާ ވާހަކަ ދައްކާ މަންޒަރު ވަކިކޮށް، މީސްމީޑިއާގައި އެ ވީޑިއޯ ދަނީ ދައުރު ކުރުވަމުންނެވެ.

މީސް މީޑިއާގައި އެ ވީޑިއޯ ހިއްސާ ކުރަމުންދާ ބައެއް ފަރާތްތަކުން ދަނީ އެ ގޮތަށް ގޮވާލި މީހާގެ އިތުރުން އެ ވާހަކަ ބްރޯޑްކާސްޓް ކުރި ޗެނަލްއަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ދަވާލި19

  ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެތެރެއިން އެމީހާގެ ހިޔާލު އެމީހާ އެފާޅުކުރީ ދެން އެހެންވީއިރު އެމީހާގެ ކޮންމައްސަލައެއް މީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުޅާކޮށް ދޭންބުނެ ވެރިކަމަށް އައި ބައެއް

  12
  4
 2. ޢަދުރޭ

  އަޅުގަނޑަކީވެސް އެމްޑީޕީ އާ ކަނޑައެޅިގެން ދެކޮޅު މީހެއް ، ބޮއްޅަބެ ނެރުނު ދެރަދުން އަދި މޮޅުދުމާވެސް ދެކޮޅު އަމަލުވާ ހުރިހާ ދުމަކާ ދެކޮޅު . ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ.ނަމަވެސް ރައީސް ސޯލިހުގެ ހަށިކޮޅުގައި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއަލިފާން ޖަހާވަރު ކަމެއް ދުވަހަކުވެސް އެމަނިކުފާނު ނުކުރައްވާނެ

  8
  4
 3. ކޮބާ އިންސާފާ ހަމަހަމަކަން

  ރާއްޖޭގެ ދިފާއީބާރުންގެ ކުރިމައް ޗަށް އަރައި ދޮޅިދަށަށް އަތްބާނައި ކުރިޔަދިއުމަށް ހުރަސްއަޅައި އެމްޑީޕީގެ އިސްވެރިސް ހިއްވަރުދީގެން މަގުމައް ޗަށް ނެރެ ހަޑިހުތުރުބަހުން ހިތަށްއެރިހާ ހަޑިހުރުރުބަހު ހަޔާތްގޮވި މަންޒަރުގެ ވީޑިއޯތައް އެހެރީފެންނަން އެވެސް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކުގެ ހިޔާލުފާޅުކުރުމެއްތާ ރައީސްޔާމީން ގެވެރިކަމުގައި އެމްޑީޕީ މީހުން ރާއްޖެޓީވީން ގެނެސްދިނީ ވަރަށް ސާފުތާހިރު ގޮތަކަށް ހިޔާލުފާޅު ކުރިމަޒަރުގެ ވީޑިއޯތައް ބަލާލަމާ ބަލާލަމާ!

  13
  2
 4. ނަސީދު

  މާފައް އެދުމީ ވަރައްވެސް ރީތި އާދައެއް އެކަމަކުވެސް ތިޗެނެލް ހީވަނީ މިފަހަރު ބަންދުކުރާނެހެން ޑިމޮކްރަސީންގެ ބައްފަ

  11
  3
 5. ޢަހުމަދު

  މިއީ ވަރަށްން ދެރަ ހިތާމަހުރިކަމެއް. ޗެނަލް 13 އެބަޖެހޭ ކަމާބެހޭ މުއައްސަސާތަކުން ހަމަމަގަން އަޅުވާ މިކަމުގައި ޝާމިލްވާ ފަރާތްތަކާމެދު ޤާނޫނުން އެންމެ ހަރުކަށި ފިޔަވަޅުއަޅަން.

  1
  8
 6. އައްޑޫ މީހާ

  ހަމީދުބެ ވަރަށް ފޯރި ހުންނާނެ ޗެނަލް13ގެ ދުވަސް މިފަހަރު ދުއްވާލާނެ މިއީވާ ސަރުކާރެއް އަނެއްކާ މިއީ ފިޔަވަޅު އަޅާވަރުގެ ކޮމެންޓެއްބާ!

 7. ކަބީލާ

  ކޮން މާފެއް. އެއްވެސް މާފެއް ކުރާނެ ކަމެއް ނެތް. ހަމަ މިހާރުން މިހާރަށް ވަގު ޗެނަލް އެއްކޮށް ބަންދުކޮށްލަންވީ.

  1
  9
 8. ކާފަބޭ2020

  އިންސާފާމިނިވަންކަމާޑިމޮކުރަސީއަކީ މަބޭނުންވާގޮތަށް މަބޭނުންއިރަކުމަބޭނުންވާހުކުމެއްކުރެވޭގޮތަށް އޮންނަންޖެހޭ އެއްޗެކެވެ. ނޫނީއެއީއެއްވެސްތާކުންތާކުޖެހޭ ސީއެއްނޫނެވެ.

 9. މާފު

  ކޮބައި ރ ޔާމިނަށް ހުތުރުބަހުން ރައިވަރު ގެނެސްދިން ޗެނަލް އެކަމުގެ މޭސް ތިރިން ރ ސޯލިހިއަށްވުރެ މިގައުމާ އިސްލާމްދީނުގެ ހައްގުގާ ވަކާލާތު ކުރެއްވި ބޭފުޅެއް ރ ޔާމިނަކީ މީ ހަމަ ސަދޫމުގެ ވެރިކަން މިހިގަނީ އިސްލާމް ދީނާ މިލޮބުވެތި ފަސްގަޑުގެ ހައްގުގާ ދިވެހި ރައްޔިތުން ނުކުމެ މިވެރިކަން މުލުން ލުހެ ގާދޫ ކޮލުން ބޭރު ކުރަންވީ މިގައުމު އޮޔާދުއްވާލާފި އިނޑިޔާގެ ސަހަރަކަށް ހަދާފި އިންޑިޔާ އައުޓު