އއ. އުކުޅަސްއަށް ނިސްބަތްވާ މަސްވެރިއަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

”ވަގުތު” އަށް މައުލޫމާތު ދެމުން މާވަހަރު ކަމަށް ބެލެވޭ އެއްޗެއް ހޮވި، އުމުރުން 41 އަހަރުގެ ސަމީމް އަހުމަދު ބުނީ، އޭތި ފެނިފައިވަނީ މިމަހުގެ އެއް ވަނަ ދުވަހު ފަރުމަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ކަމަށެވެ.

މާވަހަރު ކަމަށް ބެލެވޭ އެއެއްޗެއް ފެނުނުއިރު، ޑިންގީގައި އޭނާއާއި އެކީ ފަރުމަސް ބާނަންދާ އިތުރު މީހަކު ހުރި ކަމަށް ސަމީމް ބުންޏެވެ.

ސަމީމް ބުނީ، މާވަހަރެއް ކަމަށް ބެލެވޭ އޭތީގައި 660 ގްރާމް ހުރި ކަމަށާއި މާވަހަރުގައި ހުންނަ ކަހަލަ ސިފަތަށް އޭގެއިން ފެންނަން ހުރި ކަމަށެވެ. މީ

މީގެއިތުރުން ރަށުގެ ބައެއް މީހުންވެސް އެއީ މާވަހަރެއް ކަމަށް ބުނެ އުޅޭ ކަމަށް ސަމީމް ބުންޏެވެ.

އުކުޅަހުގެ މަސްވެރިއަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައިވާއިރު، މީގެ ކުރިންވެސް މަސްވެރިކަމަށް ނިކުމެ އުޅުނު އެކި ދޯނިތަކުން މާވަހަރު ހޮވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ﷲގެ ދަރުމަވަންތަ ކަމާއި ރަހުމަތް އަހަރެންވެސް ދުއާކުރަން މަގޭ ބުރޯ އަށްވެސް މާވަހަރެއް ލިބޭތޯ ނޫންނަމަ ފުލެޓެއް ލިބޭތޯ މާލޭގައި ކުލީ ތަންތާގައި އުޅެޭތާ 40 އަހަރު ވެއްެޖެ މާލޭ ރައްޔިތެއް އޮއްގާފިލައެއްހާ ދަރިންވެސް ގިނަ ﷲ އޭނަޔަށް ރަހްމަތް ލާއްވާށި

    16
    1