ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވި އާންމު މީހަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ގޮވާލި ގޮވާލުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާ ތަމްސީލު ކުރައްވާ ގާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ދިވެހި އެއްވެސް ރައްޔިތަކަށް އެއްވެސް ބޭނުމެއްގައި، އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަށް އެއްވެސް މީހަކު ގޮވައި، ހިތްވަރުދީ ހަދައިގެން ނުވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅު ޖެހުމަށް އާަންމު ޓީވީއެއްގައި ގޮވާލި ގޮވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން." ގާސިމް ވިދާޅުވިއެވެ.

ރައީސްގެ ހަށިކޮޅުގައި ހުޅު ޖަހަން ގޮވާލި މައްސަލައަކީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ މައްސަލަ ބަލަމުންނެވެ. އަދި އެހެން ގޮވާލާ އަޑު ބްރޯޑްކާސްޓް ކޮށްފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ޗެނަލް 13 ގެ މައްސަލަ ވެސް ބަލަމުންނެވެ. ޗެނަލް 13 އިން ވަނީ މި ކަމާ ގުޅިގެން މައާފަށް އެދި ބަޔާނެއް ވެސް ނެެރެފައެވެ.

މީހަކަށް ގެއްލުމެއް ދޭނެ ކަމުގެ އިންޒާރު ދިނުމަކީ ވެސް ބިރު ދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމަކީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުށެކެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގެެނެސްދިން އެ ޕްރޮގްރާމުގައި ވާހަކަ ދެއްކީ ތ. ވިލުފުށި މީހެކެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތަކާ މެދުގައި ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ "މިހާރުން މިހާރަށް އިބްރާހިމް މުހައްމަދު ސޯލިހު ގައިގައި އަލިފާން ޖަހަން ޖެހޭ" ކަމަށެވެ.

މިކަމާ ގުޅިގެން ޗެނަލް 13 އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން އެމީހާ ވާހަކަ ދެއްކީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އެމީހާ އެހެން ބުނުމާއެކު ވަގުތުން ފޯނު ކަނޑާލާފައިވާ ކަމަށް އެ ޓީވީ ޗެނަލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ކުޑަމުހައްމަދު

  ކުރީގެރައިސް ޔާމީން ކަރުދަންޖައްސަން މީޑިޔާގައާއި މުޒާހަރާގައި ގޮވިއިރު ތިޔަގާސިމުން ކޮބާ އަދިގާނޫނުއަސާސީއަކަށް ބަދަލެއްނުގެވޭ ކޮބާ އިލެކްސަންކޮމިޝަން މިހިރީ ތާކުންތާކުނުޖެހޭކަންތައް ހަޖަމުނުވަނީ މަޖުލީހުގައި ރައްޔަތުންނަށޤ ކޮވިޑު ޖައްސާވާހަކަ ގޮވި ކޮބާ އެކަން އެގޮތަށް ވަމުންދަނީ މީހުންގެ ދުލުގެވިހަކަން މިފެންނަނީ އެކަމާސް އަޅައެނުލާ ގޮވިމީހާއަކީ ގާސިމުން ރުހޭމީހެއްވީމް ބަލަ މަޖުލީހުން އެމައްސަލަބެލެންވާ އުދަރާތީ މަސައލަ ހުށައެޅި މިކަމަށް ހުށަނޭޅިކީވެގެން!

  19
  • ޜައްޔެތުން

   ތަނަވަސް ކަން ހޯދިގޮތް ؟

 2. ރިޝްފާ

  މިމީހުންނަށް ފެނުނުބާ މިމީހުންގެ މުޒާހަރާގައި ރައީސް ޔާމީން ދައްޖައްސާ ޔާމީން މަރާލާ ޔާމީން ކަނޑުފައްތާ ލިޔެގެން ބޯޑުތައް އުފުލިތަން؟ އެދުވަހު އޯކޭވެފަ މިއަދު ނޯކޭ! މިތިބެނީ މުނާފިގުން!

  19
 3. ސޭޓްއަންހެނުންގެ ފިރިމީހާ

  މީގެކުރިން ކޮބާ ކަލޭ ތިފަދަ ކިތަންމެ ގޮވެއްޔެއް ގޮވާފަ އައިސްތިބި ބައެއް މިހާރު މިތިބީ އޭރު ޓްވީޓް ކުރަން އަދި ދަސްނުވަނީތަ، ކަލޭ ދަންޖައްސާ މަރާލަންވެސް އެމީހުން ގޮވި ދޯ، ހަނދާން ނެތީތަ ނޫނީ ދަހިވެތިކަމެއްގައިތަ؟؟؟
  ކޮވިޑްގެ ތެރޭ ކަލޭ ކޮންތާކު ތިއުޅެނީ އަޑެއްބަޑެއްނީވޭ ކީއްވެ ފިލާތިއޮންނަނީ ރައްޔިތުން އެންމެ ބޭނުންވިވަގުތު، އުސްފަޑިމައްޗަށް އެރުނީމަ ރައްޔިތުންނަށް ފިލާތިބެންޏާ އެކަން ރައްޔިތުން ފާހަގަ ކުރާނެ އިގެ، މާދަމާ ވޯޓު ހޯދަން ދާންޖެހޭ ނިކަމެތި ރައްޔިތުން އެތިބީ އެއްފަހަރު ކެއިޔާ އަނެއް ދެފަހަރު ނުކައި ނުބޮއެ، ތިފެންވަރު މަހުޖަނުންނަށް އަދި މާބޮޑު އަސަރެއް ނުކޮށްފާނެ އެކަމަކު ރައްޔިތުންތިބީ ވަރަށް ނިކަމެތި ޙާލެއްގައި، އެތައް ބައެއްގެ ވަޒީފާ ގެއްލި ގޮތްހުސްވެފަ
  ބޮޑާ ކަންމަތީ ޓްރީޓް ލިޔެލިޔެ ތިބޭ ކަލޭމެން

  16
  1
 4. ބުރަންދަ

  އޭތް ބޯނެތްބުރުމާ. ދިވެއްސެއްނޫން އިނގިރޭސި ރައްޔިތަކަށް ވެސް އަނިޔާ ދިނުމަކީ މިދިވެހިރޢްޖޭގެ ރައްޔިތުން އެއް އިރެއްގަވެސް ތަރުހީބުދީ ހިތްވަރުދީލޯބިކުރިއަދިކުރާކަމެއްނޫން.
  މުއައްޒަފުންކޮޅު ކުރިބުރަ މިންނަތް މަސައްކަތުން ޖީބުފުރަމުން ދިޔަތިމަހުޖަނު މިއަދުއެމުއައްޒަފުން ހާލުގަ ޖެހުނުދުވަހު ހަމައަށް މުސާރަކޮޅު ނުދެވުނު އިރު ދިވެހިންނޭ ކިޔާ މޮޅުވާހަކަ ދެއްކީމަ އެނިމުނީކީނޫން. ނަކަތްބެ...

  16
 5. އޮޅުވާލި ވޯޓު

  ސޭޓު ކަލޭކޮމްމެ އެއްޗެކޭކޮޔަސް ކަލޭކިޔާއެއްޗެގެ އަޑުމިއަދު އަހާނީކާކު އަހަރުމެން ދުލުގަ ކަލެޔަކައްނުހިފޭނެ އަޅެ ނިކަން ހިފަން އުޅެބަލަ ވާގޮތެބަލަން

  16
 6. ޒިމްޒިމް

  ދިވެހި ރައްޔިތެއްނޫން އެހެން ޤައުމެއްގެ ރައްޔިތަކަށްވެސް އަނިޔާވެރިވާން ގޮވާލެވިގެންނުވާނެ..

  14
 7. ވައިމަނިކު

  ބަލަ 100 މިލިއަން ލިބިގެން ހާދަ ވަރަކޭ ދޯ ތިޔަ ވަނީ އަދި ތިޔަ ދުލުން ގޮވާނެ ސޯލިހަކީ ވަގަކޭ މަކަރު ވެރިއެކޭ އަނިޔާ ވެރިއެކޭ ފައިސާ ކޮޅެއް ލިބުނީ އަނގަ މަޑުވީ

  10
 8. ކަނަމަނަ

  ގައުމު ހަލާކުކުރުމުގެ ފަހަތުގައި އަބަދައްވެސްތިބެނީ މައުމޫންއާއި ގާސިމް

 9. މަނިކު

  ގައުމު ހިފަން އެމްޑީޕީ މީހުން ގޮވި އިރު ކަލޭ ކޮބާ ދީނަށް ފުރައްސާރަ ކުރި އިރު ކަލޭ ކޮބާ

 10. ނަމަ

  ގާސިމްގެ މުއައްޒަފުން ވަޒީފާއިން ވަކި ކުރީމަ އެދެވެނީ އަނިޔާ އެއްނޫންތަ

  15
 11. ޜައްޔެތުން

  ތަނަވަސް ކަން ހޯދިގޮތް ؟