ރިސޯޓް މުވައްޒަފުން ވަޒީފާ އަދާ ކުރާ ރަސްމީ ގަޑި ނިމުމުން ކޮންމެ ދުވަހަކު ވެސް ރަށަށް ދެވޭ ގޮތަށް ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައިވާ ވައުދު ފުއްދަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ އިސްލާހު ފާސްކުރީ 61 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ހިސާންގެ އިސްލާހު ހިމެނޭ ގޮތަށް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލް 55 ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މެންބަރު ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާ އަދާކޮށް ނިމި ވަޒީފާ އަދާ ކުރާ ތަނުން ދިއުމަށާއި އަނބުރާ ވަޒީފާއަށް އައުމަށް އުޅަނދެއް ބޭނުންވާ ނަމަ އެ އުޅަނދެއް އެ ތަނަކާ ކައިރި ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ.

ހިސާން އެންމެ ފުރަތަމަ ހުށަހެޅުއްވި އިސްލާހުގެ ކަރުދާހުގައިވާ ގޮތުން، ވަޒީފާ އަދާ ކުރާ ތަނުން ދިއުމަށާއި އަނބުރާ ވަޒީފާއަށް އަންނަން އުޅަނދެއް ބޭނުންވާނަމަ އެ އުޅަނދެއްގެ އިންތިޒާމުތައް ހަމަޖައްސަން ހިމަނާފައެއް ނެތެވެ.

އެހެންކަމުން ރަށަށް ދެވޭނީ އަމިއްލަ ހަރަދުގައި ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ހިސާން މިއަދު ތަޅުމަށް އިސްލާހު ހުށަހެޅުއްވިއިރު، އެ ބައި އިތުރުކޮށްފައިވެއެވެ. އެ ގޮތުން އުޅަނދެއް ބޭނުންވާނަމަ ވަޒީފާ ދީފައިވާ ފަރާތުން އެ ކަމެއް މުވައްޒަފަށް ހަމައްޖައްސައިދޭން ލާޒިމުވާނެ ކަމަށް އިސްލާހުގައިވެއެވެ.

ރިސޯޓް މުވައްޒަފުންގެ ވަޒީފާގެ ރަސްމީ ގަޑި ނިމުމުން އަނބުރާ ރަށަށް ދެވެން ޖެހޭނެ ކަމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރެއެވެ. މިއީ މިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީން ވެފައިވާ ވައުދެކެވެ. 2008 ގައި އިންތިހާބުތައް ބާއްވަން ފެށި ފަހުން އަބަދުވެސް އެމްޑީޕީން ވަމުން އަންނަ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ދެން ރިސޯޓުގައި އުޅޭ ކޮންމެ ކުއްޖަކު އަމިއްލަ ލޯންޗެއް ހޯދަން ޖެހޭނީ. ރިސޯޓް ވެރިންނަސް އެމީހުންގެ އޮފް ދުވަހުވެސް ދަތުރު ފަތުރު ހަމަޖައްސަން ނުޖެހޭގޮތަށް ތިހަދައިދިނީ. ބުއްދި ފަސްވެފައިތިބި ރީނދޫ މީހުންނަށް ނޭނގޭނީ ކަލޭމެން ތިޖަހާ ލަނގިރި. ތިއީ ރަސްގެފާނަށް ހަނދު ވެދުން ކުރި ކަހަލަ ކަމެއް. ހޭބަލިވެގެން މީހަކު ހަލާކުވެދާނެ.

  2. Anonymous

    ކޮންމެ ދިވެއްސަކަށް މާވަހަރެއް ހޮވޭގޮތަށް ރައްޔިތުންގެ މަޖްލިހުން މިއަދު ގާނޫނެއް ފާސްކޮށްފި. ހިނގާ ހުރިހާއެންމެން މާވަހަރު ހޮވަންދާން. އެއޮއް ގާނޫނުން އެބާރުވެރިކަމާއި މޮޅު ކަމާ މަތިވެރިކަން ދިވެހިންނަށް ދިނީ! ކޮންފަދަ އިހްލާސްތެރި މަޖްލިހެއް.

  3. އޮޅުވާލި ވޯޓު

    އަޅެމީބޯހަމަޖެހޭމީހެއްތަ ދުވާލު2 ދެދަޅާގަ އިސްޓާފުން ރަށައްގެންގޮސް ނަގާ ހަދަން ފުލައިޓު ބާއްވާނީ ކޮންބަޔަކު އަޅެހަމަހޭގަ ތިބެގެން ފާސްކުރިގާނޫނެއްބާ ނޫނީ ވަކިބަޔަކައް އަމާޒުކޮއްގެން ހެދިގާނޫނެއްބާ މިއަދުވެސް އަހަރެން އެދުނިން ރށައްދާން އެކަމަކު ބުނީ ކިހިނެންހޭ ދެވެނީ އައްޑުއައް ދާންބޭނުމީ

    1
    1
  4. ވަހުތާނު އަހުމަދު

    ހެ ހެ ހެ .. މަ ބޭނުންވަނީ ކޮންމެދުވަހަކުވެސް ވަޒީފާނިންމާފަ އާއިލާކައިރިއަށް ފުވައްމުލަކަށްދާން !!! ޝުކުރިއްޔާ ކަމަނާ .. ތިޔައީ ރަނގަޅުކަމެއް !! އަހަރެންގެވައިފަކަށް ދެނެއްލާހިކައެއްނޫން ބިޓުހިއްލާކަށް !! ކޮންމެދުވަހަކު ޑިއުޓީނިންމާފާ ސީދާ ފުވައްމުލަކަށް !! ހަބޭސް ޔާހަބޭސް !! ވޯޓުދޭނަން !! އެހެންޏާފަހެ މިހާފަސޭހައިން މިކަންކުރެވެންއޮތްވާ ޔާމީނުމެންނަށްވެސް އެހާވަރަށް ފުލައިޓް ނުލިބޭނެތީއޭކިޔާފަ މިކަމެއްނުކޮށްދެވުނުވިއްޔާ !!

  5. މާމީ

    ތި ފާސްވީ ނުފުއްދޭނެ ވައުދެއް ފުރަތަމަ ގާސިމް ތި ވައުދާ ޚިލާފު ވާނީ

    12
  6. ގުއިދައިތަ

    ބުނެވިފަ އޮތް ވައުދެއް ވީމަ ފާސްކޮށްލީ ދޯ. ތިހުންނަނީ ކުރެވޭނެ ކަންކަމެއް ނޫން. ރިސޯޓް އޯނަރުންނަށް ތިޖެއްސީ ވަރަށް ބޮޑު ތަކްލީފެއް. އާނ ދެން "ނައިޓް ހިސާން" ދެކެ ރުޅި އަންނާނެ މީހަކު ނުހުންނާނެ އެންނު. ދެން ރުޅިއަންނާނީ ރިސޯޓް ވެރިން ދެކެތާ..

  7. ރިސޯޓްބޯއީ

    ތީވަރަށްމޮޅުއިސްލާހެއްދެންގަޑިނިމުނީމަހުރިހާމުވައްޒަފުންރަށުންފައިބަންއެންގީމަ؟

  8. ޢިއްބެ އައި ޖީ އެމް އެޗް

    ސ.ހިތަދޫ މީހަކު މާލެ އަތޮޅު ރިސޯޓެއްގަ އުޅެމުން ކިހިނެއް ރަށައް ދާނީ ، ހަމަ ޖެހޭ ކަވާހަކަ ދައްކަބަލަ

  9. ޖ

    ކިހިނެއްހޭ ރަށައްދާނީ ބޭކާރުތާކުންތާކު ނުޖެހޭ ކަންތައްތައް ކުރާމަޖިލީހެއް ހުވާބޯހަލާކު.

  10. ރިސޯޓްބޯއި

    ގާސިމް އިބްރާހިމްމެން އަފީފްމެން ދެންވެސް މިހެންތިބި ރިސޯޓްވެރިންވޯޓުދީގެންތާ ތިގަވާއިދު އިސްލާހުފާސްވީ. އެހެންވީމައި ދެން އެބޭފުޅުންގެ ރިސޯޓްތަކުގައި މުވައްޒިފުންނަށް ރަށަށްދެވޭނެ ގޮތް ހަމަޖެހޭނެތާދޯ. ހއ ފެށިގެން އައްޑޫ ސިޓީއަށް ރާއްޖޭގެ ވަޔާއި ކަނޑުތަކުގެ ޓްރެފިކް ބޮޑުވީތާ މިވީގޮތުން. އެހެންޏާ ކޮންމެ ދުވަހަކު ކިތަށް ރިސޯޓުން މުވައްޒިފުން ރަށަށް ގެންގޮސް އަނބުރާ ގެނައުމަށް ކިތަށް ދަތުރުކުރާނެތޯ. ވަރަށް ފުރިހަމަ. ތިއޮތީ ވައުދު ފުއްދިފައި ތުޅާދޫ ކަމަނާފާނު. ރިސޯޓްތަކުގައި ތިބި މުވައްޒިފުންނަށް ގާނޫނަކުން ތިއޮތީ ރަނގަޅަށް މަލާމާތްކޮށް ފުރައްސާރަ ކޮށްފައިކަން ހަނދާންކުރާތި ކަލޭމެން.

  11. އެއްމެން

    ގަޅިބަޔަކާ ސަރުކާރު ހިންގަން ހަވާލު ކުރީމަ ވާނީ މިހެން. އެއްކަމެއް ރަނގަޅަށް ކުރާކަށް ނެއެނގޭ.

  12. އެއްމް

    ގިނަ އަދަދެއްގެ އާއިލާތަކަށް ލިބޭ އާމްދަނީ އަށް އަލްވަދާއު ކިޔަން މަޖުބޫރުވާނެ. އެއީ ރެސޯޓް ތައްވެސް ހިންގަންޖެހޭނީ ގާނޫނާއި އެއްގޮތަށް. އެހެންކަމުން ކޮންމެ ރެސޯޓަކަށް ނަގާ ބޭރު މުވައްޒަފުން އެއްމެ ގިނައަދަދަކަށް އިތުރު ކުރެވޭނެ. އަދި ރެސޯޓާއި ދުރު ރައްރަށުގެ މީހުންނަށް ވަޒީފާ ދިނުން ހުއްޓޭނެ. އަދި މިހާރު ދުރުރައްރަށުން އައިސް ވަޒީފާގާތިބި މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ.