ރާއްޖެއަށް މަސައްކަތްތެރިންގެ ގޮތުގައި އެއް ގައުމަކުން އެތެރެ ކުރެވޭނެ އެންމެ މަތީ އަދަދަކީ 100،000 ކަމަށް ކަނޑައަޅައި އެ އިސްލާހާއެކު ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ.

އެ އިސްލާހު ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

އެ އިސްލާހާއެކު، ވަޒީފާގެ ގާނޫނަށް އިސްލާހު ގެނައުމުގެ މުޅި ބިލް ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ، ގާނޫނު ތަސްދީގު ކުރާ އިރު އެއް ގައުމަކުން 100،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި ތިބިއްޖެ ނަމަ، ގާނޫނު ތަސްދީގު ކުރާތާ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ގައުމެއްގެ ބިދޭސީން ގާނޫނުގައި ބަޔާން ކުރާ އަދަދަށް ތިރި ކުރަން ޖެހޭނެ ކަމަށެވެ.

ޝިފާއު މި ގޮތަށް އިސްލާހު ހުށަހެޅުއްވި އިރު، ރާއްޖޭގައި ލިޔެކިއުން ނެތި ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެވެފައިވާ މައްސަލަ ބޮޑެވެ. އެ ބިދޭސީންގެ ތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ލިޔެކިއުން ނެތި އެކަނި ވެސް 70،000 އަށް ވުރެ ގިނަ ބިދޭސީން ތިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. އޭގެ ތެރޭގައި 60،000 އަށްވުރެ ގިނަ ބަންގްލަދޭޝް މީހުން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓަރުކަމާ ފައްޔާޒު އިސްމާއީލް ހަވާލުވެވަޑައިގެންނެވި ފަހުން، ބިދޭސީންގެ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެ ގޮތުން ލިޔެކިއުން ނެތި ބައެއް ބިދޭސީންނަށް ލިޔެކިއުން ހަމަޖައްސައި ގާނޫނުގެ ތެރެއަށް ވައްދާފައިވެއެވެ. މިހާތަނަށް 4،000 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ވެސް ފޮނުވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލި ދީދީ

    "މިހާތަނަށް 4،000 އެއްހާ ބިދޭސީން އަނބުރާ ގައުމަށް ވެސް ފޮނުވާލާފައިވެއެވެ." ހަމަ އެއާއި އެކުމި މުއްދަތުގައި 10،000 އެއްހާ ބަގުލާދޭސިން މި ރާއްޖެއަށް އެތެރެވެފައިވެއެވެ. އެއްވެސް ސަރުކާރަކުން މިކަން ހުއްޓުވާކަށް ނޫޅޭ.. ސިއްރުން ކުރިޔަސް މިހާރު ރައްޔިތުންނަށް އެނގޭނެ..

  2. ހުސޭނުބޭ

    ވީމާ އަންނަ އަހަރުން ފެށިގެން ބަންގާޅުންނާއި އިންޑިޔާއިން ގޯނިގޯނީގައިވިޔަސް ކޮންމެ އަހަރަކު 99 ހާސް މީހުން ޖެހޭނެ އެތެރެކުރަން. ލޮލް

  3. ދަރަނި ދަންތުރަ

    ބަންގާޅިންގެ ބަދަލުގައި އިންޑިޔާ މީހުން ގެނައުމަށް މަޖުބޫރުކުރުވަނީ ގެރި މޯދީގެ ރޭވުން ދެން އިންޑިޔާ މީހުއްނަން ދިވެހި ރަށްވެހިކަންދޭން މަޖިލީހުން ފާސްކުރާނީ ...

  4. ާަސެމު

    ޚިތުހުރިގޮތަކަަަަަަ