މިހާރު މީސް މީޑިއާގައި އާ "ޑްރާމާ"އެއް ފެށިގެން ކުރިއަށްދަނީ އެވެ. މި ޑްރާމާއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ އާ ގުޅޭގޮތުން "ބަބްލްސް"ގެ ނަމުގައި ފިލްމީ ދާއިރާ ފަތަހަ ކޮށްފައިވާ ބަތަލާ އައިމިނަތު ރިޝްފާ ދެއްކި ވާހަކަތަކާއި ގުޅިގެން ފެށި ޑްރާމާއެކެވެ.

މި ޑްރާމާއަކީ ޔުނާން އާއި ރިހުލާގެ ދަރިފުޅު ޔޫން މުހައްމަދު ޔުނާންގެ ހިތުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް އިންޑިއާއަށް ކުރި ދަތުރަށް ފަހު، އެނބުރި އައި ފަހުން ފެށުނު ކަމެކެވެ. ﷲގެ ހެޔޮރަހުމަތްފުޅުން ޔޫންގެ އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ޔުނާންގެ އާއިލާ އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސްފައި ވަނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެންނެވެ.

އެ މީހުން އެނބުރި ރާއްޖެ އައި ފަހުން މީސްމީޑިއާގައި އެދެމަފިރިންނަށް އެކި ކަހަލަ ތުހުމަތުތަކެއް ކުރެވެން ފެށިއެވެ. އެހެން ނަމަވެސް ޔުނާން ވަނީ އެފަދަ ތުހުމަތުތަކެއް ކޮށް، އެކި ކަހަލަ ޕޯސްޓުތައް ފޭސްބުކަށް ލާފައިވާ ގްރޫޕަށް ކަމުގެ ހަގީގަތް ކިޔައިދީ އެ ޕޯސްޓުތައް ޑިލީޓު ކުރުވާފައެވެ.

ބޭސް ފަރުވާއަށް ބޭރަށް ދެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ޔޫންގެ އާއިލާއިން އާދޭސް ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އޭގެ ފަހުން ރޭގެ ވަގުތެއްގައި ފެނިގެން ދިޔައީ ޔުނާން އާއި ބަތަލާ ރިޝްފާގެ ކޯޅުން ގަނޑެކެވެ. ޔޫންގެ ބޭސްފަރުވާއަށް ވިޔަފާރިވެރިންނާއި އާންމު ފަރުދުން ދީފައިވާ ފައިސާއަށް "އަޗާތަޅާ" ހުސްކޮށްފައިވާ ކަމަށް ރިޝްފާ ތުހުމަތު ކޮށްފައި ވެއެވެ.

ރިޝްފާއާއި ޔުނާން އާއި ދެމީހުންގެ ދެކެވުނު ވާހަކަ ހޫނުވެގެން ގޮސް ހުތުރު ޒުވާބަކަށް ދިޔައެވެ. އެކަމާއި ގުޅިގެން ޔުނާން ވަނީ މައާފަށްވެސް އެދިފައެވެ.

ރިޝްފާ ބުނެފައިވަނީ އެފަދަ ތުހުމަތަކީ އެއީ އޭނާ އަމިއްލައަށް ކުރާ ތުހުމަތަކެއް ނޫން ކަމަށާއި އެތައް ބަޔަކު އެގޮތަށް އެ ތުހުމަތު ކުރާ ކަމަށެވެ.

ޔުނާން ބުނީ އެގޮތަށް އޭނައަށް ވާހަކަ ދެކެވިފައިވަނީ އެމީހުންގެ ދަރިއާއި ބެހޭ ގޮތުން މީހުން އެގޮތަށް ވާހަކަ ދެއްކުމުން ކަމަށާއި އެމީހުންނާއި، ގުޅޭގޮތުން އެފަދަ ތުހުމަތު ތަކެއް ބަޔަކު މީހުން ކުރުވާތީ ކަމަށެވެ.

ޔޫންގެ އޮޕަރޭޝަނަށްފަހު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ރިހުލާ

"މަ މިތާނގާ ދެއްކީ ދޮގު ވާހަކައެއް ނޫން. އަދި ކަމެއް ފޮރުވާކަށްވެސް ވާހަކައެއް ނުދައްކަން. މަ މާއާފަށްވެސް މިއެދެނީ. މަށަށް އެދެވޭނީ މާފަށ،ް މާފު ކުރުމާއި ނުކުރުން އެއީ ރިޝްފާގެ ކަމެއް. މަގޭ ހިތުގައި މިބުނީ ގޯސް އެއްޗެއް ނެތީ" ޔުނާން ބުނެފައި ވެއެވެ.

ރޭ ހިނގި ސަކަރާތާއި ގުޅިގެން ގިނަ ބަޔަކު އެދެމަފިރިންނަށް އެކި ކަހަލަ ތުހުމަތު ތަކެއް އަނެއްކާވެސް ކުރަން ފެށި އެވެ. . އޭގެ ތެރޭގައި މުލިއާގެ ކައިރިއަށް ގޮސް އެހީގެ ގޮތުގައި ގިނަ ބައެއްގެ އަތުން ފައިސާ ހޯދައިގެން އަގު ބޮޑު ފޯނުތަކާއި އެޕާޓްމެންޓް ހޯދިކަން ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

މިހުރިހާ ތުހުމަތު ތަކެއް ކުރަމުންދާ ފަރާތްތަކަށް ރިހުލާއާއި ޔުނާން "އޮޕްޝަނެއް" ދިނެވެ. އެއީ އެފަދަ ވާހަކަތައް މީސްމީޑިއާގައި ހިއްސާ ނުކޮށް، އެމީހުންނާއި ސީދާ ވާހަކަ ދެއްކުމުން ކަންވެފައި ހުރިގޮތް ކިޔައި ދިނުމެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ބޭނުންވީ އެމީހުން "ބޭޒާރު" ކޮށްލާށެވެ.

ރިހުލާ ބުނީ، ބޭންކު ސްޓޭޓްމެންޓްތައް މީސްމީޑިއާއަށް ލިޔަސް ތުހުމަތު ކުރާ ބަޔަކު އެއީ ފޭކް އެއްޗެއް ކަމަށް ބުނެ ވާހަކަ ދައްކާނެ ކަމަށާއި އެހެން ކަމުން ބޭނުންވަނީ އެމީހަކު އެދުމުން ކައިރިއަށް ގޮސް ހެކި ދައްކަން ކަމަށެވެ.

ބަތަލާ ރިޝްފާ -ފޮޓޯ: މީސް މީޑިއާ

އެންމެ ފަހުން ޔޫން އާ ގުޅުވައި ބަޔަކު މީހުން އެގޮތަށް ވާހަކަ ދައްކާތީ އެ ކުޑަ ކުޑަ އާއިލާ ވަނީ މާޔޫސްކަމެއްގެ ތެރެއަށް ގޮސްފައެވެ. އެހެން ނަމަވެސް ދެމަފިރިން ދިޔައީ އެމީހުން ޖަވާބުދާރީ ވާން ޖެހޭ ކަންކަމަށް މީސްމީޑިއާގައި ޖަވާބު ދާރީ ވަމުންނެވެ. އެންމެ ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ކޮށްފައިވާ ހަރަދާއި، ދަރިފުޅުގެ އޮޕަރޭޝަންގެ ހަރަދާއި އިންޑިއާގައި ހުރި ހުރުމުގެ ހަރަދުތައް މީސްމީޑިއާގައި އެދަމަފިރިން ވަނީ ހިއްސާ ކޮށްފައެވެ.

އެހެން ނަމަވެސް ތުހުމަތުތައް ކުރާ މީހުން އެކަމެއް ނުހުއްޓައެވެ. ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުގެ މައުލޫމާތު އާންމު ކުރުމުން ދެން ޖެހުނީ އިސްލާމިކް ބޭންކުގެ މައުލޫމަތު ހިއްސާ ކުރުމަށެވެ. ރިހުލާ ބުނެފައިވަނީ އޭނާގެ ނަންމަތީ އިސްލާމިކް ބޭންކުގެ އެކައުންޓެއް ނުހުންނަ ކަމަށެވެ.

ރިހުލާއާއި ޔުނާން ވަނީ ކަމުގެ ހަގީގަތް ނުބަލާ އެ މީހުންގެ އަބުރަށް ހުތުރު އަރުވާ ގޮތަށް ކުރާ ޕޯސްޓުތައް ކުރަމުން އަންނަ ޕޭޖުތަކާއި މީހުން، ގޮވައިގެން އަބުރުގެ ދައުވާ ކުރުމަށް މިހާރު ހުށަހަޅާފައެވެ.

ޔުނާން އާއި އޭނާގެ އަންހެނުން އަދި ދަރިފުޅު ގޮވައިގެން މުލިއާގެ ކައިރީގައި. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިކަމާއި ގުޅިގެން ރިހުލާ ބުނެފައިވަނީ "ހިއުމޭނިޓޭ" އޭ ކިޔައިގެން ރިޝްފާ ޖެއްސުން ކުރަމުން އަންނަނީ އެމީހުންނަކަށް ނޫން ކަމަށާއި އެކަންތައް އެކުރެވެނީ އެމީހުންގެ ދަރިފުޅަށް ކަމަށެވެ.

"އެކަމަކު މިކަހަލަ ވާހަކަ މިގޮތަށް ފަތުރާ ނަމަ އެއީ ވަރަށް ބޮޑަށް ދަރިފުޅަށް ކުރެވޭ ދަތިކުރުމެއް. ގަސްދުގަ އެނގިހުރެ އެ ކުއްޖާ އަށް ދަތިކުރުން އެއީ" ރިހުލާ ބުންޏެވެ.

އެހެންކަމުން މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ މިއީ ކުޅޭ ކުޅިވަރެއްތޯ ނުވަތަ މިއީ ރިޝްފާ، ރިހުލާގެ އެ ކުޑަ ކުޑަ އާއިލާއަށް ފިލުވާލަދޭ ހަސަދައެއްތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނާނި

    ކިހާދެރަ ކަމެއް. ކޮންމެ ކަމެއް ސޯޝަލް މީޑިއާގަ ފަތުރައިގެން ޑްރާމާއެއް ކުޅެން ޖެހޭތަ؟ އެތުއްތު ކުއްޖާއަށްޓަކާވެސް ތިސަކަރާތް ޖެހުން ހުއްޓާލިއްޔާ ކީއްތަވާނީ؟ ބޮޑުކަމެއް.

    184
    8
    • އެމްޑީޕީ ބުރޯ

      ޔުނާން އަކީ ޕާޓޭއެއް! ދެން އެހެންދޯވާނީ!

      1
      3
  2. ބުއްޅަބޭ

    ރިޝްފާ، ނިއުމާ ތިއީ ސައިޒް އޮޅިފައި ތިބި ބައެއް

    201
    25
    • ނަސް

      ރިޝްފާ ދިން ފައިސާއެއް ނަމަ އަނބުރާ ގެންދަވާ. މައްސަލައަކީ ނޫސް ކިޔާ މީހުންނަށްވެސް ސާފުކުރެވޭ ބާވަތެއްްގެ ކަމެއް ނޫން. ބޭޒާރުކުރުމާ ފަލީހަތް ކުރުން.

      1
      1
  3. ހުސޭނުބޭ

    ތިއީ ތުއްތުކުއްޖެއްގެ ހައްޤު އޭގައި އެކުލެވިގެންވާ ކަމެއް! ކަލޭމެން ތި ކުރާ ހަޑިހުތުރު ޒުވާބު ތިލަފުށީ ކުނިގޮނޑުގައި ތިބެގެން ކުރަންވީނު! މީޑިޔާއަށް ތި ފިތުނަ ތިލަނުކޮށްބަލަ!

    185
    7
    • ޙަހަ

      ޢުހުން މިތަނަށް ނުފޮނުވާ ތި މީހުން ވެމްކޯ އާ ހަވާލު ކުރޭ

      60
  4. މުހައް މަދު

    ތުއްތު ކުއްޖާ ހިމެނޭތީވެ އިތުރު ކޮމެންޓެއް ލިޔާކަށް މި އަޅާ ގަސްދެއް ނުކުރަމެވެ@

    70
    1
  5. ގުއިފާލު

    އަޖައިބު ކޮންކަމެ ރިޝްފާއަކަށް...ދަހިވީދޯ އެހެންމީހަކަށް އެއްޗެލިބިގެން....އަޗާތަ ޅަން ރުފިޔާހޯދަންވީނުން ތިޔަ ރިޝްފާވެސް...ހޭބަލިވެދާނެ ބަޔަކު..މީހުންގެ ޒާތީދިރިއު ޅުމާވެސް ބެހެން ވަކިމީހެއް ވަކިތަނެނޯވޭދޯ މިނިވަންކަމުން...ފިލްމު ކު ޅެވުނީމަ ހީވަނީތަ ލައްކައެކޭ..އިހައްކަށް ދުވަހުއޯ ތިޔަ ރިޝްފާއަކު އުމުރާވީ..އޭގެ ނަތީޖާއަކީ މީހުންގެ ޒާތީކަންކަމާބެހި ފަ ޅީހަތްކުރުންތަ...އައުރަނިވާކޮއްބަލަ ފުރަތަމަ.

    81
    11
  6. ދިރާސާ

    ރިޝްފާ ތި އުޅެނީ ޔޫނާން ހިތާވާން

    98
    10
  7. ޙަސަނު

    ތި ވާނީ އެމް ޑީ ޕީ ޚާއިނުން އަޑީގަތިބެގެން ކުރުވާކަމަކަށް މުލީއާގެ ކައިރިއަށް ދިޔައީމަ ހަޖަމް ނުވެގެން ބަލަގަ ކަލޭމެނަށް ކީއްތަ އަދި އެ ފައިސާ ތަޅާ ބުރުއްސިޔަސް އާސަންދަ އޮފީހުން ބެހެންޏާބެހޭނީ ދެން އެ ޢާއިލާ އަށް އެހީވިމީހުން ބެހެންޏަބެހޭނީ އެ ޢާއިލާ ކުރާކަމަކުން ކަލޭމެނާއި ކައްވަޅުގަ ސުވާލު ކުރެވެނީތަ ތިވަރަކަށް ތި ފުފެނީ ބޮޑުވަރު ފިލްމީ ތަރިންނޯ ތިއަށް ކިޔަންވީ ފިއްތެޔޮ ސުޓާރުން

    50
    21
  8. Anonymous

    ހިތުގެ އޮޕަރޭޝަނަކީ ބައި ރުފިޔާ ހިފައިގެން ކުރެވޭ ވަރަށްވުރެ އަގުބޮޑުކޮށް ކުރެވޭ ކަމެއް. އޮޕަރޭޝަން ކޮށް ނިންމާފަ ފައިސާ ބާކީ ވެއްޖެޔާ އެއެއް ބޭނުން ކުރުމުގެ ހައްޤު އޮންނަނީވެސް އެ ދެމަފިރިންނަށް . މީހުންނާ ބެހޭ ކަމެއް ނޫން ދޯ އެއީ އެމީހުން ބޭނުން އެއްޗެއް ގަންނަންވީ. މުލިޔާގޭގަ އެއްވީ ސަލާން ޖަހާކަށް ނޫން، އާސަންދަ ލާރި ހަމަނުޖެހިގެން، އެއީ އާސަންދަ އަކީ ކޮންމެ ފަރުދެއްގެ ހައްޤަކަށް ވާތީ. އިތުރަށް ދިން ފައިސާއެއް ދިނީ ހެޔޮއެދޭ މީހެއް އެމީހެއްގެ ހިތުން ރުހުމުން. ހަބަރު ކިޔާލީމަ މިވަރުވެސް މަމެންނަށް އިނގޭ. ރިޝްފާ ކޮންމެ އެއްޗެކޭ ކިޔަސް އެކަމުގެ އަޑީގަ ހުންނާނީ ކާކުކަން އެންމެނަށް އިނގޭ ކަންނޭނގެ. އަންއެޑިއުކޭޓެޑް ނިއުމާ މުހައްމަދު. އޭނައާ ނުބެހޭ ކަމެއް ނޯވޭ ?

    82
    10
    • ލޮލްލޮލް

      އަދި ކިރިޔާގެ ކަލޭގެ ފަރާތުުން އުންމީދީ ކޮމެންޓެއް މި ފެނުނީ...ވާނެ ކޮފީއަކަށް އަރަން...މަރުހަބާ

      17
  9. Anonymous

    ރިޝްފާ އެދައްކަނީވެސް ރަނގަޅު ވާހަކައެއް. އާދޭސްކޮށްގެން ރައްޔިތުން އަތުން ފައިސާ ހޯދައިގެން ގޮސް އެއިން އެނޫން ކަންކަމަށް ހުސްކޮށްލާ ވާހަކަ. ބަލިކުދިން ގެންގުޅޭ މައިންބަފައިން ދެކެން. އަމިއްލަ އުފާތައް ޤުރުބާންކޮށް، ޚަރަދުތައް ކުޑަކޮށްގެން އުޅެނީ. ޚަބަރު ލިބޭ ގޮތުންނަމަ ދަތުރުގެ ހުރިހާ ޚަރަދެއް ދިނީ ވިޔަފާރިވެރިއެއް. ސޯޝަލް މީޑިޔާގައި މިކަން ވައިރަލްވެގެން ދިޔަގޮތުން ބޮޑެތި އަދަދު ތަކެއް ޔޫންގެ ފަރުވާއަށް ޢާއްމުންގެ ފަރާތުން ލިބި އެއިން އެކަމަށް ޚަރަދުކުރަން ނުޖެހި، ޢާއްމުންގެ ފަރާތުން ލިބުނު ބޮޑު އެހީއިން މިހާރު ބޮޑެތި ޚަރަދު ތަކެއް ކުރަމުން ގެންދާތަން ފެންނަކަމަށް ބޮޑަށް ލަފާކުރެވެނީ. ބަނޑުހިންދަން ނަދާ ސެލޫން އިން ސްކަލްޕްޓިންގ ސެޝަން އަކަށް 2،000 - 4،000 ދުއްވާލާފަ، ހިތަށް އެރީމަ ފިރިމީހާ އަށް ސަޕްރައިޒްއަކަށް 15،000 ރުފިޔާއަށް ޓީވީ ގަނެލާފަ، އާ އެޕާޓްމެންޓް ހޯދާލާފަ، އަންހެނުން އުފަންދުވަހު އުމުރާ އެއްވަރުގެ ޢަދަދަށް ހަދިޔާ ދީފަ، މިހުރިހާ ކަމެއްވެސް ވަރަށް ހާމަކަން ބޮަޑުކޮށް ސޯޝަލް މީޑިޔާއަށްދޫކޮށްލާފަ ހުރޭ. ޕޮޝް ދިރިއުޅުމެއް އުޅެމުންދާތަން ފެންނަނީ. ބަލާބެލުމަށް އެހީތެރިކަމަަށް އެދޭ ވަރަށްވުރެ ދިރިއުޅުން މުއްސަނދި. ކޮވިޑް އިރު ކިތަންމެ ދަތި ނަމަވެސް މީހުން އެހީތެރިވީ ތުއްތު ކުއްޖާގެ ހައްޤުގައި. ސުވާލަކީ މިދަތުރައް ލިބުނު ލާރިކޮޅު ހުސްކޮށްލާފައި ދެން ދަތުރެއް ދާން ޖެހުމުން އަނެއްކާވެސް އާއްމުންގެ އެހީއަށް އެދޭނީތޯ؟ ޢާއްމުންގެ ސުވާލު އުފެދޭ ހިސާބަކީ މިއީ. ޢެއްޗެއްދޭން ކަންބޮޑުވަނީކީ ނޫން. ޔުނާންވެސް ވާހަކަ ނުއޮޅުވާ ޖަވާބުދާރީވޭ. ވިކްޓިމް ކާޑުކުޅޭނެ ކަމެއްނެތް.

    151
    16
  10. ޒަހިންޓޭ

    ތި ކިޔާ ރިޝްފާ އެއީ ވަރައް ހަޔާތް ކުޑަ އަންހެނެއް... ދެއްކުންތެެރި ކަމުގެ އިންތިހާ ... އަހަރުމެން މީނާ ފަޞީހަތް ކުރަން ބޭނުންނަމަ ސީދާ ވީޑިއޯ ފޫޓޭޖާ އެކީވެސް އަޅާފާނަން.. އެކަމަކު އެންމެން ނުޖެހޭ އޭނަ ފެންވަރައް ވެއްޓޭކައް.. ކުޑަ ކުއްޖެއް ސާމިލު ކޮއްގެން މީނަގެ ޒާތީ ހަސަދަ ފިލުވަން ކުރި މަސައްކަތުން މީނަގެ ފެންވަރު ވަރައް ރަނގަޅައް ރައްޔިތުންނައް މިހާރު އޮންނާނީ އިނގިފައި

    54
    19
  11. ޖޮނަތަން

    ރިޝްފާތީ ކާކު؟ ފިލްމް ސްޓާރެއްތަ؟ހެހެހެ.ހީވަނީ ޑުރާމާއެއްކުޅެލީމަ ތިމާވަރުމީހެއްނެތްކަމަށްދޯ؟ތިިމަންނާމީ ރާއްޖޭގެ ކާޖަލް ކަމަށްތަ؟ތީހަމަ މަޝްހޫރުވާންވެގެން ކުރާކަމެއްމމީހުންނަށް އޭނަ ނޭގޭތީ.

    39
    14
  12. ޔޫތު

    މައިންބަފައިންނަށް ވުރެ ބޮޑަށް ދަރިން އެނގިގެން ތެޅޭ މީހުން ވ ގިނަވާނެ. މިދެން ކޮންފަދަ ކަމެއް. އެމީހުން އެކަން ކުރިޔަސް ރިސްފާއަށް ކީއް. ގިޔާމަތް ދުވަހުން ރިސްފާ އެއް ނޫން ދޯޖަވާބުދޭނީ

    44
    13
  13. ދިވެހިން

    އަނެއްކާވެސް ގޭސްގަނޑެއް އަނބުރަނީ ލާރިހޯދަން. ވިސްނާތި!

    19
    2
  14. ނަށީދު

    ކުއްޖާ ކުޑަޔަސް ކޮމެންޓް އެއް ކޮއްލެވިދަނެތާ. ކުއްޖާބަލި ކަން ގަބޫލު ކުރަން. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. އަދި ވެސް ބޭރައް ދާންޖެހޭނެ ކަމަށް ގަބޫލު ކުރެވެނީ. ވީމާ ބާކީ ވާއެއްޗެއް ފޮރުވުން ވެސް މުހިންމެވެ.
    ބޭންކް ސްޓޭޓްމަންޓް ތަކުގައި 100000،50000،30000 ރ ކަނޑާފާ އެއީ ކީއްވެކަމެއް ނޭންގެ.. އިންޑިއާ ގައި ނަގާފަ ނޫންކަމަށް ބެލޭވޭ.

    15
    3
  15. ހަސަދަވެރިޔާ

    “އެހެންކަމުން މިހާރު ގިނަ ބަޔަކު އުފައްދާ ސުވާލަކީ މިއީ ކުޅޭ ކުޅިވަރެއްތޯ ނުވަތަ މިއީ ރިޝްފާ، ރިހުލާގެ އެ ކުޑަ ކުޑަ އާއިލާއަށް ފިލުވާލަދޭ ހަސަދައެއްތޯ އެވެ“
    ހަސަދަ ލާންވީ ކޮންކަމަކާ؟

    12
    2
    • ލޮލްލޮލް

      ހަސަދަ ނުއްޔަސް ދިވެހިންނަކީ ނުބެހޭ ހާ ކަމަކާ ބޯގަޅާ ބައެއް..އޭގެ ކަމެއް މީ..އަހަރުންވެސް އުޅެ މެއްނުން އެހެން ބައެއް ފަހަރު....

      14
      1
  16. ދުރުމީ

    ބެންކް ސްޓޭޓްމެންޓް މިޑިއަރއަކަށް ލާކަށް ނުޖެހޭ. ބޯ ގަޅިވީމަ ވާނެގޮތް. ބަލަ މީހަކަށް އެހީއެއް ދެނީ ކަލަގޮވާކަށް ނުން. އަދި އެހީއޭ ކިޔަނީ ޕެޓީކޭޝް އުސޫލުން ކުރާހާ ޚަރަދެއް ބަލި ބާކީވާ ލާރިކޮޅު އަބުރާ ދައްކާ ގޮތަކަށް ނުން. އަހަރުމެން އެހީގެ ގޮތުގައި ދޭ ލާރިއެއް ވެއްޖިއްޔާ އެދެނީ ހެޔޮ ހިތުން ނަމަ އެ ޚަރަދު ކުރި ގޮތުގެ ތަފުސީލު ހޯދައި ބަލަން ކަމަށް ވާނަމަ ވަރަށް ބޮޑަށް މަގުސަދު އޮޅޭ. އެކުއްޖާ އަށް އެހީތެރިވީ މީހުންގެ ދީލަތި އެހީއާއި އެކު އޮޕަރޭޝަން ކޮށް ނިންމައިގެން އައުމުން އެނިމުނީ. އެހީ ދޭ މީހާއަށް އެދެމަފިރިން ކާން ގަންނަ ސޭންޑްވިޗް ގެ ހަރަދާއި ބޯލާ ކޮފީތަށީގެ ޚަރަދާއި ބަލައި ބިލް ހުށްހަޅާގޮތަށް ތި ހުރިހާ އެއްޗެއްގެ ތަފުސީލު ހޯދަންޏާ އެ ނުވާނެ ހެޔޮ ހިތުން ދިން އެހީއަކަށް.
    ދިވެހިންގެ ތެރޭގައިވެސް އުލޭ ރޯނު އެދުރުން ގިނަކަމުން މިހާރު ނޯވޭ އެއްކަމެއްވެސް ރަގަޅަށް ކުރެވޭކަށް.

    25
    1
  17. އަލިބެއްޔާ

    ދަރިއެއްގެ ގައިގަ ހުރި ބައްޔެއްގެ ފައިދާ ނެގިކަން ސާބިތުވެއްޖެ ނަމަ މި ދެމީހުންނަށް ހަރުކަށި އަދަބު ދޭން ޖެހޭ.. ދެން ތިބި މީހުންނަށް ޢިބްރަތަކަށް..

    10
    3
  18. ކިޔުންތެރިޔާރުޅިމަޑު

    ފިލްމީ ތަރިންނޭ ކިޔާފަ މިއުޅޭ މީހުންގެ ލަދުހަޔާތް ހާދަ ކުޑައޭ ، ނުބެހޭ ކަމެއްވެސް ނޯވެ، އެވަރިހަމަ ކޮންމެ ކަމަކަސް، ތިމާގެ ދާއިރާގެ ތެރޭގަ ތިބެން ދަސްކޮށްބަލަ، ކިހާ ދެރަ ކަމެއް ...

    7
    1
  19. ނަފް

    ލާރި ކެޔަސް އެއޮތީ ކައިފައި. ރިސްފާ ކަހަލަ އަނގަ ފަތަރާސީ ވެގެން އުޅޭ ބައެއް މީހުން މާ ތާހިރުވާނެ މީހުން ބޭޒާރު ނުކޮށް އެބަޔަކާ ވާހަކަ ދައްކައިގެން ނޫނީ ފުލުހަށް ހުށައެޅިއްޔާ. ރިޝްފާ ދިން ލާރިއެއް އެބަ އޮތްތޯ.